City Ah 100 Point, Top Four Ge Fahu Jaaga Liverpool Ah
vfp.mv
VFPBAAZAARU
HM
HM
ސިޓީއަށް 100 ޕޮއިންޓު، ގަދަ ހަތަރެއްގެ ފަހު ޖާގަ ލިވަޕޫލަށް
inage
  ކުޅިވަރު | ދުނިޔެ | 14 މެއި 2018 | 0 ކޮމެންޓް
38 މެޗުން 100 ޕޮއިންޓާއެކު މެންޗެސްޓާ ސިޓީ ސީޒަން ނިންމާލައިރު ގަދަ ހަތަރެއްގެ ފަހު ޖާގަ ލިވަޕޫލަށް ލިބިއްޖެ އެވެ. dhi2
ޕްރިމިއާ ލީގުގެ 2017/18 ސީޒަން ރޭ ނިމުމަކަށް އައިރު މި ސީޒަނުގެ ޗެމްޕިއަން ޓީމު، މެންޗެސްޓާ ސިޓީން ވަނީ 100 ޕޮއިންޓޫ ހަމަކޮށްފައެވެ. މިއީ ޕްރިމިއާ ލީގު ރެކޯޑެކެވެ. އެޓީމުން ވަނީ 5 މެޗު ބާކީ އޮތްވާ ލީގު ކަށަވަރު ކޮށްފައެވެ.

ޕްރިމިއާ ލީގު ތާވަލުގެ ދެވަނަ މަގާމު ހޯދީ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑުންނެވެ. މޮރީނިއޯގެ އިރުޝާދުގެ ދަށުން ދެވަނަ ސީޒަނުގައި ޔުނައިޓެޑުން ވަނީ މިދިޔަ ސީޒަނާ އަޅާބަލާއިރު ރަނގަޅު ކުރިއެރުމަށް ހޯދާފައެވެ. އެގޮތުން އެޓީމުން ވަނީ ކުޅުނު 38 މެޗުން 81 ޕޮއިންޓު ހޯދާފައެވެ.

ތާވަލުގެ ތިން ވަނާގައި އޮތީ ޓޮޓެންހަމެވެ. ޓޮޓެންހަމަށް 38 މެޗުން 77 ޕޮއިންޓު ލިބިފައިވާއިރު ގަދަ ހަތަރެއްގެ ފަހު ޖާގަ ލިބުނު ލިވަޕޫލަށް ވަނީ 75 ޕޮއިންޓު ލިބިފައެވެ. ޕްރިމިއާ ލީގު ގަދަ ތިން ޓީމަށް ޗެމްޕިއަންސް ލީގުން ޖާގައެއް ކަށަވަރުވާއިރު ގަދަ ވަނަ ޓީމަށް ޗެމްޕިއަންސް ލީގު ޕްލޭ-އޮފްއިން ޖާގައެއް ލިބޭނެއެވެ.

މިފަހަރު ޕްރިމިއާ ލީގު ރެލެގޭޓުވި ތިން ޓީމަކީ ސްވަންސީ ސިޓީއާއި ސްކޯކް ސިޓީގެ އިތުރުން ވެސްޓްބްރޮމް އަލްބިއަން އެވެ.
ގުޅުންހުރި
ޔޫރޯއަށް ފަހު ލުކާކޫ ގައުމީ ޓީމަށް ކުޅުން ހުއްޓާލަނީ
16 އޯގަސްޓު 2018
މެސީ ދެވަނަ ފަހަރަށް ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
15 އޯގަސްޓު 2018
ސީޒަން ފެށުނުއިރު ވެސް ޓޮޓެންހަމްގެ އާ ސްޓޭޑިއަމް ނުނިމުނު
14 އޯގަސްޓު 2018
އެމެރިކާ ލީގުގައި ވެސް ރޫނީ ވިދާލައިފި
13 އޯގަސްޓު 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]