MBI gai huri Dormant account thakuge mauloomaath aanmukohfi
vfp.mv
VFPBAAZAARU
MIB
MIB
އެމްއައިބީގައި ހުރި ޑޯމަންޓް އެކައުންޓްތަކުގެ މައުލޫމާތު އާންމުކޮށްފި
inage
އެމްއައިބީގެ ބްރާންޗަކުން ހިދުމަތްދެނީ--ފައިލް ފޮޓޯ އެމްއައިބީ
  ވިޔަފާރި | ކުންފުނި | 12 މާޗް 2018 | 0 ކޮމެންޓް
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުރި ޑޯމަންޓް އެކައުންޓް އެކައުންޓްތަކުގެ މައުލޫމާތު އެ ބޭންކުން އާންމުކޮށްފިއެވެ. Dhiraagu
އިސްލާމިކް ބޭންކުން އިއްޔެ އެންގި އެންގުމެއްގައި ބުނީ، ދިވެހިރާއްޖޭގެ ބޭންކިންގް ގާނޫނުގައި، ވިދިވިދިގެން ފަސް އަހަރު ދުވަސް ވަންދެންން، އެކައުންޓެއްގެ ވެރިފަރާތުން އެ އެކައުންޓަކުން އެއްވެސް މުއާމާތެއް ކޮށްފައި ނުވާނަމަ، ނުވަތަ ބޭންކަށް އެއްވެސް ލިޔުމެއް ފޮނުވައިފައި ނުވާނަމަ، އެ އެކައުންޓް، ޑޯމެންޓް އެކައުންޓެއްގެ ގޮތުގައި ކަނޑައަޅަން ބަޔާންވެފައިވާ ކަމަށެވެ. ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެއްވެސް މުއާމަލާތެއް ހިނގާފައިނުވާ ކަމަށް އެމްއައިބީގެ ރެކޯޑްތަކުން ދައްކާ ހުރިހާ އެކައުންޓެއްގެ ވެރިފަރާތްތަކަށް ސިޓީ ފޮނުވާފައިވާ ކަމަށް އެމްއައިބީ އިން ބުނެއެވެ.

ދިވެހިރާއްޖޭގެ ބޭންކިންގ ގާނޫނުގައިވާ ގޮތުގެ މަތިން އެ ގޮތަށް ކަސްޓަމަރުންނަށް އެންގުމަށްފަހު، އެ ކަސްޓަމަރުންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބިއްޖެނަމަ، އެ ފަރާތްތަކުގެ ނަންތައް އާންމުކުރެވެއެވެ. އެމްއައިބީ އިން އާންމުކުރި ލިސްޓުގައި 761 އެކައުންޓްގެ މައުލޫމާތު ހިމެނެއެވެ.

އެގޮތަށް އިއުލާނުކުރާތާ 60 ދުވަސް ހަމަވުމުން އެ ފަރާތްތަކުގެ އެކައުންޓްތަކުގައިވާ ފައިސާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ހަވާލުކުރުމަށްފަހު އެކައުންޓްތައް ބަންދުކުރަންވާނެ ކަމަށް ގާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.

އެކައުންޓް އެކްޓިވޭޓް ކުރުމަށްޓަކައި، ކަސްޓަމަރ މައުލޫމާތު ފޯމު ފުރުމަށްފަހު އެމްއައިބީގެ ބޭންކްގެ ބްރާންޗަކަށް ހުށަހަޅައި އެކައުންޓުން ފައިސާގެ މުއާމަލާތެއް ހިންގުމަށް އެ ބޭންކުން އެދެއެވެ. މިއަހަރުގެ މޭ މަހުގެ އަށްވަނަ ދުވަހުގެ ކުރިން އެކައުންޓް އެކްޓިވޭޓްކުރުމަށް އެދިފައި ނުވާނަމަ، ދިވެހިރާއްޖޭގެ ބޭންކިންގ ގާނޫނުގެ 35 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ފަދައިން އަމަލުކުރެވޭނެ ކަމަށް އެމްއައިބީ އިން ބުނެއެވެ.

އެމްއެމްއޭ އާ ހަވާލުކުރެވިފައިވާ ފައިސާ ހޯދުމަށް ބޭނުންވާ ނަމަ "ޑޯމަންޓް އެކައުންޓުގައިވާ ފައިސާ ނެގުމަށް އެދި ހުށަހަޅާ ފޯމު" ފުރުމަށްފަހު އެމްއައިބީގެ ބްރާންޗަކަށް ހުށަހެޅުމުން ފައިސާ ލިބޭނެ ކަމަށްވެސް އެމްއައިބީ އިން ބުނެއެވެ.
ގުޅުންހުރި
އެމްއައިބީ ރޯދަ ޕްރޮމޯޝަން ފަށައިފި
22 މާޗް 2018
އެމްއައިބީގެ ފުވައްމުލަކު ބްރާންޗް ހުޅުވައިފި
24 ޑިސެންބަރ 2017
އެމްއައިބީގެ ފުވައްމުލަކު ބްރާންޗު މިމަހު ހުޅުވަނީ
4 ޑިސެންބަރ 2017
ހިޔާލު


VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]