ACP Manaanu suspend kuevifaiva kamuge adu thakeh
vfp.mv
HM
HM
އޭސީޕީ މަންނާނު ސަސްޕެންޑް ކުރެވިފައިވާ ކަމުގެ އަޑުތަކެއް
inage
ފުލުހުންގެ ރަސްމިއްޔާތެއްގެ ތެރެއިން
  ހަބަރު | ސިޔާސީ | 13 މާޗް 2018 | 0 ކޮމެންޓް
ފުލުހުންގެ އެސިސްޓްންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް، ސަސްޕެންޑް ކުރެވިފައިވާކަމުގެ އަޑުތައް ފެތުރިއްޖެއެވެ. Dhiraagu
އޭސީޕީ ޖަމްޝީދު ފުލުހުންގެ ވަޒީފާއިން ސަސްޕެންޑް ކުރެވިފައިވާކަމުގެ އަޑުތައް ފެތުރިފައިވީ ނަމަވެސް މިކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް ނުލިބުނެއެވެ. ފުލުހުންގެ ތެރޭގައި އަޅާ އިދާރީ ފިޔަވަޅުތަކާއި ގުޅޭ މައުލޫމާތު ފުލުހުން އާއްމު ގޮތެއްގައި ހާމައެއް ނުކުރެއެވެ.

ކުރިން ކޮމިޝަނަރ ބިއުރޯގެ ވެރިޔަކަށް ހުންނެވި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާނު ޔޫސުފް މިދިޔަ އަހަރުގެ އޮންޓޯބަރު މަހުގެ ފަހުކޮޅުވަނީ އެމަޤާމުން ދުރުކޮށްފައެވެ. އަދި އޭގެ ފަހުން މަންނާނު އެހެން މަޤާމަކަށް ހަމަޖެއްސިކަން އެނގިފައެއް ނުވެއެވެ.

މަންނާނު ސަންސްޕެންޑް ކުރެވިފައިވާކަމަށް މައުލޫމާތު ލިބޭއިރު ފެބްރުއަރީ އެއް ވަނަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރާއި އެކު ސިޔާސީ މަޝްރަހު ހޫނުވެފައިވާއިރު ފުލުހުންގެ އިސް ފަންތީގެ ބޭފުޅުންނާއި އެހެނިހެން ރޭންކްތަކުގެ ބައެއް ބޭފުޅުން މަޤާމުން ވަކިކުރެވި، ބައެއް ބޭފުޅުންވަނީ ހައްޔަރުވެސް ކުރެވިފައެވެ.
ގުޅުންހުރި
ތޫނު އެއްޗަކުން ހަމަލާދީ ފުލުހަކު ޒަހަމްކޮށްލައިފި
3 ގަޑިއިރު ކުރިން
އެންމެ އަނިޔާވެރި މަރަށް އަހަރެއް: އިންސާފު ނުލިބޭ، ހުސް ޝަކުވާ
4 ގަޑިއިރު ކުރިން
ކޮންސްޓްރަކްޝަން ސައިޓަކުން ވައްކަން ކުރި ދެ މީހަކު ހޯދަނީ
22 އޭޕްރީލް 2018
ޓޮޕް މޮޑެލް މޯލްޑިވްސްއަށް ފާޑު ކިއުން "ދީން ހިމާޔަތް ކުރާ ގޮތަކީ މިއީތަ"
22 އޭޕްރީލް 2018
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]