Majeediyyaage Teacherun Ihuthijaaju Huttaalai Kiyavaidheyn Fashaifi
vfp.mv
VFPBAAZAARU
HM
HM
މަޖީދިއްޔާގެ ޓީޗަރުން އިހުތިޖާޖު ހުއްޓާލައި ކިޔަވައިދޭން ފަށައިފި
inage
މަޖީދިއްޔާ ސުކޫލުގެ ޓީޗަރުންތަކެއް---ފޮޓޯ:މަޖީދިއްޔާ
  ހަބަރު | އިޖުތިމާއީ | 25 އޭޕްރީލް 2018 | 0 ކޮމެންޓް
ޓީޗަރަކު ސަސްޕެންޑު ކުރުމާއި ގުޅިގެން މަޖީދިއްޔާ ސުކޫލުގެ ޓީޗަރުން ފެށި އިހުތިޖާޖު ހުއްޓާލައި މިއަދު ކިޔަވައިދޭން ފަށައިފިއެވެ. Dhiraagu
މަޖީދިއްޔާ ސުކޫލުގެ ޓީޗަރުން އިއްޔެ އިހުތިޖާޖުކޮށްފައިވަނީ ދަރިވަރެއްގެ ކަރުގައި ހިފި ކަމަށް ބުނެ އެ ސުކޫލުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރި ޓީޗަރަކު ސަސްޕެންޑު ކުރުމުންނެވެ. އެ ޓީޗަރު ދަރިވަރެއްގެ ކަރުގައި ހިފި ކަމަށް ތުހުމަތު ކުރަނީ އޭނާ ކިޔަވައިދޭން ހުރި ކުލާހަށް މަޖީދިއްޔާގެ ގްރޭޑު 10 އެއްގައި ކިޔަވަމުންދާ ކުއްޖަކު ވަދެ އުނދަގޫ ކުރަން ފެށުމުން އެ ކުއްޖާ ނެރެން އުޅުމުގެ ތެރޭގައި އެ ކުއްޖާ ޓީޗަރަށް ހަމަލާދީ މާރާމާރީ ހިންގުމުގެ ތެރޭގައި ކަމަށް އެނގިފައިވެއެވެ.

އެ ޓީޗަރުވަނީ އޭނާއަށް އިންޒާރުދީ ފާރަލަމުންދާތީ އޭނާގެ ސަލާމަތައްޓަކާ ކަމަށް ބުނެ މަޖީދިއްޔާގައި ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ އޭނާގެ އަންހެނުން ވެސް ގޮވައިގެން އިއްޔެ ރާއްޖެއިން ފުރާފައެވެ.

ވީއެފްޕީއަށް މައުލޫމަތު ދިން މަޖީދިއްޔާގެ ޓީޗަރަކު ވިދާޅުވީ ޓީޗަރުން އިހުތިޖާޖު ކުރީ މަސައްކަތުގެ މާހައުލުގައި ރައްކާތެރި ކަމެއް ނެތް ކަމަށް ބުނެ ކަމަށެވެ. ނަމަވެސް ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމުގެ ޔަގީންކަން އެޑިއުކޭޝަން މިނިސްޓްރީން ދީފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވީ ކަމާ ބެހޭ ފަރާތްތަކުން އެ ޔަގީންކަން ދިނުން. އަދި ހުރިހާ ކަމެއް ފުރިހަމައެއް ނުވޭ. އެކަމަކު އެ ފަދަ އުނދަގުލެއް ދެން ނުޖެހޭނެ ގޮތަށް ފިޔަވަޅު އަޅާ ކަމުގެ ޔަގީންކަން ދީފައިވޭ. ދެން އަޅުގަނޑުމެން ބޭނުންވީ އެ މައްސަލައަށް ސަމާލުކަން ހޯދުން. އެކަން ވެސް ހާސިލު ކުރެވިއްޖެ،" ވީއެފްޕީއާ ވާހަކަ ދެއްކި ޓީޗަރު ވިދާޅުވިއެވެ.
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]