Dhakka vaahakayakah faruvaleh nei, verikan dhama hattan ganoonu badhalu kuraanan: PPM
vfp.mv
MIB
MIB
ފަރުވާލެއްނެތް، ވެރިކަން ދަމަހައްޓަން ޤާނޫނު ބަދަލު ކުރާނަން: ޕީޕީއެމް
inage
ޕީޕީއެމްއިން ބޭއްވި ޖަލްސާއެއްގައި އަބްދުއްރަހީމް ރައީސް ޔާމީން އަރިހުގައި:
  ހަބަރު | | 13 މާޗް 2018 | 1 ކޮމެންޓް
ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ދަމަހެއްޓުމަށް އިސްލާހު ކުރަން ޖެހޭ ނުވަތަ ބަދަލުކުރަން ޖެހޭ ކޮންމެ ގާނޫނެއް އަދި ފާސް ކުރަން ޖެހޭ ކޮންމެ ގާނޫނެއް ފާސް ކުރާނެ ކަމަށާއި އެކަމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ދައްކާނެ ވާހަކަޔަކަށް އެއްވެސް ފަރުވާލެއް ނެތްކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ. Dhiraagu
ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރާ ފަރާތްތަކާއި ދެކޮޅަށް ޕީޕީއެމް އެމްޑީއޭ މަސައްކަތް ކުރާނީ ފިސާރި ކެރިގެން ކަމުގައެވެ.

ޕީޕީއެމް އެމްޑީއޭ މަޖިލިސް މެމްބަރުންނަކީ ޤައުމަށްޓަކާ ކޮންމެ ގުރުބާނީއެއް ވުމަށްވެސް ތައްޔާރަށް ތިއްމެބި މެމްބަރުންކަމަށާއި ދައްކާ ބިރަކަށް އެ މެމްބަރުން ޖެހިލުންވެވަޑައި ނުގަންނަވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ދިފާއު ކުރަނީ ދިވެހި ޤައުމާއި ރައްޔިތުންގެ ހައްޤުގައި ކަމުގައެވެ. އަދި އެކަން ކުރަނީ އަމިއްލަ ބޭނުމެއްގައި ނޫންކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

މި ސަރުކާރު ބަލިކަށިކުރަން ފުރުސަތު ނުދޭނެ ކަމަށްވެސް އަބްދުއްރަހީމް މިއަދު ވިދާޅުވިއެވެ. އަދި ޤާނޫނީ ސަރުކާރު ވައްޓާލަން ނިކުތް މީހުނާއި ދެކޮޅަށް ޤާނޫނުއަރާ ހަމަކުރާނެކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
ގުޅުންހުރި
އެންޓި ޑިފެކްޝަން ގާނޫނު ބާތިލު ނޫން ކަމަށް ހުކުމްކޮށްފި
24 އޭޕްރީލް 2018
އެމްޑީޕީ ފިޔަވައި އެހެން ޕާޓީތަކަށް ފައިސާ ދޫކުރަން ނިންމައިފި
23 އޭޕްރީލް 2018
ޕީޕީއެމް ވައިބަ ލީކެއް: މިފަހަރު އޮތީ ރައީސް ނަޝީދަށް ކިޔާނެ ނަމެއް ކަނޑައެޅުން
18 އޭޕްރީލް 2018
"ނަޝީދުގެ މައްސަލަ: ބޭރުގެ ޕްރެޝަރަށް ދީލާލާން ޖެހޭ ސަބަބެއް ނެތް"
17 އޭޕްރީލް 2018
ހިޔާލު

ގުޅުންހުރި
މާވަޑި
ތިހިރީ ވާ ކައްޕި އެއް. ފުރުތަމަ އޮޑި މިކައްޕި އާ ހަވާލުކުރީ މައުމޫން. ދެން މި ކައްޕި ކުރިކަމަކީ އޮޑިވެރިޔާގެ އަތުން އޮޑި ވެސް ފޭރި ގަނެފަ ލީ ޖަލަޢް. ދެންކާރީގަ ތިބި ހުރިހާ ފަޅުވެރިން އޮޑިން ބޭލީ. ބާލާފަ އަދި ނިންމާލީކި ނޫން އެހުރިހާ އެންމެންވެސް ހިފާ ހައްޔަރުކޮއްފަ ލީ ހަމަ ޖަލަށް.. މިހާރު ތިތިބި ފަޅުވެރިންނަށް ވެސް ނެތް އަމާން ކަމެއް. ޥިސްނާގެން އުޅޭތި.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]