Worldcup aa dhimaakoh Russia ga Dhivehiraajje Isthihaarukuranee
vfp.mv
VFPBAAZAARU
HM
HM
ވޯލްޑްކަޕާއި ދިމާކޮށް ރަޝިއާގައި ދިވެހިރާއްޖެ އިސްތިރާހު ކުރަނީ
inage
  ވިޔަފާރި | | 16 މެއި 2018 | 0 ކޮމެންޓް
މިއަހަރު ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕާއި ދިމާކޮށް އެގައުމުގައި ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ. Dhiraagu
ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް މޮސްކޯގައި ދުއްވާ 100 ޓެކްސީގައި، ރާއްޖޭގެ ރީތި އެކިއެކި މަންޒަރުތައް ފެންނަ ކުރެހުންތައް ޖެހުމަށް ވަނީ ނިންމާފައެވެ.

އެކަމާއި ގުޅޭ ލިޔުމާ ހަވާލުވެވަޑައިގެން ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ރަޝިއާއަކީ ފަތުރުވެރިކަމަށް މުހިންމު މާކެޓެއް ކަމަށާއި ކުރިއަށް އޮތް ތާނގައި، ރަޝިއާ އާއި ރާއްޖެއާ ދެމެދު ވައިގެ ދަތުރުތައް ފަސޭހަކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރާއްޖެ އިސްތިހާރު ކުރުމުގެ މަސައްކަތް ކުރަނީ ޖަރުމަނީގެ ކުންފުންޏެއް ކަމަށްވާ ކެބްވަޓައިޒްމަންޓް ޔޫރަޕާ ގުޅިގެންނެވެ. އެ ކެމްޕެއިން އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދެ މަސް ދުވަހަށް ކުރިއަށްދާނެއެވެ.

މިއަހަރުގެ ވޯލްޑްކަޕް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 14 ވަނަ ދުވަހުއެވެ. ވޯލްޑްކަޕްގެ ގިނަ މެޗްތަކެއް މޮސްކޯގައި ކުޅޭނެއެވެ. އޭގެ ތެރޭގައި ފައިނަލް މެޗާއި ސެމީ ފައިނަލްގެ މެޗެއް ހިމެނެއެވެ.
ގުޅުންހުރި
ހދ ގައި ރިސޯޓް ގިނަކޮށް ވައިކަރަދޫ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދެނީ
14 އޯގަސްޓު 2018
ރައީސް ޔާމީންގެ ވައުދުތައް: ގއގައި ފަތުރުވެރިކަމަށް އިތުރު 4000 އެނދު
8 އޯގަސްޓު 2018
ސައުތު އެފްރިކަން އެއާވޭސް އިން އައްޑޫއަށް ސީދާ ދަތުރުތައް ފަށަނީ
2 އޯގަސްޓު 2018
ރިސޯޓުތަކުން ވޯޓުލުމުގެ ހައްގަށް އެ އަޅަނީ ހުރަސްތަ؟ އަދަބުދޭވަރުކަމެއް!؟
24 ޖުލައި 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]