Nasheed nan vote karudhaahugai noanaane, thakuraaru kuran: Shainee
vfp.mv
VFPBAAZAARU
HM
HM
ނަޝީދުގެ ނަން ވޯޓް ކަރުދާހުގައި ނޯންނާނެ، ތަކުރާރުކުރަން: ޝައިނީ
inage
ނަޝީދަށް އިންތިހާބުގައި ވާދަދެއް ނުކުރެވޭނެ، ތަކުރާރުކުރަން: ޝައިނީ
  ހަބަރު | ސިޔާސީ | 16 އޭޕްރީލް 2018 | 5 ކޮމެންޓް
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނަން އަންނަ ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާހުގައި ނޯންނާނެ ކަމަށާއި ތަކުރާރުކޮށް ދަންނަވާކަމަށް ފިޝަރީޒް މިނިސްޓަރ ޑރ މުހައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ. dhi2
ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ސަރުކާރުގެ ފަރާތުން އެންމެ އިސްކޮށް ހުންނަވާ ޝައިނީ މިހެން ވިދާޅުވީ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވެން ޖެހޭނެކަމަށް އދ ގެ ކޮމެޓީން މިއަދު ނިންމި ނިންމުމާއި ގުޅިގެން ކުރެއްވި ޓްވިޓެއްގައެވެ.
ޝައިނީ ވިދާޅުވީ ތަކުރާރުކޮށް ދަންނަވާކަމަށާއި 2018 ގެ ވޯޓް ކަރުދާހުގައި ރައީސް ނަޝީދުގެ ނަން ނޯންނާނެ ކަމުގައެވެ. އަދި ވޯޓް ކަރުދާހުގައި ރައީސް ނަޝީދުގެ ނަން އޮންނަން ޖެހޭ ސަބަބެއް ޤާނޫނު އަސާސީންވެސް ޤާނޫނުތަކުންވެސް ފެންނަން ނެތްކަމަށް ޝައިނީ ވިދާޅުވިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށް ނިންމީ އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ނެވެ.

ހިއުމަން ރައިޓްސް ކޮމިޓީގެ ރަސްމީ ވެބްސައިޓުގައި މިއަދު އެ ކޮމިޓީން ބުނެފައިވާ ގޮތުގައި ރައީސް ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ނިންމާފައިވަނީ އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހަޅާފައިވާ ދެ މައްސަލައަކަށް ރިއާޔަތްކޮށެވެ. އެއީ 2013 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލައަކާއި 2016 ވަނަ އަހަރު ހުށަހަޅާފައިވާ މައްސަލައެކެވެ.

ކޮމިޓީން ފާހަގަކޮށްފައިވާ ގޮތުގައި ރައީސް ނަޝީދުގެ މައްޗަށް ހުކުމް އިއްވާފައިވާ ޝަރުއީ އިޖުރާއަތުތައް ބިނާކޮށްފައިވަނީ ރަނގަޅު ނޫން ގާނޫނުތަކެއްގެ މައްޗަށެވެ. އިންސާފުވެރި ޝަރީއަތަކުން އެމަނިކުފާނު މަހުރޫމުކޮސްފައިވާ އިރު ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތުގައި ވެސް މައްސަލަ ހުރި ކަމަށް ކޮމިޓީން ފާހަގަކޮށްފައިވެއެވެ.

ރައީސް ނަޝީދުގެ މައްޗަށް ހުކުމެއް އިއްވާ އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތް ހަދާފައިވާ އިރު އެއީ ރާއްޖެއިން ބައިވެރިވެފައިވާ އައިސީސީޕީއާރުގެ 25 ވަނަ މާއްދާއާއި ހިލާފަށް އެމަނިކުފާނުގެ ސިޔާސީ ހައްގުތައް ނިގުޅައިގަނެގެން ކަމަށް ވެސް ބުނެފައިވެއެވެ.

އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން އެގޮތަށް ނިންމާފައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހުއެވެ.

އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގެ ވެބްސައިޓުގައި އެކޮމިޓީގެ ވައިސް ޗެއާ ޔުވަލް ޝަނީއާއި ހަވާލާދީ ބުނެފައިވަނީ 180 ދުވަހުގެ ތެރޭގައި ކޮމިޓީގެ ނިންމުން ތަންފީޒު ކުރުމަށް އަޅާ ފިޔަވަޅުތައް އެނގުމަށް ރާއްޖެއަށް އަންގާފައިވާ ކަމަށެވެ.
ގުޅުންހުރި
މަޝްވަރާއަށް އިދިކޮޅުން މިފަހަރުވެސް ކުރިމަތިކުރުވީ ޝަރުތުތަކެއް: ރައީސް ޔާމީން
18 ޖުލައި 2018
ރައީސް ކަމުން އިސްތިއުފާ ނުދެއްވަން ޔާމީން، ނަޝީދަށް ދެންނެވި: އަބްދުއްރަހީމް
18 ޖުލައި 2018
"އިތުބާރު ކުރެވޭ އިންތިހާބަކަށް އިލެކްޝަންސް ކޮމިޝަން ބަދަލު ކުރަން ޖެހޭ"
17 ޖުލައި 2018
ރައީސް ނަޝީދާއި ގާސިމް ފައިސަލަށް މަރުޙަބާ ވިދާޅުވެއްޖެ
13 ޖުލައި 2018
ހިޔާލު

ގުޅުންހުރި
އަޙްމަދް
ޝައިނީ އަދި ތިހެން ވިދާޅު ވިއެއްކަމަކު ހަމަ ޔަޤީނުންވެސް ކެނެރީގެ ނަޝީދުގެ ނަން ގައިދީންގެ ލިސްޓުގައި އެބައޮތް.ހެހޭ
މީރާ
އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީގެ ވެބްސައިޓުގައި އެކޮމިޓީގެ ވައިސް ޗެއާ ޔުވަލް...މީކާކުތޯ އަހަރުމެންނަން އަމުރުކުރަން ވައިސް ޗެއާ ޔުވަލް މީއަހަރުމެންގެ ގާނުއަސާސީތޯ ކިހާބޮޑުބަލާއެއްތޯމީ...
ލާލު
ކެންޑޓޭޓުން ގެ ނަން ފާސްކުރަނީ ފިސަރީޒުންތަ؟
މިރުސާ
ޝައިނީ ތިއީ ޓިޕިކަލް ޑިކްޓޭޓާރ ސްޓައިލް
އަލީ
ޔާމީންގެ އިތުރުން އެހެން ނަމެއް ވޯޓުކަރުދާހުގައި އޮވެގެން މޮޅުވެވޭކަށެއް ނެތް.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]