Facebook inn Dating Hidhumai Dhenee
vfp.mv
VFPBAAZAARU
MIB
MIB
ފޭސްބުކުން ޑޭޓިންގް ހިދުމަތް ދެނީ
inage
އެފް8 ޑިވެލޮޕާރސް ކޮންފަރެންސްގައި ޑޭޓިންގް ހިދުމަތާއި ގުޅޭ ގޮތުން މާކް ޒަކަބާގް ވާހަކަ ދައްކަނީ
  ޓެކްނޮލޮޖީ | | 2 މެއި 2018 | 0 ކޮމެންޓް
ފޭސްބުކް އިން ޑޭޓިންގް ހިދުމަތް ދޭން ނިންމާފައިވާކަން ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގް ހާމަކޮށްފިއެވެ. kobadoctor
ޑޭޓިންގް ހިދުމަތް ދޭން ނިންމާފައިވާކަން ޒަކަބާގް ހާމަކުރީ ކެލިފޯނިއާގައި ކުރިއަށް ދިޔަ އެފް8 ޑިވެލޮޕާރސް ކޮންފަރެންސްގައެވެ. އޯޑިއަންސާއި ވާހަކަ ދައްކަމުން ޒަކަބާގް ވިދާޅުވީ ޑޭޓިންގް ހިދުމަތަކީ "ޕްރައިވަސީ" ކަންކަމަށް ބަލައިގެން ތައްޔާރުކުރާ ހިދުމަތެއް ކަމަށާއި އެ ހިދުމަތް ވަރަށް އަވަހަށް ދޭން ފަށާނެ ކަމަށެވެ.

"ފޭސްބުކްގައި އުޅޭ މީހުންގެ ތެރެއިން ގާތްގަނޑަކަށް 200 މިލިއަން މީހުން އެބަ ބުނޭ އެމީހުންނަކީ ސިންގަލް މީހުންނޭ" ޒަކަބާގް ވިދާޅުވިއެވެ.

އާންމުންގެ އިތުބާރު ހޯދާ، ފޭސްބުކުން އާ ހިދުމަތް ތައާރަފުކުރުމަށް މަސައްކަތް ކުރަމުންދާއިރު، ފޭސްބުުކުން އެ ވެބްސައިޓުގެ ހިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ ޒާތީ މައުލޫމާތު އެހެން ފަރާތްތަކާއި ހިއްސާކޮށް އެ މައުލޫމާތުގެ ނާޖާއިޒު ބޭނުން ހިފިކަން ވަނީ ފަޅާ އަރާފައެވެ.

އެއާއެކު ފޭސްބުކް ޑިލީޓްކުރުމަށް ގޮވާލާ ކެމްޕެއިނެއްވެސް ފެށިފައެވެ. އެއާއެކު ފޭސްބުކްގެ ހިއްސާގެ އަގު ވަނީ ހިއްސާގެ ބާޒާރުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. 50 މިލިއަނަށްވުރެ ގިނަ މީހުންގެ މައުލޫމާތުތައް ލީކުވެފައިވާ ކަމަށް އެއްބަސްވެ ޒަކަބާގް ވަނީ މައާފަށް އެދިފައެވެ.
ގުޅުންހުރި
ފޭސްބުކް އަށް 120 ބިލިއަން ޑޮލަރުގެ ގެއްލުމެއް!
28 ޖުލައި 2018
ވީޑިއޯއާއެކު ފާޑުކިއުން، ނަސްގެ ފޭސްބުކް ޕޭޖަށް ރާއްޖެއިން ނުވަދެވޭ ގޮތް ހަދައިފި
20 މެއި 2018
ފޭސްބުކް ޕޭޖްތައް ހިންގާ މީހުން ވެރިފައި ކުރުމުގެ މަސައްކަތް ކުރަނީ
7 އޭޕްރީލް 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]