Addu gai vaki dahulatheh hadhan Raees Nasheed Mashvara nukurahva: Hiyaz
vfp.mv
VFPBAAZAARU
HM
HM
އައްޑޫގައި ވަކި ދައުލަތެއް ހަދަން ރައީސް ނަޝީދު މަޝްވަރާ ނުކުރައްވާ: ހިޔާޒް
inage
ރައީސް ނަޝީދު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން: ފައިލް ފޮޓޯ
  ހަބަރު | ސިޔާސީ | 7 މެއި 2018 | 9 ކޮމެންޓް
އައްޑޫ ސިޓީގައި ދައުލަތެއް ގާއިމް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޝްވަރާ ކުރައްވާފައި ނުވާކަމަށް އައްޑޫ ސިޓީގެ މީދޫ ދާއިރާގެ ކައުންސިލަރު ހުސައިން ހިޔާޒް ވިދާޅުވެއްޖެއެވެ. dhi2
ހިޔާޒް މިހެން ވިދާޅުވީ އައްޑޫ ސިޓީގައި ވަކިދައުލަތެއް ގާއިމްކުރުމަށް ރައީސް ނަޝީދު މަޝްވަރާ ކުރައްވާކަމަށް ބުނާ އޯޑިއޯއެއް ލީކްފެވައި ވަނިކޮށެވެ. ހިޔާޒް ވިދާޅުވީ އެ ވާހަކަތަކަކީ އޭނާ އާއި އެހެން ބަޔަކާ އެކު ދާދިފަހުން ސްރީލަންކާގައި ރައީސް ނަޝީދާއި ކުރެއްވި ބައްދަލުވުމެއްގައި ދެކެވުނު ވާހަކަތަކެއް އޮޅުވާލައިގެން ބަޔަކު ފަތުރާ އޯޑިއޯއެއް ކަމަށެވެ.

ސިޓީގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ކުރެއްވި ދަތުރެއްގައި ރައީސް ނަޝީދާއި ބައްދަލު ކުރެއްވީ ރައީސް ނަޝީދަކީ އޭނާއަށް އެންމެ މަގުބޫލް ސިޔާސީ ލީޑަރުކަމަށް ވުމުން ކަމަށާއި އެ ބައްދަލުވުމުގައި އެހެން ބައެއް މީހުންވެސް ބައިވެރިވިކަމަށް ހިޔާޒް ވިދާޅުވިއެވެ. އެ ބައްދަލުވުމަކީ ރަސްމީ ބައްދަލުވުމެއްވެސް ނޫންކަމަށާއި ސީރިއަސްކޮށް އެއްވެސް ކަމެއްގައި އެ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައި ނުވާނެކަމަށް ހިޔާޒް ވިދާޅުވިއެވެ.

ހިޔާޒް ވިދާޅުވީ ބައްދަލުވުމުގައި ވާހަކަތައް ދެކެވުނީ ރައްޓެހިން މަޖަލަށް ކޮފީ މޭޒުގައި ވާހަކަތައް ދައްކާ އުސޫލުންކަމަށާއި އެއީ އޭގައި އެއްވެސް ގޯސްނިޔަތެއް އޮވެގެން ނުވަތަ ސީރިއަސް ކަމެއްގެ ގޮތުގައި ދެކެވުނު ވާހަކަތަކެއް ނޫންކަމުގައެވެ. ނަމަވެސް ފިތުނަ އުފެއްދުމަށް ކޮންމެވެސް މީހަކު އެވާހަކަތައް ރެކޯޑް ކޮށްގެން ފަތުރަނީކަމަށާއި އައްޑޫ ސިޓީގައި ވަކިދައުލަތެއް އުފެއްދުމަށް އެއްވެސް ސިފައެއްގައި އެއްވެސް މަޝްވަރާއެއް ރައީސް ނަޝީދާ ކުރައްވާފައި ނުވާނޭކަމަށް ހިޔާޒް ވިދާޅުވުއެވެ.

ލީކްވެފައިވާ އޯޑިއޯގައި އައްޑޫ ވަކިދައުލަތެއްގެ ގޮތުގައި އޮތުމަށް ކޮންމެވެސް މީހަކު ބުނުމުން ރައީސް ނަޝީދުވަނީ ހަތިޔާރުނެތި ވަކި ނުނެވޭނެކަމަށް ވިދާޅުވެފައެވެ. އަދި ގާތްގަނޑަކަށް އައްޑޫ ވަރުގެ އާބާދީއެއް އޮންނަ ބްރިޓިޝް ވާޖިން އައިލެންޑްސްގެ ޓޯޓްލާ އަކީ ވަކިދައުލަތެއް ގާއިމް ކޮށްގެން އުޅޭ ބައެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ވީއެފްޕީއާއި ވާހަކަ ދައްކަވަމުން ކައުންސިލަރު ހިޔާޒް ވިދާޅުވީ އެވާހަކަތައް ދެކެވުނީ އެއްވެސް ހާލެއްގައި މަޝްވަރާ ކުރުމުގެ ގޮތުން އަދި ސީރިއަސް ކަމެއްގެ ގޮތުންވެސް ނޫންކަމުގައެވެ. އެކަން އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެހެން ކައުންސިލަރުންނާއި އެހެން ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެކަމަށް ހިޔާޒް ވިދާޅުވިއެވެ.
ގުޅުންހުރި
މީދޫގައި އިބޫގެ ކެމްޕޭނަށް ހުރަސް އެޅި ޕީޕީއެމްގެ ބަޔަކު ދުރުކޮށްފި
20 ސެޕްޓެމްބަރ 2018
ޕީޕީއެމް އައްޑޫ ޓާޝަރީ ހޮސްޕިޓަލްގެ ނުފުއްދުނު ވައުދު: އަލުން 2018 އަށް!
20 ސެޕްޓެމްބަރ 2018
އިދިކޮޅު ކެމްޕޭންގެ ފަހު މަންޒިލަކަށް ފުވައްމުލަކާއި އައްޑޫ
19 ސެޕްޓެމްބަރ 2018
މަރަދޫ ސިއްހީ މަރުކަޒުގެ ބައެއް އެނދުތައް އީސީސީއަށް ގެންދަން އުޅުމުން ހުއްޓުވައިފި
17 ސެޕްޓެމްބަރ 2018
ހިޔާލު

ކާލި
މާލެ އަތޮޅުގައި ޗައިނާގެ ގޮޑިކޮއްކޮ ސަރުކާރެއްހާދާ ޓައިވާން ހޮނކޮންގު ފަދަ ޗައިނާ ސްޓޭޓެއްހަދަން ސަރުކާރުގެ ވެރިން މަޝްވަރާ ނުކުރޭބާ؟
މަހުދީ
މިކަންޖެހޭ އިންވެސްޓިގޭޓް ކުރަން. މިއީ އެއްވެސް ގައުމަކުން ބަލައިގަންނާނެކަމެއްނޫން.
ޅިއޯން
މިސްކިތު ހުޅުޖެހި މީހާއަށް ވީވަރު ތިވީ..
އާދަނު
ބަލަގަ، ސީރިއަސް ނޫނަސް ތިޔަ އޮތީ ތިވާހަކަ ދެކެވިފަ ނޫންތަ؟
ހީދް
މަޖަލަކަށް ދައްކާވާހަކަތަތީ ؟؟؟؟
Heyo
ކަލޭމެން ކަމެއް ކޮށްފިއްޔާ މަޖަލަކަށް
ވާނުވާ
އެހެންވީރު ތިމީހުން އަހަރުމެންގެ ރައީސް އައް ލަދެއްދޭންވެގެން ރެކޯޑު ކޮށް ގެ ހިންގާ ޖަރީމާއެއް ތާތީ ކަން ކޮށްފަ ގޯސްވީމަ ދެން ފޫބައްދަން ދޯ ތިއުޅެނީ
ޗައިން
މާލެ އަތޮޅުގައި ޗައިނާ ސަރުކާރުން ވަކި ދައުލަތެއް ނުންތޯ މިހާރު މިހިގަނީ އެހެން ނުބުނާން ތޯ މިއުޅެނީ!
އަޑު
އެ ޚިޔާލު ވެސް ބަޔަކަށް އަތުވެދާނެ، މަޝްވަރާވެސް ކުރެވިދާނެ، އެހެނީ އައްޑޫ ގެ ކަންތައް ދުވަހެއް ދުވަހަކަށް މިދަނީ ދަށަށް، މިހެން ބުނީމާ ދެން ބްރިޖާއި 25 ބުރީގެ އިމާރާތް ދައްކަ ފާނެ، ހަހަހަހަ

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]