Alanaasin Libey Sih'hee Faidhaa Engenee kihaavarakan?
vfp.mv
VFPBAAZAARU
HM
HM
އަލަނާސިން ލިބޭ ސިއްހީ ފައިދާ އެނގެނީ ކިހާވަރަކަށް؟
inage
އަލަނާސި--
  ފޭޑި | ސިއްހަތު | 17 އޭޕްރީލް 2018 | 0 ކޮމެންޓް
އަލަނާސި އަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް އާއްމު މޭވާއެކެވެ. ކާނާގެ ބާވަތްތައް ތައްޔާރުކުރުމުގައި އަލަނާސި ބޭނުންކުރުން ދިވެހިންގެ މެދުގައި އާއްމުވަމުން އައި ނަމަވެސް ރާއްޖެއިން އަލަނާސި ގަސް ފެންނަނީ ވަރަށް މަދުންނެވެ. އެކަމަކު ރާއްޖޭގެ ބާޒާރުގައި އަލަނާސި އަކީ ވަރަށް ތިޔާގި މޭވާއެކެވެ. muni
އަލަނާސިން ލިބޭ ބައެއް ސިއްހީ ފަރުވާ

ލޮލުގެ ދުޅަހެޔޮކަން
އަލަނާސިއަކީ އެންޓި އޮކްސިޑެންޓް ހިމެނޭ މޭވާއެއްކަމުން ލޮލުގެ މައްސަލަތަކުން ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް އެހީތެރިވެދެއެވެ. ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންގެ ލޮލޮށް ދިމާވާ މައްސަލަތައް އަލަނާސި ކާނަމަ ހައްލުކޮށްދެއެވެ. ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހެއްގެ 3 ފަހަރު އަލަނާސި ކާނަމަ އުމުރުން ދުވަސްވީ މީހުންގެ ލޮލަށް ދިމާވާ "މެކިޔުލަރ ޑިޖެނެރޭޝަން" މެދުވެރިވުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

ލޭ މައްޗަށް ދިއުމުގެ ފުރުސަތު ކުޑަކޮށްދޭ
ތެލައި ސަރުބީ އަދި ސޯޑިއަމް (ލޮނު) ހަށިގަނޑުގައި އިތުރުވާނަމަ ލޭ މައްޗަށް ދިއުމަށް މަގުފަހިވެއެވެ. އެހެންނަމަވެސް އަލަނާސީގައި ތެލައި ސަރުބީ އަދި ސޯޑިއަމް (ލޮނު) އެކުލެވިފައިވަނީ މަދު މިންވަރަކަށެވެ. މިހެންކަމުން ކެއުމުގައި އަލަނާސި ބޭނުންކުރާނަމަ ލޭ މައްޗަށް ދިއުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

ހަމުގެ ރީތިކަން ދެމެހެޓުމަށް އެހީއެއް
އަލަނާސީގައި އެންޒިއަމް އެކުލެވެއެވެ. އެއީ ހަންގަނޑު އޮމާންކޮށް ރީއްޗަށް ބެހެއްޓުމަށް އެހީތެރިވާ އެންޒައިމްއިން ހަމުގައި ފެންއެކުލެވޭ މިންވަރު މަތިކޮށް މަރުވެފައި ހުންނަ ސެލްތައް ނައްތާލުމަށް އެހީތެރިވެއެވެ.

އަލަނާސިއަކީ ފައިބަރު އެކުލެވޭ މޭވާއެއްކަމުން ބަނޑުހިކުން ފަދަ މައްސަލަތަކަށް އަލާނާސި ބޭނުންކުރުމުން ލުއި އެއް ލިބެއެވެ. ހަމައެއާއެކު ތާޒާ އަލަނާސި ޖޫސް ބޭނުންކުރުމުން ކަރުތެރޭގައި އުފެދޭ ބަލިތަކަށް ފަރުވާ ލިބެއެވެ.
ގުޅުންހުރި
ކެފޭތަކާއި ރެސްޓޯރަންޓްތަކުގައި ސިނގިރޭޓް ބުއިން މަނާކުރަން ޕެޓިޝަނެއް
16 އޯގަސްޓު 2018
ފަލަވާން ބޭނުންނަމަ މިކަންތައްތައް ކުރެވިދާނެ
15 އޯގަސްޓު 2018
ފާނަ ބަސަންދު ޖެހިގެން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖޫން މަހު: އެޗްޕީއޭ
28 ޖުލައި 2018
މީހެއްގެ ކިޑްނީން 3000 އެއްހާ ހިލަ ނަގައިފި
28 ޖުލައި 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]