Memberunge Gondi gelley Gothah Qaanoonu Faas Kurun QA Hilaafu: Muiz
vfp.mv
VFPBAAZAARU
MIB
MIB
"މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު ފާސް ކުރުން ގާނޫނު އަސާސީއާ ހިލާފު"
inage
ކުރީގެ ޕީޖީ މުއިއްޒު---
  ހަބަރު | ސިޔާސީ | 13 މާޗް 2018 | 4 ކޮމެންޓް
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްގެ ގޮނޑި ގެއްލޭ ގޮތަށް ފާސް ކުރުމަށް ހަމަޖެހިފައިވާ ގާނޫނު، ގާނޫނު އަސާސީއާއި ހިލާފު ކަމަށް ކުރީގެ ޕްރޮސެކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. muni
ވީއެފްޕީން މިއަދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މުއިއްޒު ވިދާޅުވީ މެންބަރުންގެ ގޮނޑި ގެއްލޭނެ ގޮތްތައް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވަނިކޮށް މަޖިލީހުން ފާސް ކުރާ ގާނޫނެއްގައި މެންބަރުންގެ ގޮނޑި ގެއްލޭނެ އިތުރު ކަންތައްތަކެއް ނުހިމެނޭނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ މެންބަރުން އަމަލު ކުރަން ޖެހޭ ގޮތް ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި ޕާޓީގެ ވިޕްލައިނާ ހިލާފުނުވެވޭނެ ކަމަށް އެ މާއްދާގައި ބުނެފައި ނުވާ ކަމަށެވެ.

ގާނޫނު އަސާސީގެ 75 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި މެންބަރުން އަމަލު ކުރަންވާނީ ގައުމީ މަސްލަހަތާ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދީގެންނެވެ. އެމަގާމު ބޭނުންކޮށްގެން ވަކި މީހެއްގެ ޒާތީ މަސްލަހަތެއް ކުރިއަރުވައިގެން ނޫވާނެ ކަމަށާއި ދާއިރާތައް ތަމްސީލު ކުރުމުގައި މުޅި ގައުމާ ހުރިހާ ރައްޔިތުންގެ ލާބައަށް ރިއާޔަތް ކުރަން ވާނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެއެވެ.

"މިހާ ސާފުކޮށް އޮތް ކަމެއްގައި ޕާޓީތަކުން ނިންމާ ނިންމުމަކުން ގޮނޑި ގެއްލޭ ގޮތަށް ހެދުމަކީ ގާނޫނު އަސާސީ ތަސައްވަރުކޮށްފައިވާ ކަމެއް ނޫން،" ގާނޫނު އަސާސީ ހެދި މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި
"ހުކުމާއެކު 12 މެންބަރުންނަށް މަޖިލީހަށް ވަދެވޭނެ ކަމަށް އުންމީދު ކުރަން"
18 ޖުލައި 2018
މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފި
16 ޖުލައި 2018
12 މެމްބަރުން އިބޫއަށް މަރުހަބާ ވިދާޅުވެއްޖެ
10 ޖުލައި 2018
ޕީއެސްއެމްގެ ބޯޑަށް މެންބަރުން އައްޔަން ކުރުމުގެ ބާރު ރައީސަށް ދޭނީ
10 ޖުލައި 2018
ހިޔާލު

ލައިސާޓް
ކިތަންމެ ބަދަލެއްގެނަޔަސް ދެންމިގައުމަކުން ޔާމީނަކަށް ފުރުސަތެއްނެއް
ކާނަލް
ކުރަންވީކަމަކީ މިހާރު ހުރި ވެރިމީހާއައް އުމުރު ދުވަހު ވެރިކަމުހުރެވޭގޮތައް ނިންމަންވީ؟
ޅަވިޔަނި
ޤާނޫނު އަކީ މާނަ ކުރުމުގައި އެމީހަކު ބޭނުންވާ ގޮތަކަށް މާނަ ކުރާ އެއްޗެއް ނޫންތޯ
އަހުމަދުލް
މިހާރު ގޮޑި ގެއްލިއްޖެ ކަން ޔަގީން ވީ. ދެން ކުރާނެ ސުވާލެއް ނެތް.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]