miadhu faaskuri 2 bill baathil kuran courtah hushahalhaifi
vfp.mv
VFPBAAZAARU
MIB
MIB
ދެ ބިލް ބާތިލް ކުރަން ސުޕްރިމް ކޯޓަށް ހުށަހަޅައިފި
inage
އަލީ ހުސައިން އާއި އިބޫ މައުލޫމާތު ދެއްވަނީ--
  ހަބަރު | ސިޔާސީ | 13 މާޗް 2018 | 0 ކޮމެންޓް
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް ފާސްކޮށްފައިވާ ބިލާއި ސުޕްރިމް ކޯޓް ދެ ފަނޑިޔާރުން މަގާމުން ވަކިކުރެވޭގޮތަށް ފާސްކޮށްފައިވާ ބިލް ބާތިލް ކުރަން އިދިކޮޅު ފާޓީތަކުން މިއަދު ސުޕްރިމްކޯޓަށް ހުށަހަޅައިފި އެވެ. kobadoctor
އިދިކޮޅު ފަރާތްތަކުން މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ މަޖިލީހުން މިއަދު ފާސްކުރި ދެ ބިލް ބާތިލްކުރަން ކޯޓަށް ހުށަހެޅީ އެ ދެ ބިލަކީ ގާނޫނު އަސާސީއާ ހިލާފަށް ފާސްކުރި ދެ ބިލަށްވާތީ ކަމަށެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވީ މާޒީގައި ހިނގާ ކަންކަމުގެ މައްޗަށް ގާނޫނު ހަދައިގެން ހިންގުމަކީ ގާނޫނު އަސާސީ ދަންނަކަމެއް ނޫން ކަމަށާއި އެހެންކަމުން މިއަދު މަޖިލީހުން ފާސްކުރި ދެ ބިލަކީ ކަނޑައެޅިގެން ގާނޫނު އަސާސީއާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ފެންނަމުންދަނީ ރައީސް ޔާމީން ގާނޫނުތަކުގެ ބޭރުން ކަންކަން ކުރަމުންގެންދާ މަންޒަރުކަމަށާއި މިއަދު މަޖިލީހުގައި ހިނގައިދިޔަ ކަންކަމަކީ ވެސް ރައީސް ޔާމީން ގާނޫނާ ހިލާފަށް ކުރާ ކަންކަމުގެ ތެރެއިން ބޮޅެއް ކަމަށެވެ.

"ބެދެމުން އެދަނީ. އެހެން ގޮތެއް ނެތް. ގާނޫނުގެ ތެރެއަށް ވަނުމަށް ހެދޭނެގޮތެއްވެސް ނެތް. މިހާރު އެކުރަނީވެސް ގާނޫނީ އިމުގެބޭރުން ކުރާ ކަންތައްތަކެއް،" އަލީ ހުސައިން ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ގުޅިފައިވާ ޕާޓީތަކުގެ ޕީޖީގެ ލީޑަރު އިބްރާޙީމް މުހައްމަދު ސޯލިހް ވިދާޅުވީ ސުޕްރިމް ކޯޓުން މީގެ ކުރިންވެސް ބިލްތައް ބާތިލްކޮށްފައިވާކަމަށާއި އެގޮތުން މަޖިލީހުގެ ބަހުސް މަރުހަލާގައި ހިނގަމުންދިޔަ ބިލެއް ވެސް ބާތިލްކޮށްފައިވާކަމަށެވެ.
ގުޅުންހުރި
"ހުކުމާއެކު 12 މެންބަރުންނަށް މަޖިލީހަށް ވަދެވޭނެ ކަމަށް އުންމީދު ކުރަން"
18 ޖުލައި 2018
މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި
16 ޖުލައި 2018
12 މެމްބަރުން އިބޫއަށް މަރުހަބާ ވިދާޅުވެއްޖެ
10 ޖުލައި 2018
ޕީއެސްއެމްގެ ބޯޑަށް މެންބަރުން އައްޔަން ކުރުމުގެ ބާރު ރައީސަށް ދޭނީ
10 ޖުލައި 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]