Riyaz ah dhanee lainsaanee aniya dhemun: JP
vfp.mv
HM
HM
ރިޔާޒަށް ދަނީ ލާއިންސާނީ އަނިޔާ ދެމުން: ޖޭޕީ
inage
ޖޭޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
  ހަބަރު | ސިޔާސީ | 16 އޭޕްރީލް 2018 | 1 ކޮމެންޓް
ސަރުކާރު ހައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ކެންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒަށް ލާއިންސާނީ އަނިޔާ ދެމުން ގެންދާކަމަށް ޖުމްހޫރީ ޕާޓީން ބުނެފިއެވެ. Dhiraagu
ކުރީގެ ޕޮލިޝްކޮމިޝަނަށް އަބްދުﷲ ރިޔާޒަށް ސަރުކާރުން ލާއިންސާނީ އަނިޔާތައް ދެމުން ގެންދާކަމަށް ޖުމްހޫރީ ޕާޓީންބުނީ މިއަދު އެޕާޓީން ބޭއްވި ޕްރެސްކޮންފަރެންސެއްގައެވެ.

ޖަލުގައި "ޓޯޗާ ކޭމްޕެއް" ހިންގަމުން ގެންދާކަމަށް ތުހުމަތުކޮށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު ޑރ ހުސައިން ރަޝީދު ހަސަން ވިދާޅުވީ ރިޔާޒު ހައްޔަރުކޮށްފައިވަނީ އިޖްރާތްތަކާއި ހިލާފަށް ކަމަށާއި ރިޔާޒު ހުންނެވީ ރަހީނު ކޮށްފައި ކަމުގައެވެ. އަދި ރިޔާޒަށް ބޭސްފަރުވާގެ ކަންކަންވެސް ޖަމަހައްސައި ނުދޭކަމަށާއި އެކަމާއި ކަންބޮޑުވެވަޑައިގަންނަވާކަމަށް ޑރ ހުސެން ވިދާޅުވިއެވެ.

ޒިޔާޒަށް އިންސާފު ހޯދައި ދިނުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެކަމަށާއި ޒިޔާޒަށް ދެމުން ގެންދަނީ ލާއިންސާނީ އަނިޔާކަމަށްވެސް ޑރ ހުސެން ވިދާޅުވިއެވެ. އަދި ޖަލުގައި އަނިޔާކުރާ ޖައްލާދުންނާއި ހަމައަށް ޤާނޫނުގެ ދިގު އަތް ފޯރާނެ ކަމަށާއި އެމީހުން ޖަވާބުދާރީ ކުރުވާނެކަމަށްވެސް ޑަރ ހުސައިން ވިދާޅުވިއެވެ.

އިދިކޮޅު ފަރާތްތަކުން މަޖީދީ މަގުގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން ރިޔާޒު ހައްޔަރުކޮށް ކުއްލި ހާލަތުގެ ދަށުން ކަމަށް ބުނެ މުއްދަތު އިތުރުނުކޮށް އެތައް ދުވަހެއް ވަންދެން ބަހައްޓާފައިވެއެވެ.

ރިޔާޒުގެ މައްޗަށް ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާއާއި ޓެރަރިޒަމްގެ ޢަމަލެއް ހިންގަން އުޅުނުމުގެ ދައުވާގެ އިތުރުން ވެސް ޖިނާއީ ދައުވާތައް ދަނީ ކުރަމުންނެވެ.
ގުޅުންހުރި
ސަނާ ގާސިމް އިދިކޮޅު އިހްތިޖާޖްގައި، އަނިޔާއާ ދެކޮޅަށް ތެދުވުމަށް ގޮވައިލެއްވި
6 އޭޕްރީލް 2018
މިއަދު ބާއްވަން ތާވަލު ކުރި ރިޔާޒުގެ ޝަރީއަތް ކެންސަލުކޮށްފި
26 މާޗް 2018
ސިޔާދުއާއި ބައްދަލު ކުރުމުގެ ފުރުސަތެއް ނުދޭ: ވަކީލުން، އާއިލާ
26 މާޗް 2018
ޖަގަހާގައި ހުޅުޖެހީ އަމިއްލައަށް ކަމަށް ވެސް ވެދާނެ: ޖޭޕީ
25 މާޗް 2018
ހިޔާލު

ގުޅުންހުރި
ރައްޔިތު މީހާ
ކުއްވެރިންނަށް އަދަބު ދޭންޖެހޭނެ... ކަމިޝްނަރަކަށް ހުރިއިރު ނުހައްޤުން ކިތައްމީހުންނަށް ލާއިންސާނީ އަނިޔާދިނިންތޯ އަހާފަ އެކަންތައްވެސް ސާބިތުވަންޏާ އެއަށްވެސް ޚައްޤު އަދަބުދީ ތިޔަޖާހިލަށް.....

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]