Mudhaa ufulaa gadithakah genai badhalu dhifaaukurumah usooluthah efuhmifhushah jahanee
vfp.mv
VFPBAAZAARU
HM
HM
މުދާ އުފުލާ ގަޑިތަކަށް ގެނައި ބަދަލު ދިފާއުކުރުމަށް އުސޫލުތައް އެފުށް މިފުށަށް ޖަހަނީ
inage
މާލެ--
  ރިޕޯޓް | އިޖުތިމާއީ | 2 އޭޕްރީލް 2018 | 0 ކޮމެންޓް
މާލޭގައި މުދާ އުފުލާ ގަޑިތަކަށް މިމަހުން ފެށިގެން ވަނީ ބަދަލުތަކެއް ގެނެސްފައެވެ. އެއާއެކު ފާޑުކިޔުންތައް އަމާޒުވިއެވެ. އެއާއެކު ފެނިގެން މިދަނީ މުދާ އުފުލާ ގަޑިތަކަށް ސަރުކާރުން ގެނައި ބަދަލު ދިފާއުކުރުމަށް އުސޫލުތައް އެފުށްމިފުށަށް ޖަހާތަނެވެ. dhi2
މާލޭގެ އަމާންކަން ދެމެހެއްޓުމަށްކަމަށް ބުނެ ކުރިން ވަކި ގަޑިތަކެއްގައި ބަންދުކުރި ހިދުމަތްދޭ ތަންތަން މިހާރުވަނީ އަލުން އަނެއްކާ ވެސް ދަންވަރު ހުޅުވާފައި ބަހައްޓާނެކަމުގެ ވާހަކަ ދައްކަން ފަށާފައެވެ. އެންމެފަހުން މިވަނީ ޕެޓްރޯލް ޝެޑްތަކާއި ކެފޭ ރެސްޓޯރަންޓްތައް ރޭގަނޑު ހުޅުވާފައި ބެހެއްޓޭ ވަގުތު އިކޮނޮމިކް މިނިސްޓްރީން ވަނީ އިތުރުކޮށްފައެވެ.

"އެއްވެސް ޕްލޭނެއް ނެތި ކަންކަން ކުރާތީ ވާގޮތްމީ. މުދާ އުފުލުން ރޭގަނޑަށް ބަދަލު ކުރާފަހުން މި ވިސްނެނީ 10 ޖަހާއިރު ފިހާރަތައް ބަންދުކުރާކަން. ދެން ތެޅިގަނެފައި 24 ގަޑިއިރަށް ފިހާރަތައް ހުޅުވާގޮތަށް މިހެދީ. ކުށްމަދުކުރާށޭ ކިޔާފަ 10 ޖަހާއިރު ބަންދު ކުރަން ފެށި ވިޔަފާރިތައް 24 ގަޑިއިރަށް ހުޅުވީމަ މިޖެހުނީ ކޮންތާކު؟" ނަން ހާމަކުރަން ބޭނުންނުވާ މީހަކު ބުންޏެވެ.

މާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅުމަށް ދަތިވަމުންދާތީއާއި، ސްކޫލްތަކަށް ކުދިން ގެންގޮސް ގެނައުމާއި، އާއްމު ރައްޔިތުން މަގުތައް ބޭނުން ކުރުމުގައި ދަތިވަމުންދާތީ ކަމަށް ބުނެ ފިހާރަތަކާއި އާއްމު ތަންތަނަށް ލޮރީ، ޕިކަޕް، ވޭން ފަދަ އެއްގަމު އުޅަނދު ބޭނުންކޮށްގެން މުދާ އުފުލުމުގައި ގަޑިތަކެއް ކަނޑައެޅީ ކަމަށް ސަރުކާރުން ބުނެއެވެ. ސަރުކާރުން ބުނި ގޮތުގައި މުދާ އުފުލުމުގެ ގަޑިތަކަށް ބަދަލު ގެނައީ ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާކުރުމަށްފަހުއެވެ.

މާލެ ތެރެއަށް ވިއްކުމަށާއި ގުދަން ކުރުމަށް ގަނޑުކޮށް އުފުއްލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، ޢިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި އެނޫންވެސް މިފަދަ އެންމެހާ ތަކެތި އެއްތަނުން އަނެއްތަނަށް އުފުއްލައްވާނީ 18:00 އިން ފެށިގެން ހެނދުނު 06:00 އާއި ދެމެދުގައި ކަމަށް ވަނީ ކަނޑައަޅާފައެވެ. ޑެލިވަރީގެ ގޮތުގައި އުފުލާ ކައްކާ ގޭސް އުފުއްލަންވާނީ ހެނދުނު 08:30 އިން ފެށިގެން 11:00 އަށް އަދި 18:00 އިން ފެށިގެން ހެނދުނު 06:00 އާއި ދެމެދު ކަމަށް ވަނީ ކަނޑައަޅާފައެވެ.

އުސޫލަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.

ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް މިހާރު ފެނިގެން މިދަނީ އުސޫލުތައް އެފުށް މިފުށަށް ޖަހާތަނެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހާއްސަ ހުއްދައެއްގެ ދަށުން ކެފޭ ރެސްޓޯރަންޓްތައް 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމުގެ ހުއްދަ ދިނެވެ. އަދި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އެ އުސޫލު ބާތިލްކޮށް ފިހާރަތައް ރޭގަނޑު 11:00 އަށް އަދި ކެފޭ ރެސްޓޯރަންޓްތައް 12:00 އަށް ބަންދުކުރަން ޖެހޭ ގޮތަށް ހަމަޖެއްސިއެވެ.

ނަމަވެސް ރޭގައި ޓީވީއެމްގައި ވާހަކަ ދައްކަވަމުން އިކޮނޮމިކް މިނިސްޓަރުގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ ފިހާރަތަކާއި ކެފޭ ރެސްޓޯރަންޓްތައް ހުޅުވާ ހިދުމަތް ދެވޭ ގަޑިތައް 24 ގަޑިއިރަށް ބަދަލުކުރަން ނިންމާ އެކަމަށް ހާއްސަ އުސޫލެއް އެކުލަވާލަމުން ގެންދާ ކަމަށެވެ.

ފިހާރަތައް ރޭގަނޑު 10:00 އަށް ބަންދުކުރަން ޖެހޭ ގޮތަށް ކަނޑައެޅީ މިހާރުގެ ސަރުކާރުންނެވެ. އޭރު ގަޑިއަށް ބަދަލު ގެނައީ މާލޭގައި މާރާމާރީތައް އިތުރުވެގެން ދިއުމުންނެވެ. ކުށްކުރުން މަދުކުރުމަށް ކަމަށް ބުނެއެވެ.

ނަމަވެސް މިހާރު މި ފެނިގެންދަނީ އުސޫލުތައް އެފުށް މިފުށަށް ޖަހާލައިގެން މުދާ އުފުލާ ގަޑިތައް ހަމަޖެއްސި ގަވާއިދަކީ ރަނގަޅު ގަވާއިދެއްކަމަށް ދެއްކުމަށް މަސައްކަތް ކުރާ ތަނެވެ. ހަގީގީ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާ ތަނެއް ނުފެނެވެ. ފެންނަނީ ސަރުކާރުގެ މުނަރަކަން ދައްކަމުންދާ އުސޫލުން މުދާ އުފުލާ ގަޑިތައް ވެސް އެގޮތުގައި ބޭއްވޭތޯ މަސައްކަތް ކުރަމުންދާ މަންޒަރެވެ.
ގުޅުންހުރި
މާލޭގެ މަގުތަކުގަ ޓްރެފިކް ކޯންތަކެއް ހަރުކުރަން ފަށައިފި
27 ޖޫން 2018
ކުދި ޕިކަޕްތަކުގައި ދުވާލު މުދާ އުފުލުމަށް ހުއްދަ ދީފި
26 ޖޫން 2018
އިންތިހާބާއި ދިމާކޮށް ޓްރެފިކް ޖޫރިމަނާ މައާފްކޮށްދެނީ
26 ޖޫން 2018
އެއްލަކިން ރައްޔިތުމީހާ އަނދަވަޅަށް؟
1 ޖޫން 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]