Anti defection bill thasdheeg nukurumah TM in govalaifi
vfp.mv
MIB
MIB
އެންޓިޑިފެކްޝަން ބިލް ތަސްދީގު ނުކުރެއްވުމަށް ޓްރާންސް ޕޭރެންސީން ގޮވާލައިފި
inage
ރައީސް ޔާމީން
  ހަބަރު | ސިޔާސީ | 13 މާޗް 2018 | 0 ކޮމެންޓް
ރައްޔިތުންގެ މަޖިލީ ހުން މިއަދު ފާސްކުރި އެންޓި ޑިފެކްޝަން ޤާނޫނުގެ ބިލް ތަސްދީގު ނުކުރެއްވުމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައިފިއެވެ. jausa
ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ނެރުނު ނޫސް ބަޔާނެއްގައި ޕީޕީއެމް އެމްޑީއޭގެ މެމްބަރުން އެކަނި ތިއްބަވަިއގެން ފާސްކުރެވުނު އެންޓި ޑިފެކްޝަން ބިލްގެ ސަބަބުން ކޮރަޕްޝަނާއި ފަސާދަ ހުއްޓުވުމުގެ މަޤްސަދު ޙާސިލްކުރެވޭނެ ކަމަށް ނުދެކޭ ކަމުގައެވެ. ނަމަވެސް އެ ބިލުގެ ސަބަބުން އިތުރު އެތައް މައްސަލައެއް ނިކުންނާނެކަމަށް އެ ޖަމިއްޔާއިންވަނީ ބުނެފައެވެ.
ރޮކަޕްޝަންގެ ތުހުމަތު ރައްޔިތުންގެ މަޖިލީހަށް ކުރެވޭކަމަށާއި ގިނަ ދިވެހި ރައްޔިތުން އެގޮތަށް ދެކެވޭނެ ގޮތަކަށް މަޖިލީހާއި ދައުލަތުގެ ނިޒާމްތައް އޮތުމަކީއަބަދުވެސް ކަންބޮޑުވާ ކަމެއްކަމަށް ޓްރާންސް ޕޭރެންސީން މޯލްޑިވްސްގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮރަޕްޝަން ހުއްޓުވުމަށް މަޖިލިސް މެމްބަރަކަށް ލިބޭ އާމްދަނީއާއި މުއްސަނދިކަމާއި މާލީ މަސްލަޙަތުތައް ސާފުކޮށް ބަޔާންކުރެވޭނެ ނިޒާމެއް ޤާއިމް ކުރުމަކީ މުހިންމު ކަމެއް ކަމަށް ބަޔާންކޮށް އެޖަމިއްޔާއިން ބުނެފައިވަނީ ނުޙައްޤުން ހޯދާ މުއްސަނދިކަން ތަހުޤީޤުކޮށް ފިޔަވަޅު އެޅޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމުގައެވެ.

ނަމަވެސް މިއަދު ފާސްކުރު އެންޓި ޑިފެކްޝަން ބިލުން ކޮރަޕްޝަން ހުއްޓުމުމަށް ހައްލެއް ހޯދޭނެ ފިޔަވަޅުތަކެއް އެޅޭނެކަން ބަޔާން ނުކުރާކަމަށާއި މި ބިލަކީ ވަގުތީ ސިޔާސީ މަންފާއެއް ހޯދުމަށްޓަކައި ސިޔާސީ ފަރާތްތަކަށް ބިރުދައްކާ އެ ފަރާތްތަކުގެ ގޮނޑި ގެއްލުވާލުމުގެ ނިޔަތް އޮތް ބިލެއް ކަމަށް ދެކޭކަމަށްވެސް ޓްރާންސްޕޭރެންސީގެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން ދުސްތޫރީ ހަމަތަކާއި، އިންސާނީ ޙައްޤުތަކުގެ އުސޫލުތަކާއި ޚިލާފަށް ބިލް މަޖިލީހުން ފާސްކޮށް، ކޮރަޕްޝަން ހުއްޓުވުމުގެ ވާހަކަތައް ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށް ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލޭގޮތަށް ފަރުމާކުރެވިފައިވުން ކުށްވެރިކުރާ ކަމަށްވެސް އެބަޔާނުގައި ވަނީ ބުނެފައެވެ.

އެންޓި ޑިފެކްޝަން ބިލް ތަސްދީގު ނުކުރުމަށް ރައީސް ޔާމީނަށް ގޮވާލާފައިވާއިރު އެ ބިލް އަންބުރާ ގެންދިއުމަށް އެ ޖަމިއްޔާއިން ޕީޕީއެމްއަށްވެސް ވަނީ ގޮވާލާފައެވެ.

ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]