Call aai SMS ge mauloomaath facebook inn ehkuraakah falhaa araifi
vfp.mv
VFPBAAZAARU
MIB
MIB
ކޯލާއި އެސްއެމްއެސްގެ މައުލޫމާތު ފޭސްބުކުން އެއްކުރާކަން ފަޅާ އަރައިފި
inage
  ޓެކްނޮލޮޖީ | | 26 މާޗް 2018 | 0 ކޮމެންޓް
ފޭސްބުކް އިންސްޓޯލްކޮށްފައިވާ އެންޑްރޮއިޑް ޑިވައިސްތަކުގައިވާ ކޯލް ރެކޯޑްސް އާޢި އެސްއެމްއެސް ޑޭޓާ ގެ މައުލޫމާތު ފޭސްބުކުން އެއްކުރާކަށް ފަޅާ އަރައިފިއެވެ. Dhiraagu
ޓެކްނޮލޮޖީގެ ހަބަރުތައް ގެނެސްދޭ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުން އެންޑްރޮއިޑް ޑިވައިސްތަކުގައިވާ ކޯލް ރެކޯޑްސް އާއި އެސްއެމްއެސް ޑޭޓާގެ މައުލޫމާތު ފޭސްބުކުން އެއްކުރާތާ އަހަރުތަކެއް ވަނީވެފައެވެ.

ފޭސްބުކްގައިވާ "ޑައުންލޯޑަބަލް ފޭސްބުކް ޑޭޓާ ފައިލް" ގައި ފޯނުގެ ކޯލް ހިސްޓްރީގެ މައުލޫމާތު ހިމެެނިފައިވާ ކަން ފާހަގަކުރެވިފައިވާ ކަމަށް ބައެއް އާންމުންވެސް ވަނީ ބުނެފައެވެ.

އައިއޯއެސް ޑިވައިސްތަކުން އެ މައްސަލަ ފާހަގަކުރެވިފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ފޭސްބުކްގެ އިތުރު މައްސަލައެއް ފެންމަތިވެފައިވާއިރު، ފޭސްބުކުން އެތައް މިލިއަން ބައެއްގެ ޑޭޓާ ބޭނުންކޮށްގެން އިނގިރޭސި ވިލާތުގެ ޕޮލިޓިކަލް ކޮންޒަލްޓިން އަމިއްލަ ކުންފުންޏެއް ކަމަށްވާ ކެމްބްރިޖް އެނަލިޓިކާ އިން ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކެމްޕޭނަށް އެހީވިކަމުގެ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.

ފޭސްބުކް ބޭނުން ކުރި އެތައް މިލިއަން ބައެއްގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރި މައްސަލައެއް ފެންމަތިވެ، އެތައް ބައެއްގެ ނުރުހުން އަމާޒުވެފައި ވަނިކޮށް، ގޯސް ހެދިފައިވާ ކަމަށް ފޭސްބުކުން ވަނީ އެއްބަސްވެފައެވެ. ފޭސްބުކްގެ ވެރިޔާ މާކް ޒުކަބާގް ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކަސްޓަމަރުންގެ އިތުބާރު ގެއްލޭ ގޮތަށް އެ ކުންފުންޏަށް ބައެއް ކަންކަން ކުރެވިފައިވާ ކަމަށެވެ.
ގުޅުންހުރި
ފޭސްބުކުން ޑޭޓިންގް ހިދުމަތް ދެނީ
2 މެއި 2018
ފޭސްބުކް ޕޭޖްތައް ހިންގާ މީހުން ވެރިފައި ކުރުމުގެ މަސައްކަތް ކުރަނީ
7 އޭޕްރީލް 2018
ކުޑަކުދިންނަށް ޖިންސީ ފުރައްސާރަކުރި ޕޭޖް ފުލުހުން އެދިގެން ޑިލީޓްކޮށްފި
28 ޖެނުއަރީ 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]