Bayaanthah Leak Kuree Court Therein, Leak Kuri Meehakaa Medhu Fiyavalhu Alhaanan: Qaazeen
vfp.mv
VFPBAAZAARU
HM
HM
"ބަޔާންތައް ލީކު ކުރީ ކޯޓު ތެރެއިން، ލީކު ކުރި މީހަކަށް ފިޔަވަޅު އަޅާނަން"
inage
ކްރިމިނަލް ކޯޓު---
  ހަބަރު | އަދުލްއިންސާފު | 16 މެއި 2018 | 5 ކޮމެންޓް
ސަރުކާރު ވައްޓާލަން އުޅުނު މައްސަލާގައި ފުލުހުން ހިނގި ތަހުގީގަށް ނަގާފައިވާ ސިއްރު ބަޔާންތައް ލީކުކޮށްލީ ކްރިމިނަލް ކޯޓުގެ ތެރެއިން ކަމަށް ތުހުމަތުކޮށް އެ ބަޔާންތައް ލީކުކޮށްލި މުވައްޒަފަކާ މެދު ފިޔަވަޅު އަޅާނެކަން ކޯޓުގެ މުވައްޒަފުންނަށް އަންގައިފިއެވެ. Dhiraagu
އެގޮތަށް އަންގާފައިވަނީ ރަމަޟާން މަސް ފެށޭތީއާއެކު ކޯޓުގެ މުވައްޒަފުންނާ ގާޒީން ބައްދަލު ކުރުމަށް އިއްޔެ ހެނދުނު ބޭއްވި ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި މުވައްޒަފުންނާއި ބައްދަލުކޮށްފައިވަނީ ކޯޓު ހިންގެވުމާ ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފާއި، އެ ކޯޓުގެ ގާޒީ އިބްރާހީމް އަލީއެވެ.

ވީއެފްޕީއާއި ވާހަކަ ދެއްކި މުވައްޒަފަކު ވިދާޅުވި ގޮތުގައި ބަޔާންތައް ލީކު ކުރީ ކޯޓުގެ ތެރެއިން ކަމަށް ތުހުމަތު ކުރެއްވީ ގާޒީ އިބްރާހީމް އަލީއެވެ.

"ގާޒީ ވާހަކަ ދެއްކެވީ ރޯދަ މަސްވީމަ އިސްލާހުވާންވީ ކަމާއި ރޯދަ މަހު އަމަލުތައް ބަހައްޓަންވީ ގޮތާ މެދު. އެހެން ގޮސް އިޝާރާތް ކުރެއްވީ އުޅެންވާ ގޮތަށް ބައެއް މުވައްޒަފުންނަށް ނޫޅެވޭ ކަމަށް. އެހިސާބުން އެވާހަކަ ފެށުނީ،" ވީއެފްޕީއާއި ވާހަކަ ދެއްކި މުވައްޒަފު ބުންޏެވެ.

ގާޒީ އިބްރާހީމް އަލީ އެވާހަކަ ފެއްޓެވުމުން އާދަމް އާރިފުވަނީ އެ މުވައްޒަފަކު ހޯދާ އެ މުވައްޒަފާ މެދު ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާ ކުރީގެ ރައީސް މައުމޫން އަބދުލް ގައްޔޫމާއި އިތުރު ހަ ބޭފުޅަކަށްކޮށް ދައުވާ ކުރަމުންދާ އިރު ގިނަ އަދަދެއްގެ ތަހުގީގު ބަޔާންތައް ވަނީ ލީކުވެފައެވެ.

ލީކުވި ބަޔާންތަކުގެ ތެރޭގައި ބައެއް ގާޒީންނާއި ފުލުހުންގެ އިސްވެރިންގެ ބަޔާންތައް ހިމެނޭ އިރު ގާޒީ އާދަމް އާރިފުގެ ބަޔާން ވެސް ހިމެނެއެވެ.

މި ހަބަރާ ގުޅޭ ގޮތުން ކްރިމިނަލް ކޯޓުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ބަޔާންތައް ލީކުވި މައްސަލާގައި ފުލުހުން ވަނީ ކްރިމިނަލް ކޯޓުގެ ހުރިހާ ކޮމްޕިއުޓަރުތަކެއްހެން ޗެކުކޮށްފައެވެ.
ގުޅުންހުރި
ކްރިމިނަލް ކޯޓުގައި މިއަދު ތާވަލުކޮށްފައިވާ ހުރިހާ ޝަރީއަތެއް ކެންސަލު
9 އޯގަސްޓު 2018
މައުމޫންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާ އަޑުއެހުން ކެންސަލްކޮށްފި
9 އޯގަސްޓު 2018
ރައީސް މައުމޫނުގެ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެއް މާދަމާ
8 އޯގަސްޓު 2018
ޣައިރު ހާޒިރުގައި ޝަރީއަތްތައް ކުރިއަށް ގެންދަން ރައީސް މައުމޫން އެދިވަޑައިގެންފި
8 އޯގަސްޓު 2018
ހިޔާލު

ރައްޔިތުން
ތިޔައީ ތިޔަ ގާޒީން އަމިއްލަ އަށް ކުރާ ކަންތައްތަކެއް،
ފަސީ
މިހާރު ދެން ކުށްވެރިން ކުށްވެރިއެއްނުވާނެ. ކުށްވެރިންނަކީ ކުށްވެރިންނޭ ބުނާމީހުން ކުށްވެރިވާނީ
އަސްލުހާލަތު
މިހާރު ކޯޓު ބޮލަށް ޖެހީ.. ކޯޓަށް ހުށަ ނާޅަ ހުރި އެބަހީ ފަހުން ހުށަހަޅަށް ހުރި ބަޔާންތައް ވެސް ހުރި.. އަދި ޕީޖީއަށް ފޮނުވުމުގެ މަގުމަތީގަ ހުރި މައްސަލަތަކާ ގުޅޭ ބަޔާންތައް ވެސް ހުރި.. ކިހިނެތް އެ ބަޔާންތައް ކޯޓުން ލީކު ކުރާނީ؟ ޒިންމާ ނުނަގާތި..
ސަވޭރާ
އާދަމް ޢާރިފް ހުކުމް ކުރަނީ ޤާނޫނާއެއްގޮތަށްތޯ؟ތިޔަ ލިޔުންތައް ލީކް ކުރި ފަރާތަށް އައްސަރިބަހާ ސާބަސްދެން.އިރާދަ ކުރެއްވިއްޔާ ތިޔަ ފިޔަވަޅު އެޅުމުގެ ކުރިން އާދަމް ޢާރިފް ފިޔަވަޅު އަޅާ ގެއަށް ފޮނުވާލާނެ.އެކަންކުރާނީ ދިވެހި ރައްޔިތުން.
ސައިނީ
މިނޫސް އަށް މައުލޫމާތު ދިން މީހާގެ މައްޗައް ތިކަން ސައްކު ކުރެވޭ

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]