Duty Bahaigen ehchehi Dhuvvun: Mi Noon Halleh Nethee Heyyeve
vfp.mv
VFPBAAZAARU
MIB
MIB
ޑިއުޓީ ބަހައިގެން އެއްޗެހި ދުއްވުން: މި ނޫން ހައްލެއް ނެތީ ހެއްޔެވެ؟
inage
މާލޭގެ މަޖީދީމަގު--
  ޚިޔާލު | | 8 އޭޕްރީލް 2018 | 3 ކޮމެންޓް
ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެންމެ ގިނަ ބަޔަކު ދެއްކި އެއް ވާހަކައަކީ މުދާ އުފުލާ އުސޫލަށް ގެނައި ބަދަލާއެކު މާލޭގެ މަގުތަކަށް އައި ބަދަލުގެ ވާހަކައެވެ. މާލޭގެ މަގުތަކުގެ ތޮއްޖެހުން ހައްލުކުރުމަށް ސަރުކާރުން ގެނައި "ވަގުތީ" ހައްލަކީ ރައްޔިތުން މާގަޔާވި ބަދަލެއް ނޫންކަން ފާޅުކުރާ ޝުއޫރުތަކުން ހާމަވެއެވެ. Dhiraagu
ގެނެވުނު ބަދަލަށް މަޖޫރިން ރަތަށް އަރާފައި ތިބިއިރު، ޕިކަޕު ޑްރައިވަރުންވެސް ތިބީ މުޒާހަރާއަށް ނުކުންނަން ވެސް ތައްޔާރަށް ކަމަށް އެމީހުން ބުނެއެވެ. މިދިޔަ އާދިއްތަ ދުވަހު ގެނެވުނު ބަދަލުން ވިޔަފާރިތަކަށް ގެއްލުންވާ ކަމަށް ވިޔަފާރިވެރިން ބުނަމުންދާއިރު، އެކަމަށް ކުރެވޭނެ އިތުރު ކަމެއް ނެތްކަމަށް ބަލާ ވިޔަފާރިވެރިންނަށް ވަނީ އެއުސޫލަށް އަމަލު ކުރަން މަޖުބޫރުވެފައެވެ.

ކޮންމެއަކަސް، ގެނެވުނު ބަދަލުގެ އަސަރު ކުރަނީ ހަަމައެކަނި ވިޔަފާރިވެރިންނަށް ނުވަތަ ޕިކަޕް ޑްރައިވަރުންނަށް އެކަންޏެއް ނޫނެވެ. އެމީހުންގެ އާއިލާތަކާއި ގިނަ ރައްޔިތުންތަކަކަށް ވެސް އޭގެ އަސަރު ދަނީ ފޯރަމުންނެވެ.

ޑިއުޓީ ބަހައިގެން މާލޭގެ މަގުތަކުގައި އެއްގަމު އުޅަނދު ދުއްވަމުން އަންނައިރު، އާއްމުންނަށް އޭގެ ސަބަބުން ލިބޭ ފަސޭހައަށް ވުރެ ތުރާ ބޮޑެވެ. ކައްކާ ގޭހާއި ފެން ފަސޭހައިން ލިބޭނެ އިންތިޒާމެއް ނެތުމުންނެވެ. މިހާރު އަމަލު ކުރަމުން އަންނަ އުސޫލުގެ ދަށުން ކައްކާ ގޭސް ގޭގެއަށް ޑެލިވަރ ކުރަން ވެސް ވަނީ ވަކި ގަޑިތަކެއް ކަނޑައަޅާފައެވެ. އޭގެ ސަބަބުން ޑެލިވަރީ ނުކުރާ ގަޑިއެއްގައި ކައްކާ ގޭސް ހުސްވެއްޖެނަމަ ގޭސް ފުޅިއެއް އަންނާނެ ގަޑިއަކަށް ނުނިދާ ތިބެން މަޖުބޫރުވާނެއެވެ.

އުސޫލާ އެއް ގޮތަށް އަމަލުކުރަން ވިޔަފާރިވެރިންނާއި ޕިކަޕް ޑްރައިވަރުން ނުނިދާ ތިބެން ޖެހުމަކީ ވެސް ކުޑަކަމެއް ނޫނެވެ. ދުވާލުގެ ވަގުތު މަސައްކަތު އުޅުމަށްފަހު އަރާމުކޮށްލާ، އާއިލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ލިބޭ ވަގުތު މަސައްކަތުގައި ހޭދަ ކުރަން ޖެހުމަކީ އެންމެ ރަނގަޅު ނިންމުންތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލުން ރަނގަޅެވެ. ކުލި ދައްކައިގެން މާލޭގައި ދިރިއުޅެމުން އަންނައިރު ފިރިމީހާގެ އިތުރުން އަނބިމީހާއަށް ވެސް އާއްމުދަނީ ހޯދުމަށް މަސައްކަތް ކުރަން މަޖުބޫރުވެއެވެ. ނޫންނަމަ އަނގަޔާއި އަތާއި ދިމާވާނީ މަދު އާއިލާއަކަށެވެ. ފިރިހެން މީހާ ދަންވަރަށް ހޭލާހުރެ ހެނދުނު 6 ގެ ފަހުން މަސައްކަތް ނިންމާލާ ގެއަށް އަންނައިރު އަނެއްކޮޅުން އަންހެން މީހާ ޑިއުޓީއަށް ދާ ގަޑިޖެހޭނެއެވެ. އޭގެ ސަބަބުން ދަރިންގެ އިތުރުން އަނބިމީހާ އާ ފިރިމީހާއަށް ވެސް އަމިއްލަ ދިރިއުޅުމަށް އެކުގައި ވަގުތެއް ނުދެވެއެވެ.

މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލު ބައެއް ފަރާތްތަކުން ސިފަ ކުރަނީ މާލޭގައި ޑިއުޓީ ބަހައިގެން ވެހިކަލު ދުއްވުމުގެ ގަވާއިދެއްގެ ގޮތުގައެވެ. "ނުރަސްމީކޮށް މިބުނެވެނީ ސައިކަލާ ކާރާ ކުދި ވެހިކަލުތައް ދުއްވަންވީ ހެނދުނު ހަޔަކުން ރޭގަނޑު ހަޔަކަށޭ. އޭގެފަހުން ދުއްވާނީ މުދާ އުފުލާ ބޮޑެތި ވެހިކަލޭ. ކޮންމެހެން ބޭނުން ނޫނިއްޔާ އިރު އޮއްސުމުން ދެން ވެހިކަލުތައް ނުނިކުންނާށޭ. ނިކުމެއްޖެއްޔާ ޓްރެފިކުގަ ޖެހޭނޭ،" މާލޭގައި ޓެކްސީ ކުރާ މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ. މާލޭގައި ބޭނުން ކުރާ ވެހިކަލުތައް ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުންދާ އިރު އެ މީހާ ބުނި ގޮތުގައި މުދާ އުފުލާ ގަޑިޮތަކަށް ގެނައި ބަދަލަކީ ދާއިމީ ހައްލެއް ނޫނެނެވެ.

މާލޭގެ ތޮއް ޖެހުމަށް ރައްޔިތުން ބޭނުންވަނީ ދާއިމީ ހައްލެކެވެ. މިހާރު އަމަލުކުރަމުން އަންނަ "ވަގުތީ ހައްލު" ގެ ބަދަލުގައި ދުރާލާ ރާވައި ރަނގަޅު ޕްލޭންއަކާއެކު ގެނެވޭ ހައްލެކެވެ. އޭގެ ސަބަބުން މާލޭގެ މަގުތަކުން އިރުއޮއްސި ހަޔަކަށް ފަހު އިވޭ ބަރުގޮނުގެ އަޑު ކަނޑުވާލެވޭނެ ފަދަ ދާއިމީ ހައްލެކެވެ. އެހައްލަކަށް ގުދުރަތުން އިންސާނާއަށް އަރާމުކުރުމަށް ލައްވާފައިވާ ރޭގަނޑުގައި އަވަދިނެތި މަސައްކަތުގައި އުޅެ ގުރުބާނީތައް ވެގެން ގެންނަ ހައްލެއް ނޫނެވެ.
ގުޅުންހުރި
ތާރު އެޅުމަށް ބޭނުންވާ ސާމާނު ހުޅުމީދޫއަށް ގެންގޮސްފި
1 މެއި 2018
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މަގުތައް ހަދައި ނިންމައިފި
30 އޭޕްރީލް 2018
ބޮޑުތަކުރުފާނު މަގުގެ ބައެއްގައި ވެހިކަލް ޕާކުކުރުން މަނާކޮށްފި
15 އޭޕްރީލް 2018
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރަނީ ގަވާއިދާ ހިލާފަށް!
10 އޭޕްރީލް 2018
ހިޔާލު

ބީތާ
މިވެސް ދެން ޚިޔާލުތަ ؟ ކަމެއްގެ ހައްލު އަބަދުވެސް ކޮންމެވެސް ބަޔަކަށް ތުރާވާނެ. ދުވާލު މަސައްކަތް ނުކޮށް އާއިލާއާއި އެކު ހޭދަކޮށްފަ އިރު އޮއްސުނީމަ ނިކުމެވެސް ރަނގަޅު އާމްދަނީ އެއް ލިބޭނެ. އަނެއްކާ 1 ޖަހަން ވާއިރަށް ނިންމާލެވޭނެ. ދެން ކޮބާ މައްސަލައަކީ. ކޮބާ 24 ގަޑި އިރު ޑިޔުޓީ ކުރާ ތަންތަނުގައި އުޅޭ މީހުންގެ ވާހަކަ. އެމީހުންވެސް އިރު އޮއްސޭ އިރަށް ގެއަށް ވައްދަން ވާހަކަ ދައްކަން ވީނު. އެމީހުންގެ އަބިން ދަރިން ނެތީތަ ؟
އަލީ
ޓްރެފިކް ހައްލަކީ އެރަށެއްގަ ރެޖިސްޓްރީ ކޮށްފައިވާ އުޅްދެއް އެށަށެއްގަދުއްވުންން
މާ އިނގޭ
ކަލޭމެނަށް ރަނގަޅު އެއްގޮތްވެސް ނޯންނާނެ!!!

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]