27 Bimeh Vihkaalanee
vfp.mv
VFPBAAZAARU
HM
HM
27 ބިމެއް ވިއްކާލަނީ
inage
  ހަބަރު | | 31 މާޗް 2018 | 1 ކޮމެންޓް
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލުގެ ދަށުން، ތިންވަނަ ފިޔަވަހީގައި ހިމެނޭ 27 ބިމެއް ވިއްކަން ހުޅުވާލައިފިއެވެ. kobadoctor
ބިންތައް ގަތުމަށް ޝައުގުވެރިވާ އެބިންތައް ހިމެނޭ ގޯތިތަކުގެ ބެހެނިވެރިންނަށާއި އެ ބިންތަކާއި އިންވެގެންވާ ގޯތިތަކުގެ ވެރިންނަށް އެފުރުސަތު ހައުސިން މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

އޭގެ ތެރޭގައި ހިމެނެނީ މާފަންނުގެ 15 ބިމާއި މައްޗަންގޯޅި ގެ ދެ ބިމާއި ގަލޮޅުގެ ފަސް ބިމާއި ހެންވޭރުގެ ފަސް ބިމެކެވެ. އެ ބިންތަކާއި ބިންތަކުގެ ބޮޑުމިން އެނގޭނެ ލިސްޓް އާންމުކޮށްފައިވާއިރު އަކަފޫޓެއް ވިއްކުމަށް ނިންމާފައިވަނީ 2000 ރުފިޔާއަށެވެ.

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލުގެ ދަށުން، ހައުސިން މިނިސްޓްރީން ވަނީ ފުރަތަމަ ފިޔަވަހީގެ ދަށުން 37 ބިން އަދި ދެވަނަ ފިޔަވަހީގެ ދަށުން 66 ބިން ވިއްކަން އިއުލާނުކޮށްފައެވެ.

ތިން ވަނަ ފިޔަވަހީގެ ދަށުން އިއުލާނުކުރި ބިންތައް ގަތުމަށް އެދި ހުށަހެޅުމުގެ ފުރުސަތު ވަނީ އެޕްރީލް މަހުގެ 19 ވަނަ ދުވަހުގެ 14:00 އާ ހަމައަށް ހުޅުވާލާފައެވެ.
ގުޅުންހުރި
ބިން ވިއްކުމުގައި ބިމުގެ ބެހެނިވެރިންނަށް އިސްކަން ދެނީ
15 ޖުލައި 2018
66 ބިމުގެ ތެރެއިން 65 ބިން ގަތުމަށް ވަނީ ހުށަހަޅާފައި، ފޯމްތައްދަނީ ޗެކްކުރަމުން
27 މާޗް 2018
ބިން ގަންނަ ފަރާތްތަކަށް ލިއުން ހުށަހަޅަން ފުރުސަތު ދީފި
2 މާޗް 2017
ފްލެޓް ލިބުނު މީހުންނަށް ފަސޭހަ ގޮތެއް ހަމަޖެއްސުމަށް މައުމޫނު އެދިވަޑައިގެންފި
5 ފެބްރުއަރީ 2017
ހިޔާލު

ޝަރީފް
ތީ ބާތީލު އީއުލާނެއް.. ބީން ބަޔަކު ގަނެފީއްޔާ އަނބުރާ ދައުލަތައް ނަގާނެ...
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]