Editorun ge sharuthuge mahsala Court ah husha'helhumah Media Council in fonuvaifi
vfp.mv
VFPBAAZAARU
MIB
MIB
އެޑިޓަރުންގެ ޝަރުތުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މީޑިއާ ކައުންސިލުން ފޮނުވައިފި
inage
ބައެއް ނޫސްތަކުގެ އެޑިޓަރުންނާއި އެކު މީޑިއާ ކައުންސިލުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ
  ހަބަރު | ސިޔާސީ | 17 މާޗް 2018 | 1 ކޮމެންޓް
ހޯމް މިނިސްޓްރީން އަލަށް އެކުލަވައިލި ނޫސްމަޖައްލާ އާއި މިނޫންވެސް މިފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤަވާޢިގައި ކަނަޑައަޅާފައިވާ ނޫސްތަކުގެ އެޑިޓަރުންގެ ޝަރުތުގެ ބަދަލު ކުރުމަށް ކޯޓަށް މައްސަލަ ހުށައަޅައި ދިނުމަށްއެދި މޯލްޑިވްސް މީޑިއާ ކައުންސިލުން ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވައިފިއެވެ. Dhiraagu
އެނގިފައިވާ ގޮތުހައި އެ މައްސަލަ ކޯޓަށް ހުށައަޅައި ދިނުމަށް އެދި މީޑިއާ ކައުންސިލުން ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

އަލަށް އެކުލަވައިލި ގަވާއިދުގައި ބުނެފައިވާގޮތުން ނޫސްމަޖައްލާތަކުގެ އެޑިޓަރުގެ ޝަރުޠެއްގެ ގޮތުގައި ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުންހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު މިނިސްޓްރީގައި ރަޖިސްޓްރީކޮށްގެން ޝާއިޢުކުރާ ނޫހެއްގައި 5 (ފަހެއް) އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެއެވެ.

މި ޤަވާއިދުގެ ދަށަށް މިހާރު ހިންގަމުން ގެންދާ ނޫސް މަޖައްލާތައް ފައްތާ އަލަށް އެކުލަވާލި ޤަވާއިދާއި އެއްގޮތަށް ނޫސްތަކުގެ އެޑިޓަރުން ބަދަލުކުރުމަށް މިދިޔަ ފެބުރުއަރީ 15 ވަނަ ދުވަހު ހޯމް މިނިސްޓްރީންވަނީ އިއުލާނުކޮށް އަންގާފައެވެ.

އެޑިޓަރުން ބަދަލު ކުރުމަށް މިނިސްޓްރީން ދީފައިވަނީ 18 ފެބްރުވަރީ 2018 ވަނަ ދުވަހުން ފެށިގެން 1 މަސްދުވަހުގެ މުއްދަތެކެވެ. މާދަމާއަކީ އެ މުއްދަތު ހަމަވާ ދުވަހެވެ.
ގުޅުންހުރި
ލައިވް އިވެންޓްތައް ހުއްޓާލަން އެންގޭނެ އުސޫލެއް ހަދައިފި
33 މިނެޓު ކުރިން
އަބުރުގެ ގާނޫނު އުވާލާ، ނޫސްވެރިކަމުގެ މިނިވަންކަން ދޭނަން: އިބޫ
15 ސެޕްޓެމްބަރ 2018
ނޫސްވެރިކަމުގެ އިނާމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
11 ސެޕްޓެމްބަރ 2018
ސަން މީޑިއާ ގުރޫޕު ހުއްޓާލަން ނިންމައިފި
5 ސެޕްޓެމްބަރ 2018
ހިޔާލު

އަލިމްސް
ބަލަގަ ތިޔަ ބަންޑާރަނައިބުއޭ ތި ގޮތަށް އޯކޭދިނީ

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]