Artificial Beach Sarahadhu Tha'raqeekuran MTCC aa Havaalukohfi
vfp.mv
VFPBAAZAARU
MIB
MIB
އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީކުރަން އެމްޓީސީސީ އާ ހަވާލުކޮށްފި
inage
އާޓިފިޝަލް ބީޗް ސަރަހައްދު ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެެރެއިން--ފޮޓޯ ހައުސިން މިނިސްޓްރީ
  ހަބަރު | | 16 މެއި 2018 | 0 ކޮމެންޓް
މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ. Dhiraagu
އެކަމުގެ އެއްބަސްވުމުގައި ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ. އެމްޓީސިސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް ޒިޔަތެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި އެ ސަރަހައްދު އަލުން ތަރައްގީ ކުރުމުގެ މަޝްރޫއަކީ ޖުމުލަ 13.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. ތަރައްގީކުރުމުގެ މަސައްކަތް ފަސް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ.

އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ގޮތުގައި އެ މަޝްރޫއަކީ ސަރުކާރުގެ ބަޖެޓުން 10 މިލިއަން ރުފިޔާ އަދި އެމްޓީސީސީގެ ސީއެސްރާރު ޕްރޮޖެކްޓުގެ ދަށުން ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރާނެ މަޝްރޫއެކެވެ.

އެ މަޝްރޫއުގެ ދަށުން އާޓިފިޝަލް ބީޗް ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. އެ ސަރަހައްދުގައި އައުޓް ޑޯ ޖިމަކާއި ފެންވަރަށް ބޭނުންވާ ވަސީލަތްތަކާއި ކެފޭތައް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި
އިއްޒުއްދީން މަގު ތާރު އެޅި ސަރަހައްދު ހުޅުވައިފި
15 މެއި 2018
ސުނާމީ ބިނާ މައިޒާން ކުއްޔަށް ދޫކުރަނީ
14 މެއި 2018
ތަރުހީބު ނުލިބިގެން ޕޫލް ޕާކު ތަރައްގީކުރަން އަނެއްކާވެސް އިއުލާނުކޮށްފި
14 މެއި 2018
ހަމްދީ އަގީލު ހައުސިންގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްއަކަށް
13 މެއި 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]