Raeesge Anbikanbalunge Heyo Edhunthakaa Eku Mi Aharuves Kadhuru Bahanee
vfp.mv
VFPBAAZAARU
MIB
MIB
ރައީސްގެ އަނބިކަނބަލުން މިއަހަރު ވެސް ކަދުރު ބަހަނީ
inage
  ހަބަރު | ސިޔާސީ | 13 މެއި 2018 | 6 ކޮމެންޓް
ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ ހެޔޮ އެދުންތަކާއެކު މިއަހަރު ވެސް ކަދުރު ބަހަމުން އެބަ ގެންދެއެވެ. dhi2
އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް ކަދުރު ބަހަމުން ގެންދަނީ ފާތުމަތު އިބްރާހީމް އިސްކޮށް ހުންނަވައިގެން ހިންގަވަމުން ގެންދަވާ ސަދަގާތު ފައުންޑޭޝަނުންނެވެ.

ސަދަގާތު ފައުންޑޭޝަންގެ ފަރާތުން ވީއެފްޕީއަށް މައުލޫމާތު ދިން އޮފިޝަލަކު ވިދާޅުވި ގޮތުގައި ކަދުރު ބެހުމުގެ ޕްރޮގުރާމު އިއްޔެ ރަސްމީކޮށް މާލޭގައި ވަނީ ފަށާފައެވެ.

"ހުރި ވަރަކުން އަތޮޅު ތެރެއަށް ވެސް ކަދުރު ފޯރުކޮށްދެވޭނެ. މިއީ ސިޔަސީ މަގުސަދެއްގައި ވަކި ބަޔަކު ބަލައިގެން ބަހާ ކަދުރެއް ނޫން،" އޮފިޝަލު ވިދާޅުވިއެވެ.

ސަދަގާތު ފައުންޑޭޝަނުން ކަދުރު ބަހަން ފަށާފައިވާ އިރު އެ ކަދުރު ހޯދާ ގޮތާއި އެ ކަދުރާ ބެހޭ ތަފުސީލުތައް އެ ފައުންޑޭޝަނުން ހާމައެއް ނުކުރެއެވެ. ވީއެފްޕީއާއި ވާހަކަ ދެއްކި އޮފިޝަލު ވިދާޅުވީ އެ ކަދުރު ހޯދަނީ ފައުންޑޭޝަނުން ކަމަށެވެ.

ކަދުރު ބެހުމުގެ އިތުރުން މާލޭގެ ބައެއް އަވަށްތަކުގެ ގޭގެއަށް ފާތުމަތު އިބްރާހީމް ޒިޔާރަތް ކުރައްވަމުން ގެންދަވާ އިރު އެކަމަނާ ވަޑައިގަންނަވާ ގޭގޭގެ އަހުލުވެރިންނަށް ވެސް ކަދުރާއި ފުށާއި މަސްދަޅާއި ފައިސާގެ އެހީ ވެސް ދަނީ ސަދަގާތު ފައުންޑޭޝަން މެދުވެރިކޮށް ފޯރުކޮށްދެމުންނެވެ.

ސަދަގާތު ފައުންޑޭޝަނުން ކަދުރު ބަހަމުންދާ އިރު ކޮންމެ އަހަރަކުހެން ސައުދީ އަރަބިއްޔާއިން ދިވެހިންނަށް ބެހުމަށް ދެމުންދާ ކަދުރު މިއަހަރު އަދި ނުލިބޭ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސައުދީ އަރަބިއްޔާއިން 2016 ވަނަ އަހަރު ރައްޔިރތުންނަށް ބަހަންދިން ކަދުރުން ބައެއް ސަދަގާތު ކައުންޑޭޝަނަށް ނަގައި ފާތުމަތު އިބްރާހީމްގެ ހެޔޮ އެދުންތަކާއެކު ކަދުރު ބެހި މައްސަލަތަކެއް ފެންމަތިވެފައިވެއެވެ.
ހިޔާލު

މިކް
އާނ... އެނގެންޖެހޭ ހޯދިގޮތެއް. އެއީ ރައްޔިތުންގެ ހައްގެއް ހޯދިގޮތް އެނގުން. ރާއްޖޭގެ ހުރިހާވެސް ހަލާކަކީ ގަމާރުކަންމަތީ އުޅެން ބޭނުންވާ ރައްޔިތުން ގިނަވުން
އަހުމަދު

މިހާރު މިއީ ތަނަކީ ދައުލަތަށްވުރެގިނައެހީ ވެދެއްވާ... ފައިސާ ކަދުރު ހަނޑޫ ހިތާނުކޮށދިނުން ހައްޖަށްފޮނުވުން
ހަބޭސް222
މަހާ ރެހެންދި ކަމުގަ ނެތީސް ތިކަން ފެއްޓުނު ނަމަ ވަރަށް ތާޢީދު ކުރީސް....! މީ ވަރަށް ވާހަކަ..! އަންނަ ދައުރުގަ ފިކަލުން ވެރިކަމުން ނުހޮވުނަސް ތިކަން ކުރިއަށް ގެންދާ ނަމަ ތާޢީދު ކުރާނަން...! މީވެސް ވަރަށް ވާހަކަ!
ގަބަރު
ސައުދީ ސަރުކާރުން މިފަހަރު ކަދުރުތައް ބަހަން ހަވާލުކުރީ ފާތުމަޔާ އުތަ
ސައްޕޭ
ވީއެޕްޕީ ކަދުރުގެ ވާހަކަ ނުދައްކާ! ނޫނީ ޖޫރިމައިނާ ކޮށްފާނެ، ނޫނީ ނޫސް ބަންދުކޮށްފާނެ، މިއަހަރަކުދެން ސައުދީއަކުން ކަދުރު ލިބޭނެހެން ހީނުވޭ،
ކޮލަމާފުށި ބޭބެ
ޥީއެފްޕީ ކަިރެެގަ ބުނަންޖެހޭތަ ހޯދި ގޮތެއް؟

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]