Umuru dhuvahu verikamuga hunnevey gothah china ge qaanoon asaaseeah badhalu genesfi
vfp.mv
HM
HM
އުމުރު ދުވަހު ވެރިކަމުގައި ހުންނެވޭ ގޮތަށް ޗައިނާގެ ގާނޫނު އަސާސީއަށް ބަދަލު ގެނެސްފި
inage
ބަދަލު ގެންނެވުމާއި ގުޅިގެން ޗައިނާގެ ރައީސް އުފާފާޅު ކުރައްވަނީ--
  ދުނިޔެ | އޭޝީއާ | 11 މާޗް 2018 | 7 ކޮމެންޓް
ޗައިނާގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް އުމުރު ދުވަހު އެ މަގާމުގައި ހުންނެވޭ ގޮތަށް ގާނޫނު އަސާސީއަށް ބަދަލު ގެނެސްފިއެވެ. Dhiraagu
ގާނޫނު އަސާސީއަށް އެ ބަދަލު ގެނެސްފައިވަނީ އާދިއްތަ ދުވަހު ބޭއްވި ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގައެވެ.

އެ ބަދަލު ގެނައުމަށް ނެގި ވޯޓުގައި 2964 މެންބަރުން ބައިވެރިވެވަޑައިގެންނެވިއިރު ނުފެންނަ ކަމަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ ތިން މެންބަރުން ތިއްބެވިއެވެ.

އެ ބަދަލާއެކު ޗައިނާގެ ރައީސަށް އުމުރު ދުވަހު ވެރިކަމުގައި ހުންނެވޭނެއެވެ. މިހާތަނަށް ޗައިނާގެ ގާނޫނު އޮތް ގޮތުން ރައީސަށް ލިބިވަޑައިގަންނަވާނީ ފަސް އަހަރުގެ ދެ ދައުރެވެ.
ގުޅުންހުރި
"ރާއްޖޭގެ މައްސަލާގައި އިންޑިއާގެ މަސްލަހަތަށް އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާނަން"
8 އޭޕްރީލް 2018
ރާއްޖޭގައި ޗައިނާގެ ނުފޫޒު ގަދަވާތީ އެމެރިކާ ކަންބޮޑުވާ ކަމަށް ބުނެފި
7 އޭޕްރީލް 2018
ޗައިނާގެ އުފެއްދުންތަކުން ޑިއުޓީ ނަގަން އެމެރިކާއިން ނިންމައިފި
4 އޭޕްރީލް 2018
ޗައިނާއިން އުޅެނީ ގްލޯބަލް މާކެޓްސް ހަލާކުކޮށްލަން: އެމެރިކާ
3 އޭޕްރީލް 2018
ހިޔާލު

ގުޅުންހުރި
ހުއްބުލްވަތަން
އުމުރުދުވަސް، މީހާ ދުނިޔޭގައި ހުރިހައި ދުވަހު. އެހެނަސް މީހާ ބަލިވެ އެނދުމަތިވީމާ ހެދި ޤާނޫނު އަނެއްކާވެސް ހަދަންޖެހިފަ އޮންނާނީ. ވިސްނާ ބަޔަކަށް އިބުރަތެއް.
ހެހޭ
ދެން އެންމެ އަވަހަށް ތިކަންކުރާނީ މިއޮތް ސަރުކާރުން،
ބާބޫ
ޔަގީ ތިކަން ރާއްޖޭގައިވެސްކުރާނެ
ޕޮގުބާ
ރާއްޖޭގަވެސް އެގޮތަށް ގާނޫނު ހަދަންވީ ރައީސްޔާމީން ވެރިކަމުގަ އުމުރު ދުވަހު ބަހައްޓަން ގާނޫނަކުން ފާސްކުރުމަކީ ދިވެހިރަތްޔިތުންގެ ވާޖިބެއް انشا الله
ނޫރީ
ޢުމުރުދުވަހު ރައީސްކަމުގެ މަޤާމުގައި ހުރެވޭނެކަމަށް ދެން އެންމެ އަވަހަށް ޤާނޫނުއަސާސީއަށް ބަދަލު ގެންނާނީ މި ދިވެހިރާއްޖޭގައިކަމަށް ވަރަށް ބޮޑަށް ޔަޤީންކުރެވޭ. އެއީ މމިހާރު ވެރިކަމުގައި ތިބި މީހުންގެ މައިގަނޑު އަމާޒަކަށް ވާނީ. ވޯޓް ހޯދަން ރައްޔިތުންގެ ގާތަށް ދާ ވިސްނުމެއް އެއްގޮތަކަށް ވެސް ހުރިހެންނެއް ހީއެއްނުވޭ.
ގާޒީ
ވަރައްފައްކާކަމެއް ތިއީ އަދުރޭކަިރީގަ ބުނެގެން ތިބިލް އަވަހައް ވައްދަންވީ.
ޙަސަން
ތީ މިޤައުމުގަހުރި ރައީސްވެސް ނުވެގެން އުޅޭކަންތައްތައް. ވޯޓަކުން ނުހޮވޭނެކަންއެއީ ދުވާލުގެ އިރުފަދައިން ޔަޤީންވާކަމެއް

VFP.MV 2016 ©

VFP (Voice of Free Press), H.Minha, Male', Republic of Maldives Tel: (960) 331 0330, E-mail: [email protected]