Shunana Bandaara naibu office ge Vakeel kamun isthiufa dhevaifi
vfp.mv
VFPBAAZAARU
HM
HM
ޝުނާނާ ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުކަމުން އިސްތިއުފާ ދެއްވައިފި
inage
ޝުނާނާ
  ހަބަރު | ސިޔާސީ | 29 މާޗް 2018 | 3 ކޮމެންޓް
ބަންޑާރަ ނައިބު އޮފީހުގެ އިސްވަކީލާ ސީނިއާ ސްޓޭޓް އެޓާނީގެ މަގާމުގައި ހުންނެވި މަރިޔަމް ޝުނާނާ، އިސްތިއުފާ ދެއްވައިފިއެވެ. dhi2
ފެބްރުއަރީ ފަސް ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން އިއުލާނު ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު ޢިއުލާނުކޮށްފައިވަނީ ޤާނޫނު އަސާސީއާއި ހިލާފަށްކަމަށް ވިދާޅުވެ ކުއްލި ހާލަތު ނިމުމަކަށް ގެނައުމަށް މީގެ ކުރިން ގޮވާލެއްވި ޝުނާނާ ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލުކަމުން އިސްތިއުފާ ދެއްވިކަން ހާމަކުރެއްވީ މީގެ ކުޑަ އިރުކޮޅެއް ކުރިން ކުރެއްވި ޓްވިޓެއްގައެވެ.
ޝުނާނާ ވިދާޅުވީ ދިހަ ވަރަކަށް އަހަރު މަސައްކަތް ކުރެެއްވި އޮފީހުން އިސްތިއުފާ ދެއްވުމަކީ ނިންމަން އުނދަގޫވި ނިންމުމެއް ކަމުގައެވެ.

ނަމަވެސް އެނިންމުން ނިންމެވީ ކޮންމެހެން އެކަން ކުރައްވަން ޖެހިވަޑައިގެން ކަމަށާއި ކުރިއަށް އޮތް ތަނުގައިވެސް ރައްޔިތުންނަށް ރަނަގަޅު ހިދުމަތެއް ކޮށްދެއްވުމުގައި ދެމިހުންނެވޭނެކަމަށް އުއްމީދު ކުރައްވާކމަށްވެސް ޝުނާނާ ވިދާޅުވިއެވެ.

ފެބްރުއަރީ 22 ވަނަ ދުވަހު ޝުނާނާވަނީ ކުއްލި ހާލަތު އުވާލުމަށް ގޮވާލާ ޓްވިޓެއް ކުރައްވާފައެވެ.

ޝުނާނާ 22 ފެބްރުއަރީގައި ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ގާނޫނު އަސާސީއާއި ހިލާފަށް އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށް ގޮވާލައްވާ ކަމުގައެވެ. ޝުނާނާވަނީ ގާނޫނު އަސާސީގެ 255 ވަނަ މާއްދާއާއި ހިލާފަށް ނުހިފެހެއްޓޭނެ ހައްގުތައް ހިފަހައްޓަން ކުއްލި ނުރައްކަލުގެ ހާލަތު ބޭނުން ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ.
ގުޅުންހުރި
ވަކީލު ޝަމީމް ޑީޖޭއޭއަށް ހާޒިރުކުރަނީ
12 ސެޕްޓެމްބަރ 2018
ރިޔާޒުގެ ހުކުމް ތަންފީޒުކޮށް ނިމިއްޖެ، އަވަހަށް ދޫކޮށްލައްވާ: ވަކީލުން
2 ސެޕްޓެމްބަރ 2018
ޝައިޚް ނަސުރުﷲގެ ވަކީލުކަމުގެ ހުއްދަ ސަސްޕެންޑްކޮށްފި
16 އޯގަސްޓު 2018
ވިޔަފާރީގެ ދާއިރާއިން ރާއްޖޭގައި ވަކީލުން ތަމްރީނު ކުރަން އެއްބަސްވެއްޖެ
7 އޯގަސްޓު 2018
ހިޔާލު

ހަލީމާ
ކޮން މަޝްވަރާއެއް ކުރާކަށް ކިތަންމެ މަޝްވަރާއެއް ކުރިއަސް ތިމީހުން ހިނގަން ތިއުޅޭ ޖަރީމާއެއް ހިންގާ ނުނިމެނީހެއް ތިގަޑިއަކަށް ބަދަލެއް ނުގެންނާނެ އެއީ ހަމަޔަގީން ކަޝަވަރުކަމެއް
ސޖްނ
ވަރަށް ހިތްވަރު ގަދަ ވަކީލެއް.
7
ވަޒީފާއާގުޅޭ މައުލޫމާތާއި ތަޖުރިބާ ނެތްކަށް ގަބޫލްކުރެވޭނަމަ
އިސްތިއުފާ ދެއްވަން ޖެހޭނެއެވެ
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]