Annaaru: Sih'hee Gina Mahsalathakehge Hallu
vfp.mv
VFPBAAZAARU
HM
HM
އަންނާރު: ސިއްހީ ގިނަ މައްސަލަތަކެއްގެ ހައްލު
inage
އަންނާރު--
  ފޭޑި | ސިއްހަތު | 7 އޭޕްރީލް 2018 | 0 ކޮމެންޓް
އަންނާރަކީ ހަށިގަނޑަށް ފައިދާހުރި މޭވާއެކެވެ. މިހާރު ރާއްޖޭގައި އަންނާރު ގަސް މަދުމަދުން ފެނުނުނަމަވެސް މިއީ ކުރިން ރަށްރަށުގައި ވަރަށް ގިނައިން ހައްދާ އުޅުނު މޭވާގެ ބާވަތެކެވެ. Dhiraagu
ކުދިކުދި އޮށްތަކެއް އެތެރޭގައި ހުންނަ މިމޭވާއަކީ ވިޓަމިން ތަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. އެގޮތުން އަންނާރުގައި ހިމެނޭ ފާހަގަކޮށްލެވޭ ވިޓަމިންގެ ބާވަތްތަކުގެ ތެރޭގައި، ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ އަދި ފޮލިކް އެސިޑް ހިމެނެއެވެ.

އަންނާރުން ލިބޭ ބައެއް ސިއްހީ ފަރުވާ

• ކެންސަރުން ރައްކާތެރިވުން

އަންނާރުގައި އެންޓި އޮކްސިޑެންޓް ފްލޭވޮނޮއިޑް އެކުލެވެއެވެ. އޭގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުން ކުޑަކޮށްދެއެވެ. އުރަމަތީގެ ކެންސަރާއި ފުއްޕާމޭގެ ކެންސަރު ފަދަ ބަލިތަކުން އަންނާރު ބޭނުންކުރާ ނަމަ ދުރުކޮށްދެއެވެ.

• ލޭމަދުވުން

ދަގަނޑުގެ ބާވަތް އަންނާރުގައި އެކުލެވޭތީ ލޭމަދުވުމުން ދިމާވާ މައްސަލަތައް ކަމަށްވާ ބޯއެނބުރުމާއި ވަރުބަލިވުން ފަދަ މައްސަލަތަކަށް ލުއި އެއް ލިބިދެއެވެ.

• ހިތުގެ ބަލިތައް

ހާޓް އެޓޭކާއި ސްޓްރޯކް ފަދަ ނުރައްކާތެރި ބަލިތަކުން އަންނާރު ބޭނުންކުރާ ނަމަ ދުރުކޮށްދެއެވެ. ބޭރުގެ ބައެއް ދިރާސާތަކުން ދައްކާގޮތުގައި ކޮންމެ ދުވަހަކު އަންނާރު ޖޫސް ބޭނުން ކުރުމަކީ ހަށިގަނޑުގައި ލޭދައުރުވުން ރަނގަޅު ކުރުމަށް އެހީވާ ކަމެކެވެ. ސަބަބަކީ އޭގައި އެކުލެވޭ އެންޓި އޮކްސިޑެންޓްތަކުގެ ސަބަބުން ލޭހޮޅިތަކުގައި ސަރުބީ ތަތްވުން ހުއްޓުވައި ލޭހޮޅިތައް ބެދުނަނުދީ ހިފަހައްޓައިދެއެވެ.

މީގެއިތުރުން ވެސް އަންނާރާއި އޭގެ ޖޫސްބޭނުން ކުރުމުން ދުވަސް ނުފުރާ ވިހެއުމުގެ ފުރުސަތު ކުޑަކޮށްދީ ތުއްތު ދަރިފުޅުގެ ބަރުދަން ލުއިވިޔަ ނުދީ ހިފަހައްޓައިދެއެވެ. އަދި ވައިރަސްތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ފޯރުކޮށްދީ އަރިދަފުސް ރޯގާޖެހުން ކުޑަކޮށް ދެއެވެ.
ގުޅުންހުރި
ކުދީނާ ފަތުން ލިބޭ ސިއްހީ ބައެއް ފައިދާތައް
3 މެއި 2018
ކިވީ: ކެއުމުގައި ކޮންމެހެންވެސް ހިމަނަންވީ މޭވާއެއް!
1 މެއި 2018
އެމެރިކާގެ ކުރީގެ ރައީސް ބުޝްއަށް އައި.ސީ.ޔޫގައި ފަރުވާދޭން ފަށައިފި
24 އޭޕްރީލް 2018
ބީއެމްއެލް ވައު ކިޑްސް ދުވުން މި އަހަރު ޗެރިޓީ ރަން އަކަށް
22 އޭޕްރީލް 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]