Madheena Islamic University ge Raees Raajje vadaigenfi
vfp.mv
VFPBAAZAARU
MIB
MIB
މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ރައީސް ރާއްޖެ ވަޑައިގެންފި
inage
އޮޓޯ އައިޔޫއެމް
  ހަބަރު | | 22 އޭޕްރީލް 2018 | 0 ކޮމެންޓް
މަދީނާ އިސްލާމިކް ޔުނިވާސިޓީގެ ރައީސް ޑރ ހާތިމް އަލް މަރްޒުކީ ރާއްޖެ ވަޑައިގެންފި އެވެ. Dhiraagu
ހޮނިހިރު ދުވަހު އެމަނިކުފާނު ރާއްޖެވަޑައިގެންނެވުމުން މަރުހަބާ ދެންނެވީ އިސްލާމިކް ޔުނުވަރސިޓީ އޮފް މޯލްޑިވްސް، އައިޔޫއެމްގެ ޗާންސެލާ ޑރ މުހައްމަދު ޝަހީމް އަލީ ސައީދާއި ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑރަ މަޓްރެކް އަބްދުﷲ އަލްޑޮސަރީ އެވެ.

މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ރައީސް ރާއްޖެއަށް މިކުރައްވާ ދަތުރު ފުޅަކީ ރާއްޖޭއާއި ސައުދީއަރަބިއްޔާއާއި ދެމެދު ތައުލީމީ ދާއިރާއިން ގުޅުން ވަރުގަދަ ކުރެއްވުމަށް ކުރައްވާ ދަތުރު ފުޅެކެވެ.

މި ދަތުރުފުޅުގައި މަދީނާ ޔުނިވަރސިޓީގެ ރައީސް ޑރ ހާތިމް އަލް މަރްޒުކީ ރައީސް އަބްދުﷲ ޔާމީނާއި ބައްދަލު ކުރެއްވުމަށްވަނީ ނިންމަވާފައެވެ.

މީގެ އިތުރުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ އިސްވެރިންނާއި ބައްދަލު ކުރައްވާ ދެ އިދާރާގެ ދެމެދުގައި އެއްބަސްވުންތަކުގައި ސޮއިކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގައި ޑރ ހާތިމް އަލް މަރްޒުކީ އަރަބިއްޔާ ސްކޫލްގެ އިސްވެރިންނާއި ބައްދަލު ކުރެއްވުމަށް ވަނީ ނިންމަވާފައެވެ.
ގުޅުންހުރި
ސަރުކާރާއި ދެކޮޅު އަމަލުތަކެއް ހިންގަން އުޅުނު ބަޔަކު ސައުދީން ހައްޔަރުކޮށްފި
19 މެއި 2018
ތެލުގެ އަގު އުފުލެމުންދާތީ އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފި
19 މެއި 2018
ސައުދީ ކަދުރު އަދި ނުލިބޭ، ލިބުނުހާ އަވަހަށް ބަހަން ފަށާނެ: އިސްލާމިކް މިނިސްޓްރީ
13 މެއި 2018
ސައުދީގައި ޗާޗު އަޅަން ހުއްދަ ދިން ކަމަށް ބުނާ ހަބަރުތަކެއް ފެތުރެނީ
5 މެއި 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]