Midhiya mahu libunu aamdhanee ithuruvee touristun ai minvaru ithuruvumun: MIRA
vfp.mv
HM
HM
މިދިޔަ މަހު ލިބުނު އާމްދަނީ އިތުރުވީ ޓޫރިސްޓުން އައި މިންވަރު އިތުރުވުމުން: މީރާ
inage
މީރާ
  ވިޔަފާރި | އިގްތިސާދު | 12 މާޗް 2018 | 1 ކޮމެންޓް
މިދިޔަ މަހު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށާއި އާމްދަނީ އިތުރުވި އެއް ސަބަބަކީ ރާއްޖެއަށް ޓުރިސްޓުން ޒިޔާރަތްކުރި މިންވަރު އިތުރުވުން ކަމަށް މީރާ އިން ބުނެފިއެވެ. Dhiraagu
މިދިޔަ މަހު މީރާއަށް 1.3 ބިލިއަން ރުފިޔާ ބަލައިގެންފައިވެއެވެ. އޭގެ ތެރޭގައި ޑޮލަރުގެ ގޮތުގައި ބަލައިގެންފައިވާ 54 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ. މީރާއިން ބުނި ގޮތުގައި އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 19.4 އިންސައްތަ އިތުރު އަދަދެކެވެ.

މީރާއިން ބުނި ގޮތުގައި ރާއްޖެއަށް ޓޫރިސްޓުން އައިސްފައިވާ މިންވަރު ވަނީ 13.6 އިންސައްތަ އިތުރުވެފައެވެ.

މިދިޔަ މަހުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ، ޖީ.އެސް.ޓީ އާއި ގްރީން ޓެކުހުގެ ގޮތުގައި ބަލަގަނެފައިވާ އަދަދު އިތުރުވުމާއި، 2017 ވަނަ އަހަރު ބަލައިގަނެފައިނުވާ އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ މިއަހަރުގެ ފެބްރުއަރީ މަހު ބަލައިގެންފައިވުން ކަމަށް މީރާއިން ބުނެއެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 63.7 އިންސައްތަ ނުވަތަ 800 މިލިއަން ރުފިޔާއެވެ. ދެން އެންެމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ބީޕީޓީއެވެ. ބީޕީޓީގެ ގޮތުގައި 122 މިލިއަން ރުފިޔާ ލިބުނުއިރު އެއީ 9.8 އިންސައްތަ ކަމަށް މީރާ އިން ބުނެއެވެ. ގްރީން ޓެކްސްގެ ގޮތުގައި 77.35 މިލިއަން ރުފިޔާ ލިބިފައިވާއިރު އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 65.61 މިލިއަން ރުފިޔާ އަދު އެއާޕޯޓް ސާވިސް ޗާޖްސްގެ ގޮތުގައި 65.58 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މީރާއިން ބުނެއެވެ.

މީރާއަށް ލިބުނު އާމްދަނީ އިތުރުވި އެއް ސަބަބަކީ ޓޫރިސްޓުން އައި މިންވަރު އިތުރުވުން ކަމަށް މިރާއިން ބުނާއިރު، މިދިޔަ މަހު ރާއްޖޭގައި ހިނގާ ދިޔަ ކަންތައްތަކުގެ ސަބަބުން ބައެއް ގައުމުތަކުން ވަނީ ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީ ނެރެފައެވެ. އަދި ބުކިންތައް ކެންސަލް ކުރަމުންދާ ކަމަށް ބުނެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މިއަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ޓޫރިޒަމް މިނިސްޓްރީން އަދި ހާމައެއް ނުކުރެއެވެ.
ގުޅުންހުރި
މީރާގެ މުވައްޒަފުން ކެއާ ސޮސައިޓީއަށް 52000 ރުފިޔާ ހަދިޔާ ކޮށްފި
20 އޭޕްރީލް 2018
ދިހަ މިލިއަންގެ އާމްދަނީ އެއް ލިބޭނަމަ އޮންލައިންކޮށް ބީ.ޕީ.ޓީ ބަޔާން ހުށަހެޅުން ލާޒިމް
12 އޭޕްރީލް 2018
މިދިޔަ މަހު މީރާއަށް 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ
4 އޭޕްރީލް 2018
ރިސޯޓެއް ތަރައްޤީކުރަން ދޫކުރި ރަށަކަށް 345 މިލިއަން ދައްކަން ހުކުމްކޮށްފި
1 އޭޕްރީލް 2018
ހިޔާލު

ބޮލި
މީރާއަށް އާމްދަނީ ލިބެނީ ކިހިނެތް ހެއްޔެވެ.؟؟؟ ދައުލަތައް ލިބުނު އާމްދަނީއިން މީރާއަށް ބަލައިގަތް އާމްދަނީ ކަމަށް ވެދާނެއެވެ. މީރާ އަކީ އާމްދަނީ ހޯދާ ތަނެއް ނޫނެވެ އަދި އާމްދަނީ ހޯދުމަށް މަސައްކަތް ކުރަންޖެހޭ މަސައްކަތް ކުރާ ތަނެއްވެސް ނޫނެވެ. މީރާއަކީ ކަލެކްޝަން ޕޮއިންޓެކެވެ. ރައްޔިތުން ދައުލަތައް ދައްކާ ފައިސާ ކަލެކްޓް ކުރާ ތަނެެކެވެ.

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]