Faseyha Molhakaekee Manchester City Premier League Thahtaa Gaathah
vfp.mv
VFPBAAZAARU
HM
HM
ފަސޭހަ މޮޅަކާއެކީ ސިޓީ ޕްރިމިއާ ލީގު ތައްޓާއި ގާތަށް
inage
  ކުޅިވަރު | ދުނިޔެ | 13 މާޗް 2018 | 0 ކޮމެންޓް
ރޭ ޕްރިމިއާ ލީގުގައި ސްޓޯކް ސިޓީއާއި ބައްދަލު ކުރި މެޗުން ތިން ޕޮއިންޓު ހޯދާ މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގު ކާމިޔާބު ކުރުމާއި ގާތަށް ޖެހިލައިފިއެވެ. dhi2
ސްޓޯކްގެ ދަނޑުގައި ރޭ ކުޅުނު މި މެޗު ސިޓީން ކާމިޔާބު ކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗު ފެށިގެން ވަރަށް ކުރީ ކޮޅު ސިޓީން ލީޑު ނަގާފައިވާއިރު މި ލަނޑު މެޗުގެ 10 ވަނަ މިނެޓުގައި ޖަހާދީފައިވަނީ ސިޓީގެ ހުނަރުވެރި މިޑްފިލްޑަރ ޑޭވިޑް ސިލްވާ އެވެ.

ސިލްވާގެ ލަނޑާއެކު ސިޓީން މެޗުގެ ފުރަތަމަ ހާފް ނިންމާލީ 1-0 ގެ ނަތީޖާއަކުން ކުރީގައި އޮވެއެވެ. މެޗުގެ ދެވަނަ ހާފް ފެށިގެން ސިޓީން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު ދެވަނަ ހާފް ފެށިގެން 5 މިނެޓުގައި ކާމިޔާބު ކުރީ ވެސް ޑޭވިޑް ސިލްވާ އެވެ.

މި މޮޅާއެކު ސިޓީން ތާވަލުގެ އެއް ވަނާގައި 16 ޕޮއިންޓު ލީޑެއް ނަގާފައެވެ. އެއް ވަނާގައި 81 ޕޮއިންޓާއެކު ސިޓީ އޮތްއިރު ދެވަނާގައި ޔުނައިޓެޑު އޮތީ 16 ޕޮއިންޓާއެކު އެވެ. އަދި ތިން ވަނާގައި 61 ޕޮއިންޓާއެކު ޓޮޓެންހަމް އޮތްއިރު 60 ޕޮއިންޓާއެކު ހަތަރު ވަނާގައި އޮތީ ލިވަޕޫލެވެ.
ގުޅުންހުރި
މެންޗެސްޓާ ޔުނައިޓެޑުގެ ސަންޒޭޗް އެމެރިކާއަށް ނުވެއްދި
17 ޖުލައި 2018
4 އަހަރަށްފަހު ބްލިންޑް އެނބުރި އަޔަކްސްއަށް
17 ޖުލައި 2018
މެންޗެސްޓާ ޔުނައިޓެޑުގެ އާ ޖާޒީ ބާޒާރަށް
17 ޖުލައި 2018
ހަޒާޑް ދަނީ ރިއާލްއަށް ބަދަލުވުމަށް ތައްޔާރުވަމުން: ބްރަޔަން
14 ޖުލައި 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]