Male' Saaf Thaahirukoh Baavvan WAMCOge Ai Mahchah Dhookollumun Nimunee?
vfp.mv
VFPBAAZAARU
HM
HM
މާލެ ސާފުތާހިރުކޮށް ބާއްވަން ވެމްކޯގެ އަތް މައްޗަށް ދޫކޮށްލުމުން ނިމުނީ؟
inage
މާލެ ސާފުކުރުމަށް އިއްޔެ ބޭއްވި ހަރަކާތުގެ ތެރެއިން -- ފޮޓޯ:އެންވަރަމެންޓް މިނިސްޓްރީ
  ޚިޔާލު | | 22 އޭޕްރީލް 2018 | 3 ކޮމެންޓް
ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ މުއްދަތަށް މާލޭގެ މަގުތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ސަރުކާރުން ހަވާލުކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހެވެ. މާލެ މަގުތަކާއި އިޖުތިމާއި ސަރަހައްދުތައް ބެލެހެއްޓުމުގެ އަމަލީ މަސައްކަތް ވެމްކޯ އިނަ މިއަދު ފަށާއިރު، މީގެކުރިން އެމަސައްކަތް ކުރަމުން އައި ހައުސިން މިނިސްޓްރީގެ ބެލުމުގެ ދަށުންނެވެ. Dhiraagu
މާލެ ތެރެ ހަޑިވެ ބަޔަކު މިއިން ދުވަހަކު ސާފުކުރާތަނެއްހެން ހީނުވާހާ ވެސް ހަޑިވެފައި އޮއްވާ ފެނެއެވެ. ގޭގެއިންނާއި ފިހާރަތަކުން ނެރޭ ކުނި ގޯޅިގޯޅި ކަންކަން މަތީ ޕޭމަންޓާވީ ފަޅިއަށް އަޅާފައި ތިން ހަތަރު ދުވަސް ވަންދެން ހުންނަ މަންޒަރު ފެނެއެވެ. އޭގެ ތެރޭގައި ކުނިވާޒާތުގެ އެއްޗެހި ވެސް ހިމެނެއެވެ. ނުބައި ވަސް ދުވާތީ އެކަމާއި ކަންބޮޑުވެ ސޯޝަލް މީޑިއާ އާ އަދިވެސް އެ ނޫންތަންތަނުގައި ޝަކުވާތައް އިންތިހާއަށް ކުރާ އަޑުއިވެއެވެ.

ޒަމާނުއްސުރެ މާލޭގެ ރައްޔިތުން ތަހައްމަލުކުރަން ޖެހިފައިމިވާ ކުނީގެ މައްސަލައަށް މިއަދާ ހަމައަށް ހައްލެއް ލިބިފައެއް ނުވެއެވެ. މާލެތެރޭގައި ކުނި ފުނިތައް ސަލާމަތް ނުވާވަރަށް ގިނަވުމުން ސަރުކާރުންނާއި އެކިއެކި ޖަމިއްޔާތަކާއި ޖަމާއަތްތަކުން ސާފުކުރުމުގެ ޕްރޮގްރާމްތައް ބާއްވާ ހާއިރާންވާހާ ގިނަ އަދަދެއްގެ ކުނި ނަގައެވެ. މަގުތަކާއި އަދި އެނޫންވެސް ތަންތަނަށް ކުނި އަޅާފައި ހުންނަ މިންވަރު އެނގެނީ އެފަދަ ޕްރޮގްރާމެއް ބާއްވާލުމުންނެވެ.

މަގަށް ކުނި އަޅާނަމަ އަދަބު ދޭނެކަމަށް ސަރުކާރުން އިންޒާރު ދިންނަމަވެސް މާލޭގެ މަގުތައް ހަޑިކުރާ ބަޔަކު މިއަދާހަމައަށް ވެސް ހޯދިފައެއް ނުވެއެވެ. މާލެ ސާފުތަނެއްގެ ގޮތުގައި ބޭއްވުމަކީ ހަމައެކަނި ސަރުކާރުގެ ޒިންމާއެއް ނޫނެވެ. އެއީ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ. ގޭތެރެ ހަޑިވުމުން ސާފުކުރުމަށްފަހު ކުނިތައް މަގުމައްޗަށް ނެރުމުގެ ކުރިން ކޮންމެ މީހަކުވެސް ވިސްނާލާށެވެ. ގޭތެރޭގައި ހުރެގެން ތިމާއަށް އުނދަގޫވި ކުނިތައް ބޭރަށް ނެރުމުން އެހެން މީހުންނަށް ވެސް އޭގެ އުނދަގޫވާނެއެވެ.

ކާލުމަށްފަހު ކަރުދާސްގަނޑު މަގުމައްޗަށް އެއްލާލުމުގެ ބަދަލުގައި ޑަސްޓްބިންއަށް އަޅަން އާދަކުރަން ޖެހެއެވެ. މާލެ ސާފުތަނެއްގެ ގޮތުގައި ބޭއްވޭނީ އެންމެންގެ އެއްބާރުލުން ވެސް އެކަމަށް ލިބިގެންނެވެ. ކުނީގެ މައްސަލަ ހައްލު ކުރުމަށް ވެމްކޯއިން މިއަދު ނުކުންނަ އިރު މާލެ ސާފުތަނެއްގެ ގޮތުގައި ބޭއްވުމަށް ކޮންމެ ފަރުދެއްގެ ވެސް އެހީތެރިކަން ވެމްކޯއަށް ބޭނުންވާނެކަން ޔަގީނެވެ.
ގުޅުންހުރި
ސުނާމީ ބިނާ މައިޒާން ކުއްޔަށް ދޫކުރަނީ
14 މެއި 2018
ތަރުހީބު ނުލިބިގެން ޕޫލް ޕާކު ތަރައްގީކުރަން އަނެއްކާވެސް އިއުލާނުކޮށްފި
14 މެއި 2018
މުދާ އުފުލާ ގަޑިތަކަށް ރޯދަ މަހު ބަދަލެއް
13 މެއި 2018
ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ވީޑިއޯ އާއްމުކޮށްފި
10 މެއި 2018
ހިޔާލު

ތެޔޮވާލި
މި ނޫސް ވެރިންގެ އަތްމަށްޗަށް ދޫކޮށްލަން ފެނޭ..
މަގުމަތީގަ ސިގިރޭޓް ބޮއެފަ މަގުމަށްޗަށް އެއްލާ ލާ ބަޔަކަކު މި ގޮތަށް ނޫސް ނޫހުގަ ލިޔުނަސް ނުވާނެ،، ވ ވާހަކަ
ވީރަސް
ބަލަ އަހަރެމެން ދިވެހިން ފެންފުޅި ބޯލާފަ، ސުޕާރި، ނުވިތާކައް މަގުމަތިން ދަމުން ފައިވާނުގެ ވަދު ކަޑައިގެން ދިޔައިމާ އެވެސް މަގުމައްޗައް. ފުރަތަމަ އަހަރެމެން ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގަން ވީއެ
ގުއިއްޒު
މާލެ ސާފުތާހިރުކޮށް ބާއްވަންޏާ ފުރަތަމަ ކުރަންވީ ކަމަކީ ބަންގާޅު މީހުންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ހިންގަން ވީއެވެ. ކުނީގެ 90 ޕަސެންޓް މަގުމައްޗަށް އަޅަނީ އެމީހުންނެވެ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]