Funadhoo Schoolge Teacherakah Dharivarunthakeh Hamalaadhee Biru Dhekkumun Male Genesfi
vfp.mv
VFPBAAZAARU
HM
HM
ފުނަދޫ ސުކޫލުގެ ޓީޗަރަކަށް ހަމަލާދީ ބިރު ދެއްކުމުން މާލެ ގެނެސްފި
inage
ށ. ފުނަދޫ ސްކޫލް--
  ހަބަރު | | 26 އޭޕްރީލް 2018 | 7 ކޮމެންޓް
ށ. ފުނަދޫ ސްކޫލުގެ ދަރިވަރުންތަކެއް ޓީޗަރަކަށް ހަމަލާދީ ކަޓަރުން ބިރުދެއްކުމާއި ގުޅިގެން އެ ޓީޗަރު މާލެ ގެނެސްފިއެވެ. kobadoctor
ވީއެފްޕީއަށް އެނގިފައިވާ ގޮތުގައި ކަޓަރުން ބިރުދައްކާފައިވަނީ ފުނަދޫ ސްކޫލުގައި ބީޓެކް ކިޔަވައިދެމުން އަންނަ އިންޑިއާގެ ޓީޗަރަކަށެވެ. އެޓީޗަރަށް ބިރުދައްކާފައިވަނީ އެސެއިމަންޓްތަކެއް މާކްކޮށްފައިވާ ގޮތައި މެދު ހިތްހަމަނުޖެހި އެރަށު ސްކޫލުގައި ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުންތަކެކެވެ.

ވީއެފްޕީއާ ވާހަކަ ދައްކަމުން އެ ހާދިސާ ހިނގި ގޮތް އެނގޭ މީހަކު ބުނި ގޮތުގައި، ކުދިން ހިތްހަމަ ނުޖެހުނީ އެސައިމަންޓް މާކްކޮށްފައިވާ ގޮތާއި މެދުއެވެ. އެގޮތުން ފުރަތަމަ ޓީޗަރަށް ހަމަލާ ދީފައިވަނީ ގޮނޑިއަކުން ކަމަށް އޭނާ ބުންޏެވެ. ގޮނޑިން ހަމަލާ ދިނުމުން ޓީޗަރު ސްޕްވައިޒަރު ކައިރިއަށް ދިޔަ ކަމަށާއި ނަމަވެސް ސްޕަވައިޒަރު އަނެއްކާ ވެސް ޓީޗަރު ކްލާހަށް ފޮނުވި ކަމަށް އެ މީހާ ބުންޏެވެ.

"ދެން ގޮސް ކްލާހަށް ވަނުމުން ކަޓަރު ކަރާ ދިމާލަށް ގެންގޮސް ބިރު ދެއްކީ. ތީޗަރު މިހާރުވީ އެނބުރި ގައުމަށް ދިއުމަށް މާލެ ގޮސް،" ފޮނަދޫއިން ވީއެފްޕީއަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ވީއެފްޕީން ފުނަދޫ ސުކޫލުގެ އިސް ފަރާތްތަކަށް ގުޅުމުން އެފަރާތްތަކުން ވިދާޅުވީ އެ މައްސަލައާއި ގުޅިގެން މިވަގުތު މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.

މިހަބަރާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ބަހެއް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ.
ގުޅުންހުރި
އަމީނިއްޔާގެ ބޮޑު ލޯގޯ އާ އިމާރާތުގައި މޮނިއުމެންޓެއް ގޮތަށް ބަހައްޓަނީ
28 ޖުލައި 2018
ފުލްޓައިމް ދިރިއުޅުން!
21 ޖުލައި 2018
ނަތީޖާ ރަނގަޅުވުމަކީ މަސައްކަތް ކާމިޔާބު ވަމުންދާކަމުގެ ހެތްކެއް: މިނިސްޓަރު
10 ޖުލައި 2018
ދެހަފުތާ ތެރޭ ދަރިވަރުންނަށް ދޭން ބުނި ޓެބްލެޓުތައް އަދިވެސް ނުދެވޭ
8 ޖުލައި 2018
ހިޔާލު

Waddey
ސުކޫލް ޓީޗަރުގެ ކުށެއް ނެތް ކޮބާ އިންސާފު ހަރުކަށި އަދަބުދީ
ރަށުމީހާ
ޙާލަތުއް ޞަރޫރާގެދަށުން އެކުދިންނަށްވެސް ގައްޑާވެވިދާނު ރަނގަޅިއްޔާ ސްޕަވައިޒާރ އަކީ އަދުރޭގެ ފެމިލީމީހެއް
މަ
ހާދަހާވަ ދެރަ އޭ ދޯ
ޒުބެއިރު
މުސްލިމް ގައުމެއް.އެކަމަކު އަމާންކަމެއް ނެތް. ލަދެއްނުގަނޭތަ ވެރިކަމުގައި ތިބިމީހުން
ވިސްނާ
ތިކަންތަކަށް ހައްލު އަންނާނީ ފާސްނުވާ ކުދީން ރިޕީޓްކުރުވީމަ.. ދެއަހަރު ފާސް ނުވެއްޖެނަމަ މަދަރުސާއިން ކަނޑާލާ... ކުދީން ގައްޑާވާން ވެގެން ކުޑަކުޑައިރު މާރާމާރީ ހިންގާ ގޭންގުތަކާ ގުޅެނީ... އަދަބު ނުދިނުމުގެ ނަތީޖާ.... އަދި ވެސް ލަހެއްނުވޭ....
ފާރަގެމަ
ރަނގަޅު އޮފިސަރުން ކޮޅެއް އުފެދެނީ.ބާ މިފެންނަނީ ތައުލީމީ ނިޒާމުގެ ފުރިހަމަ ކާމިޔާބީ.ތޯއްޗެ.
ބީވާ
ގޭންގް ކުރިއެރީއޭ ދޯ. އެހެންތާ ވާނީ އެޑިއުކޭޝަނުން ބުނީ މާރާމާރީ ނުހިގަޔޯ. އެއީ ޚަބަރު ރީތި ކުރަން ހަދާ އެއްޗެއް.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]