Taylor Swift ge Geyge Kudadhoru Halaakukohlaigen Vai Meehaku Hayyarukohfi
vfp.mv
VFPBAAZAARU
HM
HM
ޓެއިލާ ސްވިފްޓްގެ ގޭގެ ކުޑަދޮރު ހަލާކުކޮށްލައިގެން ވަތް މީހަކު ހައްޔަރުކޮށްފި
inage
ޓެއިލާ ސްވިފްޓް
  މުނިފޫހިފިލުވުން | ހޮލީވުޑް | 21 އޭޕްރީލް 2018 | 0 ކޮމެންޓް
މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލާ ސްވިފްޓްގެ ގެއެއްގެ ކުޑަދޮރު ހަލާކުކޮށްލައިގެން އެ ގެއަށް ވަތް މީހަކު ހައްޔަރުކޮށްފިއެވެ. kobadoctor
އެ މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ފިރިހެނެކެވެ. މުނިފޫހިފިލުވުމުގެ ދާއިރާގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އެ ފިރިހެންމީހާ ޓެއިލާގެ ގެއަށް ވަދެފައިވަނީ ހަރުގަނޑަކުން އަރައި، އެގޭގެ ކުޑަދޮރެއް ހަލާކުކޮށްލައިގެންނެވެ.

ޓެއިލާގެ ގެއަށް ވަދެ އެމީހާ ވަނީ އެގެއިން ފެންވަރާ، އެގޭގައި ނިދާފައެވެ. އެ ގެއަކީ ނިއު ޔޯކު ސިޓީން ޓެއިލާ ގަނެފައިވާ ގެއެކެވެ.

އެހާދިސާ ހިނގި ވަގުތު ޓެއިލާ އެގޭގައި ނޫޅޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޓެއިލާގެ ގެއަށް މީހަކު ވަތްކަން ފުލުހުންނަށް ރިޕޯޓުކުރީ، ހަރުގަނޑު ބަހައްޓައިގެން އަރާ ކުޑަދޮރު ހަލާކުކޮށްލައިކޮށް މަންޒަރު ދުށް މީހެކެވެ.

މިމަހުގެ ތެރޭގައި ޓެއިލާގެ ގެއެއްގެ ބޭރު ފާރުމަތިން އަރަން އުޅުނު މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
ގުޅުންހުރި
ސްރީދޭވީ ދެކެ ލޯބިވެވުނީ އޮން ސްކްރީނުން ފެނިގެން ކަމަށް ބޮނީ ބުނެފި
14 އޯގަސްޓު 2018
އެކްޓުކުރުން ހުއްޓާލާނަމަ އެއްވެސް މަސައްކަތެއް ނުކުރާން: އަނުޝްކާ
13 އޯގަސްޓު 2018
އަނަންޔާ ބޮލީވުޑަށް ތައާރަފުވަނީ ޓައިގާ ޝްރޮފްއާއެކު އެއްނޫން!
13 އޯގަސްޓު 2018
ސިމްބާގެ މަސައްކަތާ ހެދި ސާރާއަށް އުފަން ދުވަސް ފާހަގަ ނުކުރެވިފައި
12 އޯގަސްޓު 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]