Race 3 ge Trailer Nerefi
vfp.mv
VFPBAAZAARU
HM
HM
ރޭސް 3 ގެ ޓްރެއިލާ ނެރެފި
inage
ރޭސް 3--
  މުނިފޫހިފިލުވުން | ބޮލީވުޑް | 16 މެއި 2018 | 0 ކޮމެންޓް
ސަލްމާން ހާން ލީޑު ބަތަލެއްގެ ގޮތުގައި ފެނިގެންދާ ފިލްމު 'ރޭސް 3' ގެ ޓްރެއިލާ އާއްމުކޮށްފިއެވެ. Dhiraagu
ކުޅަދާނަ ކޮރިއޮގްރަފަރު ރޭމޯ ޑި ސޫޒާ ޑައިރެކްޓްކޮށް ނެރޭ އެފިލްމަކީ އެކްޝަން ފިލްމެކެވެ. ފިލްމުގެ ޓްރެއިލާ އާއްމުކޮށްފައިވަނީ އިއްޔެއެވެ.

މިއަހަރުގެ ޖޫންމަހުގެ ތެރޭގައި ނެރުމަށް ތައްޔާރުވަމުންދާ އެފިލްމުގައި ބޮލީވުޑްގައި ކުރިއަރަމުން އަންނަ ތަރި ޖެކްލީންއާ ޑެއިޒީ ޝާހް އަދި ބޮލީވުޑްގެ ކުޅަދާނަ ބަތަލުންކަމަށްވާ ސަލްމާން ހާނާއި ބޮބީ ޑިއޯލް އަދި އަނިލް ކަޕޫރުގެ އިތުރުން ސާގިބް ސަލީމު ފެނިގެންދާއިރު ފިލްމުގެ ޓްރެއިލާއިން އެކަނިވެސް އެފަންނާނުންގެ ކުޅަދާނަ އެކްޓިން ފެނިގެންދެއެވެ. އަނިލް ކަޕޫރަކީ ރޭސްގެ ފުރަތަމަ ބައިން ފެށިގެން ތިން ވަނަ ބައިން ވެސް ފެނިގެންދާނެ ހަމައެކަނި އެކްޓަރަވެ.

ރޭސް 3 ގައި ސަލްމާން ފެނިގެންދާނީ އޭނާ މީގެކުރިން ފެނިފައި ނުވާ ފަދަ ރޯލަކުންނެވެ.

އައްބާސް މުސްތާން ޑައިރެކްޓުކޮށް ރޭސްގެ ދެބައި ނެރިފައިވާއިރު އެފިލްމުތަކަށް ބޮޑު ކާމިޔާބީއެއް ލިބިފައިވެއެވެ. އެކްޝަން ފިލްމެއް ރޭމޯ ޑައިރެކްޓުކުރާ މިއީ ފުރަތަމަ ފަހަރު ނަމަވެސް އޭނާ މިހާތަނަށް ޑައިރެކްޓުކޮށް ނެރެފައިވާ ހުރިހާ ފިލްމަކަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

ރޭސް 3ގެ ޝޫޓިންތައް ނަގާފައިވަނީ އިންޑިއާގެ މުމްބާއީ އާއި ތައިލެންޑް އަދި ކަޝްމީރުގައެވެ. އެފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 15 ގައެވެ.
ގުޅުންހުރި
ނެހާ ބަލިވެއިންކަމަށް ދެކެވޭ ވާހަކަތައް އޭނާގެ ބައްޕަ ދޮގުކޮށްފި
12 ގަޑިއިރު ކުރިން
ތައްބޫ ވެސް ބާރަތުން ފެނިގެންދާނެ
12 ގަޑިއިރު ކުރިން
ތާޕްސީ ހޮލީވުޑްގައި މަސައްކަތް ކުރުމުގެ ވިސްނުމެއް ނެތް
21 މެއި 2018
ޝާހީ ކައިވެނި ބެލުމަށް މުމްބާއީ އިން އިނގިރޭސީވިލާތައް
19 މެއި 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]