Farisai Dhekolhah Hushahelhi Audio Analysis Reportai Shafiuge Bayaan balai Nugai
vfp.mv
MIB
MIB
ފާރިސްއާ ދެކޮޅަށް ހުށަހެޅި އޯޑިއޯ އެނަލިސިސް ރިޕޯޓާ ޝާފިއުގެ ބަޔާން ބަލައި ނުގަތް
inage
ފާރިސް މައުމޫން---
  ހަބަރު | ސިޔާސީ | 13 މާޗް 2018 | 0 ކޮމެންޓް
ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ދެ ހެއްކެއް ބަލައި ނުގަންނަން ކޯޓުން ނިންމައިފިއެވެ. kobadoctor
ފާރިސްގެ މައްޗަށް ކުރާ ރިޝްވަތު ދިނުމުގެ ދައުވާއާއި ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ބަލައި ނުގަންނަން ނިންމީ ފާރިސްއާއި ދެކޮޅަށް ހުށަހެޅި އޯދިއޯ އެނަލިސިސް ރިޕޯޓާ އަހުމަދު ޝާފިއުގެ ތަހުގީގު ބަޔާނެވެ.

އޯޑިއޯ އެނަލިސިސް ރިޕޯޓު ބަލައި ނުގަތީ އެ އޯޑިއޯ ހޯދީ ގާނޫނާ އެއްގޮތަށްކަން ސާބިތުކޮށް ނުދެވުމުންނެވެ. އެ އޯޑިއޯ ހޯދީ ކޯޓު އަމުރެއްގެ ދަށުން ނޫން ކަމަށް ދައުލަތުގެ ވަކީލު ވެސް ވަނީ ވިދާޅުވެފައެވެ. އެހެން ކަމުން އޯޑިއޯގެ އެނަލިސިސް ރިޕޯޓާއި ރިޕޯޓު ތައްޔާރު ކުރި ފުލުސް މީހާގެ ބަސް ވެސް ނުހޯދަން ގާޒީ ވަނީ ނިންމަވާފައެވެ.

ޝާފިއުގެ ބަޔާން ބަލައި ނުގަންނަން ނިންމީ ހެކި ހުށަހަޅަން ދިން ފުރުސަތުގައި ޝާފިއު ޝަފަވީ ހެއްކެއްގެ ގޮތުގައި ހުށަނަޅައި ޝާފިއުގެ ބަޔާން ހުށަހެޅުމުންނެވެ.

އިއްޔެ ކޯޓުން ވަނީ ޝާފިއު ހެއްކެއްގެ ގޮތުގައި ބަލައި ނުގަންނަން ނިންމާފައެވެ. އެއީ ޝާފިއުގެ ނަން ފަހުން ހުށަހަޅާފައިވާތީއެވެ.

ޝާފިއުގެ ބަޔާން ބަލައި ނުގަންނަން ނިންމުންމުން ފާރިސްގެ ފަރާތުން ހުށަހަޅާފައިވާ 62 ހެއްކެއްގެ ހެކި ބަސް ނަގަން ބޭނުން ނުވާ ކަމަށް ދިފާއީ ވަކީލުވަނީ ވިދާޅުވެފައެވެ.

ފާރިސްގެ މައްސަލާގައި މާދަމާ ވެސް އަޑުއެހުމެއް ބާއްވަން މިހާރުވަނީ ނިންމާފައެވެ.
ގުޅުންހުރި
ފާރިސްގެ ކުށަކީ ރައީސް ޔާމީނަށްވުރެ މަގުބޫލުކަން ބޮޑުވުން: އެމްޑީޕީ
19 އޭޕްރީލް 2018
ރައީސް މައުމޫނާއި ފާރިސްއާއި ނަދީމް ބަންދު ކުރި މައްސަލަ އިސްތިއުނާފަށް
12 އޭޕްރީލް 2018
ދަރިފުޅުގެ އެދުމަކީ ހަ ވަނަ އުފަން ދުވަސް ފާހަގަ ކުރަން ފާރިސްއާއެކު ހުރުން
31 މާޗް 2018
އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާއި ފާރިސް އަދި އިލްހާމް މާފުއްޓަށް ބަދަލުކޮށްފި
22 މާޗް 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]