Raajjeygai Resort Hingaa Bollywood Tharin Ebathibi: Zameer
vfp.mv
VFPBAAZAARU
MIB
MIB
ރާއްޖޭގައި ރިސޯޓު ހިންގާ ބޮލީވުޑް ތަރިން އެެބަތިބި: ޒަމީރު
inage
ޓޫރިޒަމް މިނިސްޓަރު ޒަމީރު---
  ހަބަރު | ސިޔާސީ | 13 މާޗް 2018 | 3 ކޮމެންޓް
ރާއްޖޭގައި ޓޫރިސްޓު ރިސޯޓު ހިންގާ ބޮލީވުޑްގެ ފިލްސްޓާރުން އެބަތިބި ކަމަށް ޓޫރިޒަމް މިނިސްޓަ މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. dhi2
ޒަމީރު އެހެން ވިދާޅުވީ ބޭރުގެ ނޫސްވެރިން ގެނެސްގެން އެ ނޫސްވެރިންނަށް ހާއްސަކޮށްގެން ރައީސް އޮފީހުން ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޒަމީރު އެހެން ވިދާޅުވީ އިންޑިއާއާއި ރާއްޖެއާއި އޮތް ގުޅުމާއި ބޭރުގެ އިންވެސްޓުމެންޓުތަކަށް ރާއްޖޭގައި ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގައި ރިސޯޓު ހިންގާ ބޮލީވުޑް ތަރިން ތިބި ކަމަށް ވިދާޅުވި ނަމަވެސް އެއީ ކޮން ތަރިންނެއްކަން ޒަމީރު ހާމައެއް ނުކުރައްވައެވެ. ޒަމީރު ވިދާޅުވީ އެވިޔަފާރިތައް ރާއްޖޭގައި ކުރަމުން ދިޔަ ނަމަވެސް އެކަން ކުރާކަން މީހުންނަށް އެނގެން އެ ތަރިން ބޭނުން ނުވާ ކަމަށެވެ.

ޒަމީރު އެހެން ވިދާޅުވި އިރު ބަތަލާ ޕްރިޔަންކާ ޗޯޕުރާގެ ހިއްސާ އޮންނަ ރިސޯޓެއް ރާއްޖޭގައި ހަދަމުންދާ ކަމަށް ބުނާ ރިޕޯޓުތަކެއް މިދިޔަ އަހަރު ފެންމަތިވެފައިވެއެވެ.

މިއަދުގެ އެ ބައްދަލުވުމުގައި އިންޑިއާއާއި ރާއްޖެއާއި ދެމެދު ރުޅިވެރިކަމެއް ނެތް ކަމަށާއި ރާއްޖޭގެ ތަރައްގީގެ މަސައްކަތްތަކުގައި އިންޑިއާގެ ބޭންކުތަކާއި ކުންފުނިތަކުން ބައިވެރިވަމުންދާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
ގުޅުންހުރި
ރައީސް ޔާމީންގެ ވެރިކަން ދެ ދައުރަށްވުރެ ދިގު ދަންމާލަފާނެ ކަމުގެ އިޝާރާތެއް
18 ގަޑިއިރު ކުރިން
"ރާއްޖެއާމެދު އީޔޫއިން ހިތްހަމައެއް ނުޖެހޭ، މިއީ އިސްލާހުވާން ދިން ފުރުސަތެއް"
19 ގަޑިއިރު ކުރިން
"އީޔޫއިން ވަނީ ފިޔަވަޅު އަޅާފައި، ހުރިހާ ބޭފުޅުން ޔާމީނާ ދުރަށް ވަޑައިގަންނަވާ"
19 ގަޑިއިރު ކުރިން
30 އަހަރަށް ރައީސް ޔާމީން ވެރިކަމުގައި ބަހައްޓަން ޖެހޭ: ޝަހީމް
23 ގަޑިއިރު ކުރިން
ހިޔާލު

ބޮލީވުޑް
ޢުތްކާރޝް ފައުޖަރ(ހުޅުލޭ އައިލެންޑް ހޮޓެލް ފްރައުޑް ސްޓާރ) އަކީ އިންޑިޔާ ގެ ބޮލީވުޑް ސްޓާރ
މަމެން
ދިވެހިންގެ ހިއްސާ ނެތަސް އޯކޭނު
ކަކާ
ތެދެއް އެއްވެސް ރުޅިވެރިކަމެއް ނެތެވެ. އެކަމަކު ދަތިތަކެއް ކުރިމަތިއެބަވެއެވެ. އެއީ އޮންނަ ގާތްގުޅުމުގެ ސަބަބުން ދިމާވާ ކަންތަކެވެ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]