Noosverikamun Chow Chief Minister Kamah
vfp.mv
VFPBAAZAARU
HM
HM
ނޫސްވެރިކަމުން ޗާއޯ ޗީފް މިނިސްޓަރު ކަމަށް
inage
ޗާއޯ ކޮން އިޔޯ
  ދުނިޔެ | | 16 މެއި 2018 | 1 ކޮމެންޓް
ނޫސްވެރިއެއްގެ ގޮތުގައި 30 އަށް ވުރެ ގިނަ އަހަރު ހޭދަ ކުރުމަށްފަހު މެލޭޝިޔާގެ ރައްޔިތެއްކަމުގައިވާ ޗާއޯ ކޮން އިޔޯ އެގައުމުގެ ސްޓޭޓެއްކަމުއިވާ ޕެނާންގްގެ ޗީފް މިނިސްޓަރު ކަމުގެ މަގާމަށް އިންތިހާބު ވެއްޖެއެވެ. dhi2
ޕެނާންގް ސްޓޭޓްގެ ޗީފް މިނިސްޓަރު ކަމުގެ މަގާމަށް ޗާއޯ އިންތިހާބުވީ ބޭއްވި އާންމު އިންތިހާބު ކާމިޔާބު ކުރައްވައިގެންނެވެ. އުމުރުން 60 އަހަރުގެ ޗާއޯ އަށް މެލޭޝިޔާގައި "މިސްޓަރ ނައިސް ގާއި" ގެ ނަމުން ވެސް މުހާތަބު ކުރެއެވެ. ނޫސްވެރިކަމުގައި ހަރަކާތްތެރިވި އިރު ޗާއޯއަށް ވަނީ ވަރަށް ބޮޑަށް ފިއްތުންތައް ވެސް ކުރިމަތިވެފައެވެ.

ޗާއޯއަށް ގިނަ ބަޔަކު ތާއީދު ކުރާ އެއް ސަބަބަކީ ޗާއޯ ވާހަކަ ދައްކާއިރު، އެ ދައްކާ ވާހަކަތައް ސާބިތުކޮށްދިނުމަށްޓަކައި ހެއްކާއި ދަލީލު ގެނެސްދޭތީއެވެ. އަދި އަމިއްލަ އުފަލެއް ހޯދުމަށް އިދިކޮޅު ފަރާތްތައް ބަދުނާމު ނުކުރުމަކީ އޭނާއަށް މީހުން ތާއީދުކުރާ އެއް ސަބަބެވެ. އޭގެ އިތުރުން ޗާއޯއަކީ މީހުންގެ ވާހަކަތައް އަޑު އަހާ އެހުންތެރިއެކެވެ.

މެލޭޝިޔާގެ ބައެއް ނޫސްތަކުން ވަނީ ޗާއޯއަށް ދިރިއުޅުމާއި ބެހޭ ގޮތުން ރިޕޯޓްތައް ގެނެސްދީފައެވެ. އޮފީހުގައި، މީހުންނާއި ބެހޭ ގޮތުން ތަފާތު ވާހަކަތައް ދެކެވޭއިރު އެފަދަ ކަމެއްގައި ޗާއޯ ބައިވެރިނުވާ ކަމަށް މެލޭޝިޔާގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

ރުޅި ގަދަވެ، ކުރެވޭ ޒުވާބުތަކުގައި ވެސް ޗާއޯ، އޭނާ ބުނަން ބޭނުންވާ އެއްޗެއް ބުނަނީ މަޑުމައިތިރިކަމާއެކު ކަމަށް މެލޭޝިޔާގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ.
ގުޅުންހުރި
ކަފާލާތުގެ ދަށުން ނަޖީބު ދޫކޮށްލައިފި
4 ޖުލައި 2018
މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބަށް ކޮރަޕްޝަންގެ ދައުވާ ކޮށްފި
4 ޖުލައި 2018
މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ހައްޔަރުކޮށްފި
3 ޖުލައި 2018
ޗާޖަށް ޖަހާފައި އޮތް ފޯނެއް ގޮވައި މީހަކު މަރުވެއްޖެ
21 ޖޫން 2018
ހިޔާލު

ގުޅުންހުރި
ސައިނީ
ދިވެހި ނޫސްވެރިންް ނަށް މިސާލެއްކަމަށް ހީކުރަން ނޫސްގައި އެއްޗެއްގަހާއިރު ހެއްކާއި ގަރީނާ ހުރެގެން ގެހިއްޔާ އެހެން މީހަކު ކުރާނެ ކަމެއް ނޯއްނާނެ އެއްނު

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]