30 vana aharee dhuvahuge harakaaiyythah feshumah Dhiraagu dhillalaifi
vfp.mv
VFPBAAZAARU
MIB
MIB
30 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް ފެށުމަށް ދިރާގު ދިއްލާލައިފި
inage
ދިރާގު މިރޭ ދިއްލާލާފައި
  ވިޔަފާރި | ކުންފުނި | 16 މެއި 2018 | 0 ކޮމެންޓް
ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް، ދިރާގުގެ 30 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ފެށުމުގެ ގޮތުން މިރޭ ދިރާގު ހެޑް އޮފީސް އެކި ކުލަތަކުން ދިއްލާލައިފިއެވެ. kobadoctor
ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް، ދިރާގުގެ ނަމުގައި އެކުންފުނި ވުޖޫދުވެފައިވަނީ 1 އޮކްޓޯބަރ 1988 ގައެވެ. އެހެންކަމުން މިއަހަރަކީ ދިރާގަށް 30 އަހަރު ފުރޭނެ އަހަރެވެ. 30 އަހަރު ކުލަގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން މިރޭ ދިރާގުން ހަރަކާތްތައް ފަށާފައިވާއިރު ދިރާގު ހެޑް އޮފީސް އެކި ކުލަތަކުން ދިއްލާލާފައިވަނީ މިރޭ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

ސުނާމީ ބިނާ ޕާކުގައި މިރޭ ރަސްމިއްޔާތުގައި ދިރާގު ދިއްލާލުން އިފްތިތާހު ކޮށްދެއްވީ ދިރާގުގެ ޗެއާޕަރސަން މުޙައްމަދު އަޝްމަލީ އާއި އެކުންފުނީގެ ސީއީއޯ އިސްމާއިލް ރަޝީދެވެ. ދިރާގު ދިއްލާލުމުގެ އެއް ބޭނުމަކީ ދިރާގުގެ 30 އަހަރު ފުރޭ ލޯގޯ ރަސްމީކޮށް އެންމެންނަށް ހާމަ ކުރުން ކަމަށް މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

ދިރާގުގެ 30 ވަނަ އަހަރީ ދުވަހުގެ ލޯގޯ ފަރުމާކޮށްފައިވަނީ އެކުންފުނީގެ މުވައްޒަފުންގެ މެދުގައި ހުޅުވާލައިގެންނެވެ. މިރޭވަނީ ލޯގޯވެސް އިފްތިތާހު ކޮށްފައެވެ.

ދިރާގަކީ ވަރަށް ފަހުރުވެރި މާޒީއެއް އޮތް މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންން ކުންފުންޏެއް ކަމަށާއި ދިރާގަކީ މުޖުތަމައުގެ ކުރިއެރުމާއި، އަމިއްލަ ފަރާތްތަކާއި ވިޔަފާރިތަކުގެ ކުރިއެރުމަށް މުހިއްމު ރޯލެއް އަދާކުރަމުން ގެންދާ ކުންފުންޏެއް ކަމަށްވެސް ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު މިރޭ ވިދާޅުވިއެވެ.

ދިރާގުގެ 30 ވަނަ އަހަރީ ދުވަހުގެ ހަރަކާތްތައް ފެށުން މިރޭ ސުނާމީ ބިނާ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައިވަނީ މާހެފުމާއި އެކުގައެވެ.

ގުޅުންހުރި
ދިރާގު ހިއްސާއަކަށް 11.81 ރުފިޔާ ބަހަން ނިންމައިފި
14 މެއި 2018
ކުޑަކުދިންގެ ދުވަހުގެ ދިރާގު ހަދިޔާ: ކުޑަކުދިންގެ ތެލެސީމިޔާ ވޯޑެއް
10 މެއި 2018
ދިރާގު ޕޭ ބޭނުންކޮށްގެން ތިން ރެސްޓޯރެންޓަކުން ޑިސްކައުންޓް
9 މެއި 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]