Davis Cup Gai Dhivehi Team Ah Faahangakohleve Kaamiyaabe Eh
vfp.mv
VFPBAAZAARU
MIB
MIB
ޑޭވިސް ކަޕުގައި ދިވެހި ޓީމަށް ރަނގަޅު ކާމިޔާބީއެއް
inage
ދިވެހި ޓެނިސް ޓީމު ފޮޓޯ:---
  ކުޅިވަރު | ރާއްޖެގެ ކުޅިވަރު | 13 މާޗް 2018 | 0 ކޮމެންޓް
ޖޫނިއާ ޑޭވިސް ކަޕުގެ ކޮލިފައިންގައި ވާދަކުރި ދިވެހި ކުޅުންތެރިން ރަނގަޅު ކާމިޔާބީއެއް ހޯދައިފިއެވެ. muni
ސްރީ ލަންކާގައި ކުރިއަށްދާ މި މުބާރާތުގައި ދުނިޔޭގެ ގިނަ ގައުތަކުން ބައިވެރިވަމުންދާއިރު މުބާރާތުގައި މިއަދު ކުޅުނު ފުރަތަމަ މެޗުގައި ދިވެހި ޓީމު 16 އަހަރުން ދަށުގެ ފިރިހެން ޓީމު ބައްދަލު ކުރީ ބަހުރޭންއާއެވެ. މި މެޗު ދިވެހި ޓީމު ކާމިޔާބު ކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިއަދުގެ ވަކިވަކި ކުޅުންތެރިންގެ މެޗުތަކަށް ބަލާލާއިރު ބަހުރޭނާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗުގައި ރާއްޖޭގެ ޔޫސުފް ވަނީ ބަހުރޭން އަތުން 6-1، 7-5 އިން ބަލިވެފައެވެ.

މިއަދުގެ ދެވަނަ މެޗުގައި ދިވެހި ކުޅުންތެރިޔާ ދާއިން ވަނީ ބަހުރޭންގެ ކުޅުންތެރިޔާގެ މައްޗަށް ފަސޭހަ މޮޅެއް ހޯދާފައެވެ.

މާދަމާ ރާއްޖޭގެ އަންހެން ޓީމު ނުކުންނަން ޖެހޭނީ ސްރީލަންކާއާ ދެކޮޅަށެވެ. އެ ގޭމުގައި ރާއްޖޭގެ ޓީމުން ފުރަތަމަ ޔާލާ ނުކުންނަ އިރު، ދެވަނަ މެޗުގައި ނުކުންނާނީ ހަޝްމާއެވެ. އަދި ޑަބަލްސް މެޗަށް ނުކުންނަ ދެ ކުޅުންތެރިން ކަށަވަރުވާނީ ފުރަތަމަ ދެ މެޗުގެ ނަތީޖާއަށް ބެލުމަށްފަހުއެވެ.

ގުޅުންހުރި
ދިވެހި ކުޅިވަރުގެ ލެޖެންޑް ސައްޔިދު ހަސަން އަވަހާރަވެއްޖެ
18 ފެބްރުއަރީ 2018
މުރޭ ޓެނިހުގެ އެއްވަނަ އަށް
6 ނޮވެންބަރ 2016
މަޝްހޫރު ޓެނިސް ކުޅުންތެރިއާ ޝަރަޕޯވާ އަށް ދެ އަހަރުގެ ސަސްޕެންޝަނެއް
8 ޖޫން 2016
ކުއާޓާ ފައިނަލުން ފާރިސް ބަލިވެއްޖެ
9 ފެބްރުއަރީ 2016
ހިޔާލު

ގުޅުންހުރި

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]