Sarukaaraai idhikolhu amaluthah councilthakun kuraanama nizaamah loalhun araane: Home Minister
vfp.mv
VFPBAAZAARU
HM
HM
"ސަރުކާރާއި އިދިކޮޅު އަމަލުތައް ކައުންސިލްތަކުން ކުރާނަމަ ނިޒާމަށް ލޮޅުން އަރާނެ"
inage
ހޯމް މިނިސްޓަރު އަޒްލީން-- ފައިލް ފޮޓޯ
  ހަބަރު | ސިޔާސީ | 26 މާޗް 2018 | 3 ކޮމެންޓް
އެއިރެއްގައި އުފެދިފައިވާ ގާނޫނީ ސަރުކާރާއި އިދިކޮޅު އަމަލުތަކެއް ކައުންސިލްތަކުން ކުރާނަމަ ލާމަރުކަޒީ ނިޒާމަށް ލޮޅުންތަކެއް އަރާނެ ކަމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސް އަދި ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ. muni
އެލްޖީއޭގެ ފަރާތުން ކައުންސިލްތަކަށް ދޭ "ކަންގަތި" އެވޯޑު ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ ރަށްރަށުގެ ކައުންސިލްތަކަކީ ވަކި ސަރުކާރުތަކެއްގެ އިހުސާސްވާކަމުގެ ނިޝާންތައް ފެންނަން ފަށައިފިނަމަ ލާމަރުކަޒީ ނިޒާމު ހަލާކުވެގެންދާނެ ކަމަށެވެ.

ރައްޔިތުންގެ ކުރިއެރުވުމާއި ތަރައްގީއަށް ކޮންމެ ފަސް އަހަރަކުން އެއް އަހަރަކު ވެރިއަކު ހޮއްވަވާ ކަމަށާއި ރައްޔިތުންނަށް ތަރައްގީ ގެނެސްދިނުމަކީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅެއްގެ އިސްތަށިފުޅުގައި އެޅިފައިވާ ޒިންމާއެއް ކަމަށް މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ.

އެ ޒިންމާގެ ތެރެއިން ހިދުމަތް ދިނުމުގައި ކުރީ ސަފުގައި ތިބެނީ ކައުންސިލަރުން ކަމަށް މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ.

މިމަހުގެ ތެރޭގައި އެލްޖީއޭ އިން ނުވަ ކައުންސިލެއްގެ 20 އަށްވުރެ ގިނަ ކައުންސިލަރުން ސަސްޕެންޑްކޮށް އެ ކައުންސިލްތައް ރޫޅާލާނެކަމުގެ އިންޒާރު ވަނީ ދީފައެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހޯމް މިނިސްޓަރު އަޒްލީން ވިދާޅުވީ ކައުންސިލްތަކުގެ އިހްތިސާސުން ބޭރުން ކައުންސިލަރުން މަސައްކަތްކުރާ ނަމަ އެއަށް އަޅަންޖެޙޭ ފިޔަވަޅުތައް ސަރުކާރުން އަޅަމުން ގެންދާނެ ކަމަށެވެ. ކިތާބީ ހެކި ލިބުމުން ނޫނީ އެއްވެސް ކައުންސިލަކަށް ފިޔަވަޅު އަޅާފައި ނުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ގުޅުންހުރި
ސްޕްރީމް ކޯޓާ އޭޖީގެ ލަފާ ނުލިބިގެން ވަކީލުންގެ ޖަމިއްޔާ ރަޖިސްޓްރީ ނުކުރެވިފައި
1 އޯގަސްޓު 2018
ފުލުހުންގެ މެމޯރިއަލް ޑޭ ފާހަގަކޮށްފި
23 ޖުލައި 2018
ޖަލަށްލާފައި ތިބި ގިނަ އަދަދެއްގެ ގައިދީން އިންތިހާބާ ދިމާކޮށް ދޫކޮށްލަނީ
22 ޖުލައި 2018
ނޫސް މަޖައްލާގެ އެޑިޓަރުންގެ ޝަރުތުތަކަށް އިސްލާހު ގެނެސްފި
22 ޖުލައި 2018
ހިޔާލު

މަންސޫރު
އެންމެ ފުރިހަމަ މާނައިގަ ފެޑްރަލް ދައުލަތެއް ގާއިމު ނުކޮށް މިކަން ހައްލެއް ނުވާނެ. މާލޭގަ ކޮންމެ ސަރުކާރެއް އޮތަސް ނުހޮރުއްޕާނަކަށް މިވަނީ
ހަޖަމް
ކަލޭ މޮޔަނުގޮވާ އަޒުލީން، ތީ ހަމަފިތިބާރުވެފަ ހުރިމީހެއް.
އަލިމަކް
ލިޔަންކިޔަންނޭގޭ މީހުންއުޅޭވައްތަރަށް ސަރުކާރުން އުޅެންފެށުމުންވެސް ނިޒާމަށް ބުރޫއަރާ. އަދި ހަމަބުއްދި ހުންނަ މީހުން ބޮލުގައި ވެސްރިއްސާ
VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]