Vfp Baazaaru: Seedhaa ge ah
vfp.mv
VFPBAAZAARU
HM
HM
ވީއެފްޕީ ބާޒާރު: ސީދާ ގެއަށް
inage
ވީއެފްޕީ ބާޒާރު، ވިޔަފާރިކޮށްލުމަށް ސަޅި ގޮތެއް ---
  ޚިޔާލު | | 10 މެއި 2018 | 1 ކޮމެންޓް
އޮފީހުން ކޮލެޖަށެވެ. ކޮލެޖުން ޕާޓް ޓައިމްކޮށް އަދާ ކުރާ ވަޒީފާއަށެވެ. ގެއަށްގޮސް ނިދަން އޮށޯވެވޭއިރު ފަތިސް ދަމަށް ހުންނަނީ އަޅާފައެވެ. ވެރިރަށް މާލޭގައި ދިރިއުޅެން ޖެހިފައިވާ ގޮތުން ދުވާލުދާ ހަތަރުދަމު ލިބޭ 24 ގަޑިއިރުވެސް މިހާރު އޮންނަނީ މަދުވެފައެވެ. އިންތިހާއަށް ބިޒީވެ އާއިލާއާއި ރައްޓެހިންނަށް ވަގުތު ނުދެވި ދޭދޭ ގުޅުމަށް ބުރޫ އަރާ ހިސާބަށް މިހާރު ވަނީ ގޮސްފައެވެ. ބޯ ހަމަޖައްސާލުމަށް ކޮފީއަކަށް އަރާލެވޭ ވަރުވެސް ނުވެއެވެ. ބިޒީ ދިރިއުޅުން އިތުރަށް ބިޒީކޮށްލާ އެންމެ ބޮޑު އެއްކަމަކަށް ވެފައިވަނީ ބާޒާރުކުރުމެވެ. މި އުނދަގޫކަމަށް "ވީއެފްޕީ ބާޒާރު" މިވަނީ ނިމުން ގެނެސްފައެވެ. kobadoctor
މީޑިއާ ގޭޓާއި ވީއެފްޕީ ގުޅިގެން މިދިޔަ ހޯމަ ދުވަހު "ވީއެފްޕީ ބާޒާރު"ގެ ނަމުގައި ތައާރަފުކުރި ޕްލެޓްފޯމަކީ ބިޒީ ދިރިއުޅުމަށް ލުއިކަން ގެނެސްދޭނެ ޕްލެޓް ފޯމެކެވެ. ގިނަ ކަންތައްތައް އޮންލައިންކޮށް ކުރުމަށް ބަރޯސާވަމުންދާލެއް ރާއްޖޭގައި އިތުރުވަމުންދާއިރު، އޮންލައިން ވިޔަފާރި ފުޅާކޮށް ކުރުމުގެ މަގުސަދުގައި ވީއެފްޕީ ބާޒާރުގެ ސަބަބުން ދިރިއުޅުމަށް އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.


މި ޕްލެޓް ފޯމުން ކައިބޮއި އުޅުމަށް ބޭނުންކުރާ ސާމާނުންފެށިގެން ރީތިވުމަށާއި ގޭތެރޭގައި ހިފާ ގެންގުޅޭ ތަކެތި ފަސޭހަކަމާއިއެކު ލިބެން ހުންނާނެއެވެ. ރާއްޖޭގެ ނަން މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ލެކިއުޓް (އިލެކްޓްރޯނިކް/ފެޝަން އަދި މޭކަޕް)، ރެޑްވޭވް، ބީއެޗްއެމް، މޯޑާން ލިވިންގެ އިތުރުން ޕޮއިޒްގެ ފިހާރަތަކުގެ މުދާ ވީއެފްޕީ ބާޒާރު މެދުވެރިކޮށް ގަންނަން ލިބޭއިރު، ފިހާރަތަކުގައި ވިއްކަން ހުންނަ އަގަށްވުރެ ބައެއް މުދަލުގެ އަގު ހެޔޮވާނެއެވެ.

ވިޔަފާރި ކުރުމަށް އެންމެ ބޮޑު ކަމަކަށްވެފައިވަނީ މާލޭގެ ކާރުބާރޫ ބޮޑު މަގުތަކުގައި ދުއްވައިގެން ވިޔަފާރިކުރަން ޖެހޭތީއެވެ. ޝޮޕިން ލިސްޓު ހިފައިގެން ގޮސް އެލިސްޓުގައިވާ ހުރިހާ އެއްޗެއް އެއް ފިހާރައަކުން ނުލިބި، ކޮންމެހެން ބޭނުންވާ ސާމާނު ވެސް ނުގަނެ އަނބުރާ ދާންޖެހޭތަން އާދެއެވެ. ނަމަވެސް ވީއެފްޕީ ބާޒާރު މެދުވެރިކޮށް ޕާޓްނާ ބްރޭންޑްތަކުގެ ހުރިހާ ފިހާރަތަކެއް މެދުވެރިކޮށް ކޮންމެތާކު ހުރެގެންވެސް ތަކެތި ގަނެވޭނެއެވެ.


ވީއެފްޕީ ބާޒާރުގެ ޝޮޕިން ކާޓު ޕޭޖުގެ ސްކްރީން ޝޮޓެއް

ވީއެފްޕީ ބާޒާރު މެދުވެރިކޮށް އޯޑަރު ކޮންފާމްކޮށްލުމަށް 45 މިނެޓުގެ ތެރޭގައި އެފަރާތެއްގެ އެޑްރެހަށް ތަކެތި ޑެލިވާ ކޮށްދޭނެއެވެ. ކުޑަ ފީ އެއް ނެގުމަށް ފަހު، ކަސްޓަމަރުންގެ ޝޮޕިން ލިސްޓް ގެއަށް ގެންގޮސްދެވޭނެއެވެ. ފަސްސަތޭކަ ރުފިޔާގެ ދަށުގެ ކޮންމެ ޑެލިވާރީއަކަށް ޗާޖްކުރާނީ އެންމެ 10 ރުފިޔާ އެވެ.

މީޑިއާ ގޭޓުގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) މުހައްމަދު ޝަފާއު ހަސަން ވިދާޅުވީ ވީއެފްޕީ ބާޒާރަކީ ރައްކާތެރި ކަމުގެ ގޮތުން ބަލާލިނަމަވެސް ވަރުގަދަ ސައިޓެއްކަމަށެވެ. އެގޮތުން ސައިޓުގައި "އެންޑު ޓު އެންޑް" އެންކްރައިޕްޝަން ބޭނުން ކުރެވިފައިވާއިރު، ކަސްޓަމަރުންގެ މައުލޫމާތު އެއްވެސް ފަރާތަކާއި ހިއްސާނުކުރާނެކަމަށާއި، އެންމެ ޒަމާނީ ސާވާތަކުގައި އެ މައުލޫމާތުތައް ސިއްރުވެރިކަމާއިއެކު ރައްކާތެރިކުރެވިފައިވާނެކަމަށެވެ.

ވީއެފްޕީ ބާޒާރު އިތުރަށް ތަރައްގީކުރުމުގެ ގޮތުން ޑެލިވަރީ ބޯއީ ދަތުރުކުރަމުންދާ މަގުތަކާއި ހުރި ސަރަހައްދުތައް ސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް އަންގައިދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. އޭގެ ސަބަބުން ޓްރެފިކްގައި ޖެހި ޑެލިވަރީ ލަސްވި ނަމަވެސް ކަސްޓަމަރުންނަށް އެކަން އެނގިގެންދާނެއެވެ. ކުރިއަށް އޮތްތާގައި އަތޮޅުތެރޭގެ ރައްޔިތުންނަށްވެސް ވީއެފްޕީ ބާޒާރު މެދުވެރިކޮށް ވިޔަފާރިކުރުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އަންހެނުންވެރިން ގޮވައިގެން ފިހާރަތަކަށް ދިއުމަކީ ގިނަ ފިރިހެނުން އެންމެ ފޫހިވާ ކަންތަކެވެ. ސަބަބަކީ ދާއޮރުވައިގެން އެތަށް ފިހާރައަށް ހިނގި ނަމަވެސް އަންހެނުންނަށް ކަމުދާ އެއްޗެއް ފެންނަ ކަމަށްނުވުމެވެ. ވީއެފްޕީ ބާޒާރު ވެގެންދާނީ އެފަދަ ފިރިހެނުންނަށް ލިބޭ ބޮޑު ހިތްހަމަޖެހުމަކަށެވެ. ބާޒާރު ކުރަން ދުއްވަންޖެހޭ ދުއްވުން، ވީއެފްޕީ ބާޒާރުގެ ސަބަބުން މިވަނީ އަނބިމީހާއާއެކު ލޯބިން ޖަހާލާ ފިނިބުރަކަށް ނުވަތަ ރޮމެންޓިކް ޑިނަރއަކަށް ބަދަލުކޮށްލުމުގެ ފުރުސަތުލިބިފައެވެ. ބާޒާރަށް ދާން ޖެހުމުން ދެމަފިރިން ދެމެދުގައި ޖެހޭ ކޫސަނި މައްސަލަތަކަށް ގޭ ސިޓިންގ ރޫމުގައި ތިބެގެން ވީއެފްޕީ ބާޒާރުން މިވަނީ ހައްލުލިބިފައެވެ.
ހިޔާލު

ސަޅި
މި އަރޓިކަލްގަ ލިންކް އިންނަމަ ކިހާ ސަޅި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]