Ranveer Singh aa Eku Priya Bollywood ah?
vfp.mv
VFPBAAZAARU
HM
HM
ރަންވީރު ސިންގ އާއެކު ޕްރިޔާ ބޮލީވުޑަށް؟
inage
ރަންވީރު ސިންގް އަދި ޕްރިޔާ ޕްރަކާޝް--
  މުނިފޫހިފިލުވުން | ބޮލީވުޑް | 12 މާޗް 2018 | 0 ކޮމެންޓް
ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސޯޝަލް މީޑިއާ ބޭނުންކުރާ ގިނަ ބައެއްގެ ސަމާލުކަން ހޯދި ޕްރިޔާ ޕްރަކާޝް ވާރިޔާއަށް ބޮލީވުޑުގެ ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިއްޖެއެވެ. muni
ޕްރިޔާގެ ކަތިނަޒަރަކުން ފިރިހެން ކުއްޖަކު ރަކިކޮށްލާ މަންޒަރު ފެނިގެންދާ ވީޑިއޯއަށް ފަހު ގިނަ ފިރިހެން ކުދިންގެ ހިތްތަކުން ޖާގަހޯދާފައިވާ ޕްރިޔާއަށް، ބޮލީވުޑްގައި މަސައްކަތްކޮށްލަން ލިބިފައިވަނީ އެކްޝަން އަދި އެންޓަޓެއިނިން ފިލްމެއްކަމަށްވާ 'ސިމްބާ' އިން ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ރޯހިތް ޝެޓީ ޑައިރެކްޓުކުރާ އެފިލްމުގެ ލީޑު ބަތަލުގެ ގޮތުގައި ފެނިގެންދާނީ ރަންވީރު ސިންގް އެވެ. އެފިލްމުގެ ލީޑު ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރި އަދި ޔަގީންނުވާއިރު އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓުކުރާ ގޮތުގައި ސިމްބާ ފިލްމުން ޕްރިޔާ ފެނިގެންދާނީ އާދައިގެ ރޯލަކުންނެވެ.

ރަންވީރު ސިންގް ފަދަ މަޝްހޫރު ފަންނާނަކާއެކު ބޮލީވުޑަށް ތައާރަފުވުމުގެ ފުރުސަތު ޕްރިޔާ އަށް ލިބިފައިވަނީ ކަރަން ޖޯހަރުގެ ސަބަބުންކަމަށް ވެއެވެ.

މިއަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ސިމްބާ ރިލީޒުކުރަން ހަމަޖެހިފައިވާއިރު، ޕްރިޔާގެ ފުރަތަމަ ފިލްމު މިއަހަރުގެ އީދުގެ ތެރޭގައި ނެރުމަށް ވަނީ ހަމަޖެހިފައެވެ.
ގުޅުންހުރި
ކަސޯޓީ ޒިންދަގީ ކޭ 2 ގައި ހީނާ އާއި ޝަރަދު
19 ޖުލައި 2018
ނިމްކީ މުކިޔާގައި މާމަގެ ރޯލު ކުޅޭ ރީތާ މަރުވެއްޖެ
17 ޖުލައި 2018
އަރްޖުން އާ އެކު ކެޓްރީނާ މަސައްކަތް ކުރަން ބޭނުންނުވަނީ މިހެންވެ
11 ޖުލައި 2018
"ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ"ގެ ކާސްޓުން އަދިވެސް ތިބީ ޝޮކެއްގައި
11 ޖުލައި 2018
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]