Michael Carrick Retirekoh United Ge Coaching Magaamakai Havaluvanee
vfp.mv
VFPBAAZAARU
MIB
MIB
މައިކަލް ކެރިކް ރިޓަޔާކޮށް ޔުނައިޓެޑުގެ ކޯޗިން މަގާމަކާއި ހަވާލުވަނީ
inage
މައިކަލް ކެރިކް ފޮޓޯ:---
  ކުޅިވަރު | ދުނިޔެ | 13 މާޗް 2018 | 0 ކޮމެންޓް
މި ސީޒަނަށްފަހު ޕްރޮފެޝަނަލް ފުޓްބޯޅައިން ރެޓަޔަރ ކޮށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗިން މަގާމަކާއި ހަވާލުވުމަށް ޔުނައިޓެޑުގެ ތަޖުރިބާކާރު މިޑްފިލްޑަރ މައިކަލް ކެރިކް ނިންމައިފިއެވެ. kobadoctor
ހިތުގެ ބައްޔަކަށް ފަރުވާ ހޯދަމުން އަންނަ 36 އަަހަރުގެ ކުޅުންތެރިޔާއާމެދު ވާހަކަ ދައްކަމުން އޭނާ ކުޅުން ހުއްޓަލަން ނިންމާފައިވާކަން ހާމަކޮށްފައިވަނީ މެންޗެސްޓާ ޔުނައިޓެޑާއި ސެވިއާ ޗެމްޕިއަންސް ލީގުގައި ބައްދަލު ކުރާ މެޗުގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ. ކެރިކްގެ ރިޓަރމެންޓް އޭނާ ކަށަވަރުކޮށްދީފައިވާއިރު ޓީމުގެ ކޯޗު މޮރީނިއޯ ވަނީ މީގެ މަހެއްހާ ދުވަސް ކުރިން ކެރިކް ސީޒަނަށްފަހު ކުޅުން ހުއްޓާލާނެކަން ހާމަކޮށްފައެވެ.

ކުޅުން ހުއްޓާލުމަށްފަހު މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗިން މަގާމަކާއި ހަވާލުވާން އެޓީމުގެ ކޯޗު މޮރީނިއޯ ހުށަހެޅި ހުށަހެޅުމަށް އާނއެކޭ ކެރިކް ބުނެފައިވާއިރު އޭނާ ހަވާލުވާނީ ސީނިއާ ޓީމުގެ މަގާމަކާއިއެވެ.

މިހާރު މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަންގެ މަގާމު ވެސް ފުރަަމުން އަންނަ މައިކަލް ކެރިކް އަކީ މިވަގުތު ޔުނައިޓެޑުގެ ސްކޮޑުގައި ހުރި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާއެވެ. އެގޮތުން އޭނާ ވަނީ އެޓީމާއި އެކު އެފް.އޭ ކަޕާއި ލީގް ކަޕާއި ޕްރިމިއާ ލީގުގެ އިތުރުން ޗެމްޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްފައެވެ.
ގުޅުންހުރި
މެންޗެސްޓާ ޔުނައިޓެޑުގެ ސަންޒޭޗް އެމެރިކާއަށް ނުވެއްދި
17 ޖުލައި 2018
4 އަހަރަށްފަހު ބްލިންޑް އެނބުރި އަޔަކްސްއަށް
17 ޖުލައި 2018
މެންޗެސްޓާ ޔުނައިޓެޑުގެ އާ ޖާޒީ ބާޒާރަށް
17 ޖުލައި 2018
އެންމެ މޮޅު ކުޅުންތެރިޔަކަށް މޮޑްރިޗް، ޒުވާން ކުޅުންތެރިޔަކަށް އެމްބާޕޭ
15 ޖުލައި 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]