5 meehakah aniyaave, hospital akah gengosfi
vfp.mv
VFPBAAZAARU
HM
HM
ފަސް މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފި
inage
ފަސް މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފި
  ހަބަރު | ސިޔާސީ | 14 މާޗް 2018 | 0 ކޮމެންޓް
އިދިކޮޅު ޕާޓީތަކުން މިރޭ ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ފަސް މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފިއެވެ. dhi2
ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މުޅިންވެސް އަންހެނުންނެވެ. އެންމެންވެސް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ދިވެހި ރެޑްކްރެސެންޓްގެ އެހީތެރިކަމާއި އެކުގައެވެ.

އެއްވުމުގެ ބައިވެރިންގެ ތެރެއިން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ފުލުހުން ޕެޕަސްޕަރޭ ޖެހުމުގެ ސަބަބުން އަނިޔާވި ބައެއް މީހުންނެވެ. އޭގެ ތެރެއިން ދެ މީހަކު އެމްބިއުލާންސަށް އެރުވި އިރުވެސްވަނީ ހޭނެތިފައެވެ.

މިރޭގެ އެއްވުމުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކީ މާލޭ ސިޓީ ކައުންސިލްގެ މެމްބަރަކާއި ބައެއް އާއްމު ރައްޔިތުންވެސްވަނީ ހައްޔަރުކޮށްފައެވެ.

މިރޭ ފުލުހެއް ގަޔަށް ކަޅުތެޔޮޖެހި މީހަކުވެސް ހައްޔަރުކޮށްފައިވާކަމަށް ފުލުހުންވަނީ ބުނެފައެވެ.
ގުޅުންހުރި
އިދިކޮޅު ފަރާތްތަކުން އަނެއްކާވެސް ބޮޑު މުޒާހަރާއަކަށް ނިކުންނަނީ
30 މާޗް 2018
މިރޭގެ މުޒާހަރާއިން ނައީމާއްތަ އާއި އިތުރު ބަޔަކު ހައްޔަރުކޮށްފި
22 މާޗް 2018
މުޒާހަރާތަކާ ގުޅިގެން ބަންދުގައި ތިބީ 9 މީހުން: ފުލުހުން
20 މާޗް 2018
ރޭގެ މުޒާހަރާއިން ހައްޔަރުކުރި އެންމެން ދޫކޮށްލައިފި
18 މާޗް 2018
ހިޔާލު

VFP

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]