Wenger Beynunvee Club Gai Madukuran, Isthiufaa Dhinee Board Ge Pressure Ah
vfp.mv
VFPBAAZAARU
MIB
MIB
ވެންގާ ބޭނުންވީ ކްލަބުގައި މަޑުކުރަން، އިސްތިއުފާދިނީ ބޯޑުގެ ޕްރެޝަރަށް
inage
އާސެން ވެންގާ ފޮޓޯ:---
  ކުޅިވަރު | ދުނިޔެ | 21 އޭޕްރީލް 2018 | 0 ކޮމެންޓް
އިއްޔެގެ ވަގުތެއްގައި މި ސީޒަނަށްފަހު ކްލަބު ދޫކޮށްލާނެކަން އިއުލާން ކުރި އާސެނަލްގެ ކޯޗު އާސެން ވެންގާ ކްލަބު ދޫކޮށްލަން ނިންމި ނިންމުމަކީ އޭނާ ބޭނުންވެގެން ނިންމި ނިންމުމެއް ނޫން ކަމަށާއި ބޯޑުގެ ޕްރެޝަރަށް ކުރި ކަމެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނަން ފަށައިފި އެވެ. muni
އާސެނަލާ ގާތް ގުޅުމެއް އޮންނަ ސިއްރު މައްދަރުތަކާ ހަވާލާދީ އިނގިރޭސި ނޫހަކުން ކުރި ރިޕޯޓެއްގައި ބުނެފައިވަނީ ގޮތުގައި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އާސެން ވެންގާ ބޭނުންވީ އޭނާގެ ވަޒީފާގެ ދިފާއުގައި މަސައްކަތްކޮށް، ކްލަބާއެކު ކާމިޔާބީ ހޯދޭނެކަން ސާބިތުކޮށްދިނުމަށެވެ. ނަމެވެސް އޭނާ އެންމެފަހުން ކްލަބު ދޫކޮށްލާނެކަން އިއުލާން ކުރީ އެކްލަބުގެ ބޮޑުގެ މެމްބަރުން އެކަމަށް ޕްރެޝަރު ކުރަން ފެށުމުންނެވެ.

މި ސީޒަނުގައި އާސެނަލްގެ ފަރާތުން ފެނިގެންދިޔަ ކުޅުމަށްފަހު އާސެނަލްގެ ބޯޑުން ވެންގާއަށް ހުށަހެޅީ ދެގޮތެކެވެ. އެއީ އަމިއްލައަށް މަގާމުދޫކޮށް، 11 މިލިއަން ޕައުންޑުގެ ފީއަކާއެކު ފުރިހަމަ އިއްޒަތާ އިހުތިރާމާއެކު "ލެޖެންޑެއް" ގޮތުގައި ކްލަބު ދޫކުރުން، ނުވަތަ ކްލަބުން އޭނާ މަގާމުން "ސެކް" ކޮށް ވަޒީފާއިން ވަކިރުންމެވެ.

22 އަހަރަށްފަހު ކްލަބުދޫކޮށްލާނެކަން އިއުލާންކޮށްފައިވާ އާސެން ވެންގާ ވަނީ އެކްލަބާއެކު 3 ފަހަރު ޕްރިމިއާ ލީގު އަދި 7 ފަހަރު އެފްއޭ ކަޕު ކާމިޔާބުކޮށްފައެވެ. އޭނާ އަކީ ޕްރިމިއާ ލީގު ކްލަބަަކަށް އެންމެ ގިނަ ދުވަހު ކޯޗުކަން ކޮށްދިން ކޯޗުވެ. އަދި ޕްރިމިއާ ލީގު މެޗަކުން ބަލިނުވެ ތަށި އުފުލާލި ހަމައެކަނި ކޯޗު ވެސް މެއެވެ.

އާސެން ވެންގާ ކްލަބު ދޫކޮށްލާނެކަން އިއުލާން ކުރީ އޭނާ ބޭރުކުރުމަށް ސަޕޯޓަރުން #ވެންގާއައުޓް ގެ ނަމުގައި ވަރުގަދަ ކެމްޕެއިނެއް ހިންގަން ފަށާފައިވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. މިކެމްޕެއިނުގައި ބައިވެރިވި ސަޕޯޓަރުނަށް ވެންގާ މަގާމުން އިސްތިއުފާދޭން ނިންމުން ވެގެން ގޮސްފައިވަނީ ވަރަށް ބޮޑު ކާމިޔާބީ އަކަށެވެ.
ގުޅުންހުރި
ފަހު މެޗުގައި އާސެން ވެންގާއަށް ގާޑް އޮފް އޮނާއެއް
26 އޭޕްރީލް 2018
ބާސާގެ ކުރީގެ ކޯޗު އެންރީކޭ އާސެނަލްއާ ހަވާލުވަނީ؟
21 އޭޕްރީލް 2018
އާސެނަލުން ފަހަތުން އަރާ ބޮޑު ތަފާތަކުން އެވަޓަން ބަލިކޮށްފި
22 އޮކްޓޯބަރ 2017
ސަންޗޭޒް ރަސްމީ ޓްރާންސްފާ ރިކްއެސްޓެއް ހުށަހަޅަން ތައްޔާރުވަނީ
29 ޖުލައި 2017
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]