SO fuluhun ge boa beyli mahsala HRCM ah husha alhaifi
vfp.mv
VFPBAAZAARU
MIB
MIB
އެސްއޯ ފުލުހުންގެ ބޯ ބޭލި މައްސަލަ އެޗްއާރުސީއެމްއަށް ހުށައަޅައިފި
inage
ހައްޔަރުކޮށްފައި ތިބި ފުލުނުން
  ހަބަރު | | 17 އޭޕްރީލް 2018 | 1 ކޮމެންޓް
ޤާނޫނާއި ހިލާފަށް ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ތިބި އެސްއޯ ފުލުހުންގެ ބޯ ގަދަކަމުން ބޭލި މައްސަލަ ހިއުމަންރައިޓްސް ކޮމިޝަނަށް ހުށައަޅައިފިއެވެ. muni
މި މައްސަލަ އެޗްއާރުސީއެމްއަށް ހުށައަޅާފައިވަނީ ހައްޔަރުކޮށް މިހާރު ވަޒީފާއިންވެސް ވަކިކޮށްފައިވާ ފުލުހުންގެ ވަކީލުންނެވެ. ގަދަކަމުން ފުލުހުންގެ ބޯ ބާލާފައިވާކަން އެނގުނީ ފުލުލުން އިއްޔެ މުއްދަތަށް ކޯޓަށް ގެނައުމުންނެވެ. މިމައްސަލާގައި ފުލުހުންގެ ވަކީލުން މިއަދުވަނީ ނޫސް ބަޔާނެއްވެސް ނެރެފައެވެ.

އެބަޔާނުގައި ބުނެފައިވާ ގޮތުގައި އެ މީހުންގެ ނުރުހުމުގައި ބޯ ބޭލުވި ބޭލުމަކީ އެންޓި ޓޯޗާ ގާނޫނުގެ 14 ވަނަ މާއްދާގެ ށ ގެ 12 ވަނަ ނަންބަރާއި ހިލާފު ކަމެއް ކަމަށް ބުނެފައިވެއެވެ.

ވަކީލުންގެ ބަޔާނުގައި އެކަމުގައި ބައިވެރިވި ހުރިހާ އެންމެން ވެސް ކުށްވެރިވާނެ ކަމަށް ބުނެފައިވެއެވެ. ވަކީލުން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި މީހެއްގެ ނުރުހުމުގައި އޭނާގެ ގަޔަށް އަތްލުމަކީ ވެސް ގާނޫނުލް އުގޫބާތުގެ 20 ވަނަ މާއްދާގެ ދަށުން ކުށެކެވެ.

ހައްޔަރުގައި ތިބި ފުލުހުންގެ ބޯ ބޭލުވި މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވެސް ވަކީލުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ވަކީލުންގެ ބަޔާން ނިންމާލަމުން ޒުވާން ކުދިންތަކެއްގެ ބޯ ކޮށާލި މައްސަލައެއްގައި ފުލުހުންގެ އޭރުގެ ޑެޕިއުޓީ ކޮމިޝަނަރުގެ މައްޗަށް ދައުވާ ކުރިކަން ފާހަގަކޮށްފައިވެއެވެ.

ހައްޔަރުކޮށްފައިވާ ފުލުހުންގެ ތެރޭގައި އެސްއޯގެ ކުރީގެ ކޮމާންޑަރު އިނިސްޕެކްޓަ އޮފް ޕޮލިސް ސައިފު ހުސައިންއާއި، ސްޓޭޝަން އިނިސްޕެކްޓަ ފާއިޒު މުހައްމަދާއި ފުލުހުންގެ ސްވޮޓު ޓީމުގައި މަސައްކަތް ކުރި ސާޖަންޓު އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލު ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިންއާއި ސާޖެންޓު އަހުމަދު އާސިމް ހިމެނެއެވެ.

ހައްޔަރުކޮށް ވަޒީފާއިން ވަކިކޮށްފައިވާ އެސްއޯ ފުލުހުންގެ ބޯ ބޭލިކަމަށް ބުނާ މައްސަލާގައި ފުލުހުންގެ އިދާރާއިން ރަސްމީ އެއްޗެއް އަދި ނުބުނެއެވެ.
ގުޅުންހުރި
އެންސިސްގެ ފޭރުމާއި ގުޅިގެން ފައިސާއާއި އެކު މީހަކު ހައްޔަރުކޮށްފި
10 ސެޕްޓެމްބަރ 2018
ނަޝްފާއަށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި ދެ ކުދިންގެ ބަންދަށް 15 ދުވަސް
3 ސެޕްޓެމްބަރ 2018
ކޮލަމާފުށިން ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް
30 އޯގަސްޓު 2018
ގަމުގައި ތިން މީހަކު ޒަހަމްކޮށްލި މީހަކު ވަލުތެރެއިން ހައްޔަރުކޮށްފި
27 އޯގަސްޓު 2018
ހިޔާލު

ސޯބިރު
މުޅިގައުމުގެމުސްތަގުބަލު ތޮޅިއަށް
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]