Premier League Golden Boot Salah Ah
vfp.mv
VFPBAAZAARU
HM
HM
ޕްރިމިއާ ލީގު ރަން ބޫޓު ސަލާއަށް
inage
  ކުޅިވަރު | ދުނިޔެ | 14 މެއި 2018 | 1 ކޮމެންޓް
މި ސީޒަނުގެ ޕްރިމިއާ ލީގު ރަން ބޫޓު އެވާޑު ލިވަޕޫލުގެ މުހައްމަދު ސަލާ ކާމިޔާބު ކޮށްފި އެވެ. jausa
ކޮންމެ ސީޒަނެއްގެ ވެސް އެންމެ ގިނަ ލަނޑު ޖަހާ ކުޅުންތެރިޔާއަށްދޭ މި އެވާޑު ލިވަޕޫލުގެ މުހައްމަދު ސަލާ ކާމިޔާބު ކުރީ މި ސީޒަނުގައި 32 ލަނޑު އެޓީމަށް ކާމިޔާބުކޮށްގެންނެވެ. މި އެވޯޑަށް އޭނާއާ އެންމެ ގާތުން ވާދަކުރި ޓޮޓެންހަމްގެ ހެރީ ކޭންއަށް ކާމިޔާބު ކުރެވުނީ 30 ލަނޑެވެ. އަދި ލަނޑު ލިސްޓުގެ ތިން ވަނާގައި އޮތް އަގުއޭރޯއަށް 21 ލަނޑެވެ.

ރޭ ޕްރިމިއާ ލީގު 2017/18 ސީޒަނަށް ނިމުމަކަށް އައިރު ސީޒަނުގެ ފަހު މެޗުގައި ލިވަޕޫލް ބައްދަލު ކުރީ ބްރައިޓަންއާ އެވެ. މި މެޗުގައި މުހައްމަދު ސަލާގެ އިތުރު ސޮލަންކޭއާއި ލޮބަޓްސަންގެ އިތުރުން ލޮވްރެން ވަނީ ލަނޑު ޖަހާފައެވެ.

މި ސީޒަނުގެ ރަން ބޫޓުގެ އިތުރުން މުހައްމަދު ސަލާ ވަނީ 4 ފަހަރު ޕްލެއާ އޮފް ދި މަންތު އެވާޑާއި ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވާޑު ވެސް ހޯދާފައެވެ. މިދިޔަ ޓްރާންސްފާގައި ރޯމާ ދޫކޮށް ލިވަޕޫލާ ގުޅުނު އިޖިޕްޓުގެ މުހައްމަދު ސަލާ ވަނީ މި ސީޒަނުގައި ވިދާލާފައެވެ.
ގުޅުންހުރި
ހޯޒޭ މޮރީނިއޯގެ އިންސްޓަގްރާމް އެކައުންޓް ޑިލީޓުކޮށްލައިފި
21 މެއި 2018
މޮޅު ކުޅުމެއް ދެއްކީ ޔުނައިޓެޑުން، ތަށި ހައްގު: މޮރީނިއޯ
20 މެއި 2018
ޗެލްސީން ކޮންޓޭ މަގާމުން ވަކިކުރަނީ!؟
20 މެއި 2018
ހަޒާޑްގެ ލަނޑުން ޗެލްސީ ޔުނައިޓެޑު ބަލިކޮށް އެފްއޭކަޕް ކާމިޔާބުކޮށްފި
20 މެއި 2018
ހިޔާލު

އަހުމަދު
މަރުހަބާ ...

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]