UNge Committeege Nimmunthakaa Dhekolhu, Nasheedge Candidacyai Medhu Goi Nimmaanee SupremeCourtun: sarukaaru
vfp.mv
VFPBAAZAARU
HM
HM
"އދގެ ކޮމިޓީގެ ނިންމުމާ ދެކޮޅު، ނަޝީދާ މެދު ގޮތް ނިންމާނީ ސްޕްރީމް ކޯޓުން"
inage
ސަރުކާރުގެ އިސްވެރިން---ފޮޓޯ:ރައީސް އޮފީސް
  ހަބަރު | ސިޔާސީ | 16 އޭޕްރީލް 2018 | 11 ކޮމެންޓް
ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރެވެން ޖެހޭނެ ކަމަށް އދގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީން ނިންމި ނިންމުމާ ދެކޮޅު ކަމަށާއި އެމަނިކުފާނުގެ ކެންޑިޑޭސީއާއި މެދު ގޮތް ނިންމާނީ އދއިން ނޫން ކަމަށާއި ސްޕްރީމް ކޯޓުން ކަމަށް ސަރުކާރުން ބުނެފިއެވެ. dhi2
ސަރުކާރުން އެހެން ބުނެފައިވަނީ އދގެ ހިއުމަން ރައިޓްސް ކޮމިޓީގެ ނިންމުމާއި ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައެވެ.

ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ރައީސް ނަޝީދުގެ ހައްގުތައް ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވަނީ ސަރުކާރުން ހުށަހަޅާފައިވާ ކަންކަމަށް އެކަށިގެންވާ ވަރަށް ރިއާޔަތް ނުކޮށް ކަމަށާއި ރައީސް ނަޝީދަކީ އެމަނިކުފާނު އެ ކުށް ކުރެއްވި ކަމަށް އެތައް ފަހަރަކު އިއުތިރާފުވެވަޑައިގެންފައިވާ ބޭފުޅެއް ކަމަށެވެ.

ރައީސް ނަޝީދުގެ މައްޗަށް ހުކުމް އިއްވާފައިވަނީ ގާނޫނު އަސާސީއައި ގާނޫނުތަކާއި އެއްގޮތަށް ކަމަށާއި އައިސީސީޕީއާރުއާއި ހިލާފަށް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. ރައީސް ނަޝީދުގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ އެމަނިކުފާނު އައްޔަން ކުރެއްވި ޕްރޮސެކިއުޓަ ޖެނެރަލް ކަމަށާއި އެމަނިކުފާނަށް ހުކުމް އިއްވާފައިވަނީ އެމަނިކުފާނުގެ ސިޔާސީ ހައިސިއްޔަތަށް ރިއާޔަތްކޮށްގެން ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

ރައީސް ނަޝީދަކީ ހުކުމަށް ފިއްލަވައިގެން ހުންނެވި ބޭފުލެއް ކަމަށާއި އެމަނިކުފާނަށް ވާދަ ކުރެއްވޭނީ 13 އަހަރުގެ ހުކުމް ތަންފީޒުކޮށް ނިމުމުން ނުވަތަ މައާފު ލިބޭތާ ތިން އަހަރު ފަހުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ. އަދި އިންތިހާބީ ކެންޑިޑޭޓެއްގެ ކެންޑިޑޭސީއާއި މެދު ގޮތެއް ނިންމާ ނަމަ އެކަން ކުރެވޭނީ ސްޕްރީމް ކޯޓަށް ކަމަށާއި އދއިން ނޫން ކަމަށް ވެސް ބުނެފައިވެއެވެ.

ބަޔާން ނިންމާލަމުން ބުނެފައިވަނީ އިންތިހާބު ބާއްވާނީ ގާނޫނު އަސާސީއާއި ގާނޫނުތަކުގައިވާ ގޮތުގެ މަތިން ކަމަށެވެ.
ގުޅުންހުރި
ހޯމަ ދުވަހު ސްކޫލުތަކުގެ ކިޔެވުމެއް ނޯންނާނެ، އެކަމަކު ސަރުކާރު ބަންދެއް ނޫން
20 ސެޕްޓެމްބަރ 2018
ފުލުހުންގެ ބޮޑު އިމްތިޙާން!
17 ސެޕްޓެމްބަރ 2018
ވޭތުވެ ދިޔަ 10 އަހަރު ރާއްޖެ އެންމެ ބޮޑަށް ފަސާދަ ކުރި އެއްބަޔަކީ އަދާލަތު: މަތީން
17 ސެޕްޓެމްބަރ 2018
ކަންކަން ހިނގަނީ ތިން ބާރު ވަކިވެފައި އޮންނަ ގޮތަކަށް ނޫން: މާރިޔާ
16 ސެޕްޓެމްބަރ 2018
ހިޔާލު

ޑިމޮކްރަސީ
ސްޕްރީމް ކޯޓެއް ނުނޭ ސްޕްރީމް ކޯއްޓޭ އޭ އެތަނުން ނެރެ ހުކުމް ވަރަށް ފައްކާވާނެ
ވަޒަންބެ
ސްޕްރީމްކޯޓުން ހުކުމް އިއްވުވާފަ އަމިއްލަ އަށް ގޮސް ޖަލަށް ވަދޭ
ގުއިއްޒު
އިބިލީސް ފެންނަންޏާ އެސޮރު ދެކެ ބިރު ނުގަންނަ މީހަކު ނުހުންނާނެ. އެއީވާ ސޮރެއް.
01.02.2018
ހުކުމް ވަނީ އިއްވާފައި (01.02.2018) ތަންފީޒުކުރޭ އިތުރު ކޮން ހުކުމެއްބާ އިންވަންއޮތީ މިހާ ވޯޓުފޮށި ދެކެ ބިރުގަންނަ ރައީސެއް އަނިޔާމިނު ނޫނީ ނެތް
އަހުމަދު
އިއްވާނެ ހުކުމްމިހާރު އިނގޭތީ ތިހެންތިޔަބުނނީ... ނުރުހޭހުކުމެއް އިއްވާފިނަަމަ ސްޕްރީމްކޯޓް ފާރުތަޅާލާ ފަޑިޔާރުން ހައްޔަރުކުރާނެއެއްނު..
ފަޑިޔާރުގެ ވަޒީފާ.... ؟
ޅޮސްއުދޯލި
ފޮރިންމިނިސްޓަރ އަކީވެސް ޔާމީންގެ ޕަޕެޓެއް، ސިޔާސީކޮއްފަ ވާހަކަދައްކާނި، ރައްޔިތުންނައް ހެޔޮނޭދޭ އޭރެއްގަ ހުންނަ ރައީސްއައް ހެޔޮއެދޭމީހުން
މުހައްމަދު
ސްޕްރީމް ކޯޓާއި މަޖުލިސް އެބައޮތްތަ؟. އެއީ ފުލުހުންގެ މަރުކަޒުތަކެއްނުންތޯ؟ އަދުލުވެރިކަމާއިއެކު ހުކުމެއް އިއްވޭނެ ކޯޓެއް މިގައުމަކުނެތް. ޥެރިކަން ހަވާލުކުރީމާ ރައްޔިތުން އެންގިގޮތަށް ވެރިކަން ނުކުރެވުނު އެކަކުވެސް ދެން މިގައުމުގަ ވެރިކަން ކުރާނެ ކަމެއްނެތް.
ރަށުމީހާ
މަށައް އޮޅިއްޖެ ގޮތްނިންމަންވީތަން ކޯޓުންނިންމީމަ އިސްފަނޑިޔާރު ހައްޔަރުކުރީ ގޮތްނިންމަނީ ރައްޔިތުން ނިކަން ކަރުދާހުގަ ނަޝީދުގެ ނަން ހިމަނަާބަލަ އޭރުން އިގޭނެ ވާނުވާ
ނޭފަތުފޫޅު
ސުޕްރީމް ކޯޓުން ގޮތް ނިންމީމަ ފޫހާކާފަ އުއްތަމަ ފަނޑިޔާރު ގެންގޮސް ތިޔަ ލެއްވީ ޖަލަށް ނޫންތޯ؟
ރާބޮޑޭ
އައްޔާ ދެން ކަލޭ ކުރިމަތި ލާންވީނު ދޯ !
އަލީ
ނަޝީދަކަށް ކުރިމައްޗެއް ނުލެވޭނެ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]