North Korea ge Inzaareh America ah
vfp.mv
VFPBAAZAARU
HM
HM
އުތުރު ކޮރެއާގެ އިންޒާރެއް އެމެރިކާއަށް
inage
އުތުރު ކޮރެއާގެ ލީޑަރު އެގައުމުގެ ސިފައިންގެ އޮފިސަރުންތަކަކާއެކު
  ދުނިޔެ | | 16 މެއި 2018 | 0 ކޮމެންޓް
އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ބައްދަލުވުން ކެންސަލްކުރަން ޖެހިދާނެ ކަމުގެ އިންޒާރު އުތުރު ކޮރެއާއިން ދީފިއެވެ. kobadoctor
އެކަން ހާމަކޮށް އުތުރު ކޮރެއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމެރިކާގައި ހުރި ނިއުކްލިއާ ހަތިޔާރު ނައްތާލަން އެމެރިކާއިން ބޭނުންނުވާނަމަ އެ ބައްދަލުވުމުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ނެތް ކަމަށެވެ.

އުތުރު ކޮރެއާގެ ލީޑަރު ކިމް އާއި އެމެރިކާގެ ރައީސް ޓްރަމްޕް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 12 ވަނަ ދުވަހުއެވެ. އުތުރު ކޮރެއާގެ ބަޔާން އެގައުމުގެ ދައުލަތުގެ މީޑިއާއިން ވަނީ ގެނެސްދީފައެވެ. ބަޔާނުގައި އުތުރު ކޮރެއާއިން ބުނެފައިވަނީ އެމެރިކާއިން ތާކުންތާކުން ނުޖެހޭ އުޒުރުތައް ދައްކަމުންދާ ކަމަށެވެ.

އުތުރު ކޮރެއާއިން ވަނީ އެގައުމުގައި ހުރި ނިއުކްލިއާ ހަތިޔާރު އުފައްދާ ތަންތަން މިމަހުގެ ތެރޭގައި ނައްތާލާނެ ކަމަށާއި އެތަންތަން ނައްތާލާއިރު އެމެރިކާގެ އޮފިޝަލުންނަށް ދައުވަތު ދޭނެ ކަމަށްވެސް ބުނެފައެވެ. އެމެރިކާއިން ތަކުރާރުކޮށް ދަނީ އުތުރު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް ގޮވާލަމުންނެވެ.
ގުޅުންހުރި
އުތުރު ކޮރެއާގައި ހުރި ނިއުކްލިއާ ސައިޓުތައް މިމަހު ނައްތާލަނީ
13 މެއި 2018
އުތުރު ކޮރެއާ އާރާސްތު ކުރަން އެހީވެދޭނަން: އެމެރިކާ
12 މެއި 2018
އުތުރު ކޮރެއާގެ ލީޑަރާއި ހިންޏަކަށްވެސް ކައިރި ނުވެވޭކަމަށް ސިފަކޮށްފި
27 އޭޕްރީލް 2018
ދެ ކޮރެއާގެ ވެރިންގެ ބައްދަލުވުން ހުކުރު ދުވަހު
26 އޭޕްރީލް 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]