Saudi kadhuru Adhi Nulibey, Libunuhaa Avahah Bahan fashaane: islamic Ministry
vfp.mv
VFPBAAZAARU
HM
HM
ސައުދީ ކަދުރު އަދި ނުލިބޭ، ލިބުނުހާ އަވަހަށް ބަހަން ފަށާނެ: އިސްލާމިކް މިނިސްޓްރީ
inage
މިދިޔަ އަހަރު ސައުދީއިން ދިން 52 ޓަނު ކަދުރާ އިސްލާމިކް މިނިސްޓަރު ހަވާލުވެވަޑައިގަންނަވަނީ---
  ހަބަރު | | 13 މެއި 2018 | 6 ކޮމެންޓް
ކޮންމެ އަހަރަކު ވެސް ސައުދީ އަރަބިއްޔާއިން ދެމުން ގެންދާ ކަދުރު މިއަހަރު އަދި ނުލިބޭ ކަމަށާއި ކަދުރު ލިބުނުހާ އަވަހަކަށް ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ. dhi2
ރޯދަ މަސް ފެށެން ހަތަރު ވަރަކަށް ދުވަހަށް ވެފައިވާ އިރު ވީއެފްޕީއަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ ކަދުރު އަދި ނުލިބޭ ކަމަށެވެ. ކަދުރު ނުލިބިގެން އުޅެނީ ކިހިނެއް ވެގެންތޯ ސުވާލު ކުރުމުން އެ ސުވާލަށް ވަކި ޖަވާބެއް އޮފިޝަލު ދީފައެއް ނުވެއެވެ.

ވޭތުވެ ދިޔަ ތަނުގައި ކޮންމެ އަހަރަކުހެން ސައުދީ އަރަބިއްޔާއިން ދިވެހި ރައްޔިތުންނަށް ބެހުމަށް 50 ޓަނެއްހާ ކަދުރު ކޮންމެ އަހަރަކު ހެން ހަދިޔާ ކުރެއެވެ. އަދި ރޯދަ މަސް ފެށެންވާ އިރަށް އެ ކަދުރު ރާއްޖެ ގެނެސް ބަހަން ފަށައެވެ. ނަމަވެސް މިއަހަރު އަދި އެ ކަދުރު ރާއްޖހެއާއި ހަމައަށް އައިސްފައެއް ވެސް ނުވެއެވެ.

ސައުދީ އަރަބިއްޔާއިން 2016 ވަނަ އަހަރު ރާއްޖެއަށް ދިން 50 ތަނުގެ ތެރެއިން 10 ޓަނު ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ ސަދަގާތު ފައުންޑޭޝަނަށް ނަގައި އެ ކަދުރު އެކަމަނާގެ ނަމުގައި ބަހަމުން ދިޔަ މައްސަލަތަކެއް ވަނީ ހޫނުވެފައެވެ.

ގުޅުންހުރި
މައްކާގައި ކުނި މެނޭޖް ކުރުމަށް ސްމާޓް ކޮންޓެއިނާ ތަކެއް
5 ގަޑިއިރު ކުރިން
ސައުދީއިން ދިން ހަމަލާއެއްގައި 29 ކުދިން މަރުވެއްޖެ
11 އޯގަސްޓު 2018
ސައުދީ ކޯލިޝަނުން ދިން ހަމަލާއެއްގައި ޔަމަނުގެ 29 ކުޑަކުދިން މަރާލައިފި
9 އޯގަސްޓު 2018
ސައުދީއާއި ކެނެޑާގެ މައްސަލާގައި ރާއްޖެ ސައުދީއާއެކު
9 އޯގަސްޓު 2018
ހިޔާލު

ހަސަނު
މެޑަމް ކަދުރު ބަހާ ނިމުނީމާ ބާކީ ހުރި ކަދުރުކޮޅު ބަހާނީ..
މިހާރު
މެޑަމްގެ ކަދުރު މިހާރުވެސް ބަހަމުން އެބަގެންދޭ
ސިއްދީޤް
މިފަހަރުވެސް އެއްކަލަ މެޑަމްގެ ސަދަޤާތު ފައުންޑޭޝަންގެ ނަންޖަހާލާފަ މެޑަމްގެ ހެޔޮއެދުންތަކާއެކުކަމަށް ހަދާލައްޗޭ. ލުތުފީ ހުރޭ ރެޑީއަށް މިކަމުގަ އެއްވެސް ކޮރަޕްޝަނެއް ނެތޭވިދާޅުވާން
ގުއިއްޒު
ސަދަގާތު ފައުންޑޭޝަނުން އެބަހަނީ ސަޢުދީން ރާއްޖެއަށް ފޮނުވި ކަދުރު ނޫންބާ؟ ވާހަކަ ބަދަލުކޮށްލެވިދާނެ ދެއްތޯ؟
ކަދުރު
މަނިއްޕުޅު ސައޫދީ ކަނދުރައް ހަދާގޮތް ވަރަށް ރަނގަޅަށް އިނގޭ، މީގެ 1 އަހަރު ކުރިން ތިޔަ މިނިސްޓްރީގަ އުޅޭ ރައްޓެއްސަކު އަޅުގަނޑަށް ދިން 3 ކޭސް ކަނދުރު، ބުނީ މީ ތިމަންނައަށް ލިބުނު ބައިން ނޯ ހެހހެހހެހެ
ޕަކަ
މިފަހަރު ކަދުރު ލިބުނީ މުލިޔާގެޔައް އެކަނި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]