Gasim ge aburah araakamah bune JP in Broadcom ah
vfp.mv
MIB
MIB
ގާސިމްގެ އަބުރަށް އަރާ ކަމަށް ބުނެ ޖޭޕީން ބްރޯޑްކޮމް އަށް
inage
ގާސިމްގެ އަބުރަށް އަރާ ކަމަށް ބުނެ ޖޭޕީން ބްރޯޑްކޮމް އަށް
  ހަބަރު | ސިޔާސީ | 14 މާޗް 2018 | 1 ކޮމެންޓް
ޗެނަލް 13 އިން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އަބުރަށް ހުތުރުވާގޮތަށް ޕްރޮގްރާމްތައް ގެނެސްދޭކަމަށް ބުނެ ޖުމްހޫރީ ޕާޓީން ބްރޯޑްކާސްޓިންގ ކޮމިޝަނަށް މައްސަލައެއް ހުށައަޅައިފިއެވެ. jausa
ޖުމްހޫރީ ޕާޓީން އެކޮމިޝަނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ގާސިމް އިބްރާހީމްގެ އަބުރަށް ހުތުރުވާ ގޮތަށް ހަގީގަތާ ޚިލާފް ޕްރޮގްރާމްތައް ޗެނަލް 13 އިން ދައްކަމުން ގެންދާ ކަމުގައެވެ. ނަމަވެސް އެކަމާ މެދު ބްރޯޑްކާސްޓިން ކޮމިޝަނުން ފިޔަވަޅު ނާޅާކަން އެސިޓީގައިވަނީ ފާހަގަ ކޮށްފައެވެ.

ޗެނަލް 13 އިން ގާސިމްގެ އަބުރަށް ހުތުރުވާގޮތަށް ޕްރޮގްރާމްތައް ގެނެސްދިން ނަމަވެސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކަމާއި މެދު ފިޔަވަޅު ނާޅާތީ ހިތާމަކުރާކަމަށް ޖުމްހޫރީ ޕާޓީން އެކޮމިޝަނަށް ފޮނުވި ސިޓީގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ގާސިމްގެ އަނދިރި ފަރާތްގެ ނަމުގައި ޕްރޮގްރާމެއް ދައްކާނެ ކަމަށް ޗެނަލު 13 އިން އިސްތިހާރު ކުރަމުންދާ ކަމަށް ޖޭޕީގެ ސިޓީގައި ބުނެފައި ވެއެވެ. ބްރޯޑްކޮމްއަށް ޖޭޕީން އިއްޔެ ސިޓީ ފޮނުވާފައި ވަނިކޮށް މިރޭ ޗެނަލް 13 އިންވަނީ އެ ޕްރޮގްރާމް ދައްކާފައެވެ.

އެފަދަ ޕްރޮގްރާމްތައް ދެއްކުމަކީ ބްރޯޑްކާސްޓް ކުރުމުގެ އާންމު މިންގަނޑުތަކާ ޚިލާފް ކަމެއްކަމަށް ބުނެ އެ މައްސަލަ ބަލައި ދިނުމަށް ޖޭޕީން ފޮނުވި ސިޓީގައިވަނީ އެދިފައެވެ.

ގުޅުންހުރި
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ފައިސާ ދޫކުރަން ނިންމައިފި
23 އޭޕްރީލް 2018
ރިޔާޒަށް ދަނީ ލާއިންސާނީ އަނިޔާ ދެމުން: ޖޭޕީ
16 އޭޕްރީލް 2018
ސަނާ ގާސިމް އިދިކޮޅު އިހްތިޖާޖްގައި، އަނިޔާއާ ދެކޮޅަށް ތެދުވުމަށް ގޮވައިލެއްވި
6 އޭޕްރީލް 2018
މިއަދު ބާއްވަން ތާވަލު ކުރި ރިޔާޒުގެ ޝަރީއަތް ކެންސަލުކޮށްފި
26 މާޗް 2018
ހިޔާލު

ޢަލިދީދީއައްޑޫސިޓީ
ޗެނެލް 13 ކުދިން ޓުވީޓަކުން މަޢާފަށް އެދެން އަންގަފާނެ ތޯއްޗެއް.
އެކަމަކުބޮޑު ޢަދަދަކުން ޖުރުމާނާ ކުރަން ހަމަހިލާ ތިޔަ ކަމިޝަނަކަށް ނުކެރޭނެ. ވަޒީފާ ގެއްލި ދާނެތީޔޯ؟ މަގޭ ފިޔަވަޅު!

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]