Miadhu Faaskuri 2 bill ves Qanoonuasaasi aai hulaaf: Qasim
vfp.mv
MIB
MIB
މިއަދު ފާސްކުރި ދެ ބިލްވެސް ޤާނޫނު އަސާސީއާއި ހިލާފު: ޤާސިމް
inage
ގާސިމް މަޖިލިސް ޖަލްސާއެއްގައި: ފައިލް ފޮޓޯ
  ހަބަރު | ސިޔާސީ | 13 މާޗް 2018 | 2 ކޮމެންޓް
މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަން ޤާނޫނުގެ ބިލާއި، ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލްވެސް ޤާނޫނު އަސާސީއާއި ހިލާފުކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. kobadoctor
ދެ ބިލު މަޖިލީހުން ފާސްކުރިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ޤާސިމް ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ އެ މަޖިލީހުން ނިންނި ދެ ނިންމުމަކީވެސް ކަނޑައެޅިގެން ޤާނޫނު އަސާސީއާއި ހިލާފު ދެ ނިންމުންކަމަށް ވުމުން ދައުލަތުން އެ ދެ ނިންމުމަށް އަމަލުކޮށްގެން ނުވާނެ ކަމުގައެވެ.
މީގެ އިތުރުން އެފަދަ މައްސަލައެއްގައި 43 މެމްބަރުން މަޖިލީހުގައި ހާޒިރުވެވަޑައިގެން ތިއްބަވާ މެނުވީ، ވޯޓަށް އަހައިގެން ނުވާނެ ނުވަތަ ނުކުރެވޭނެކަމަށް ޤާނޫނު އަސާސީގައި ބުނާކަމަށްވެސް ޤާސިމް ވިދާޅުވިއެވެ.

ޖިނާއީ ހުކުމެއް ސާބިތުވާ ހިސާބުން ފެށިގެން ފަނޑިޔާރުކަން ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ޤާނޫނަށް ހުށައެޅުނު އިސްލާހު މިއަދު ފާސްކޮށްފައިވަނީ 37 މެމްބަރުންގެ ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ސޮއިކުރެއްވި ކުރިން ސަރުކާރު ކޯލިޝަނުގައި ތިއްބެވި 12 މެމްބަރެއްގެ ގޮނޑި ގެއްލޭގެތަށް ފާސްކުރެވުނު އެންޓި ޑިފެކްޝަން ޤާނޫނުގެ ބިލް މަޖިލީހުން ފާސްކޮށްފައިވަނީ 36 މެމްބަރުންގެ ވޯޓުންނެވެ.
ގުޅުންހުރި
ސަނާ ގާސިމް އިދިކޮޅު އިހްތިޖާޖްގައި، އަނިޔާއާ ދެކޮޅަށް ތެދުވުމަށް ގޮވައިލެއްވި
6 އޭޕްރީލް 2018
"ސިޔާދަށް ވިޔަފާރި ބައްދަލުވުންތައް ކޯޓުން އެންގުމުން ވެސް ހަމަޖައްސާ ނުދޭ"
26 މާޗް 2018
ސިޔާދުއާއި ބައްދަލު ކުރުމުގެ ފުރުސަތެއް ނުދޭ: ވަކީލުން، އާއިލާ
26 މާޗް 2018
ގާސިމް ޖަލަށްލީ މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ކެންސަލު
25 މާޗް 2018
ހިޔާލު

ޢަލީ ހަމީދު
ޜާ ވިއްކުން އިސްލާމި ސަރިޔަތާ ހިލާފް! ޢެކަމަކު ވިއް ކާ
އަހަންމާބެ
ޢަލީ ޙަމީދު ހުރިނަމަ ސޭޓު އެދޭގޮތަށް މިހާރު އޮންނާނީ އަމުރެއް ނެރެފަ، މުޅިންވެސް ތިމާމެން ނޭދޭގޮތަށް ހުންނަކަންކަން އެވީ ޤާނޫނުއަސާސީއާ ޚިލާފު، ތިމާމެންހާ އެހެންމީހުންގެ އަތުގައި ބަހާނެ ފައިސާނެތަސް މިޤައުމަށް ހެޔޮއެދޭ ރައްޔިތުން މަދެއްނުވާނެކަން ސޭޓުމެން ވިސްނަންވެއްޖެ، އަބަދާއި އަބަދު ޤައުމު ހަލަބޮލިކޮށް ތަރައްޤީއަށް ހުރަސްއަޅައިގެން ކަންކަން ޙާޞިލުކުރަން އުޅުމަކީ ރައްޔިތުންނަށް ޣައްދާރުވުން، އަބަދަލު އެގޮތަކަށް ދުލެއްނުކޮށްލެވޭނެ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]